ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަަޖައިގެ ކުރިއެރުމެއް

Oct 7, 2022, 4:19 AM
ލާއޯސް މެޗުގެ ތެރެއިން ގޯލު ޖެހުމަށް ފަހު ގައުމީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ލާއޯސް މެޗުގެ ތެރެއިން ގޯލު ޖެހުމަށް ފަހު ގައުމީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ފީފާ އިން މި މަހު އާންމުކުރި ރޭންކިންގައި ރާއްޖޭގެ ފިރިހެން ގައުމީ ފުޓްބޯޅަ ޓީމަށް ދެ ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

މި އަހަރު ފެށިއިރު، ދުނިޔޭގެ 157 ވަނައިގައި އޮތް ރާއްޖެ، މާޗް މަހުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޮތީ ދުނިޔޭގެ 156 ވަނައިގަ އެވެ. އެކަމަކު، މިދިޔަ މަހު ކުުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗުން ބްރުނާއީ ދާރުއްސަލާމް އާއި ލާއޯސް އަތުން މޮޅުވެފައިވާތީ، މި މަހު ނެރުނު ރޭންކިންގައި ރާއްޖެ ވަނީ ދުނިޔޭގެ 154 ވަނަ އަށް ޖެހިލައިފަ އެވެ.

އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ކުޅޭ ގައުމީ ފުޓްބޯޅަ ޓީމު، ބްރުނާއީ ދާރުއްސަލާމް އަތުން މޮޅުވީ 3-0 އިންނެވެ. އަދި ލާއޯސް ބަލިކުރީ 3-1 އިންނެވެ.

މިއީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން ރާއްޖޭގެ އެންމެ ރަނގަޅު ރޭންކިން އެވެ.

ފީފާ ރޭންކިންގައި ރާއްޖެ އެންމެ ދަށްކޮށް ރޭންކްކުރެވުނީ 1997 ވަނަ އަހަރުގެ އޮގަސްޓް/ސެޕްޓެމްބަރުގަ އެވެ. އެ ފަހަރު ދުނިޔޭގެ 183 ވަނަ އަށް ވެއްޓުނެވެ. ރާއްޖެ، ރޭންކިންގައި އެންމެ ރަނގަޅު ދަރަޖައެއްގައި އޮތީ 2006 ވަނަ އަހަރުގެ ޖުލައި/އޮގަސްޓްގަ އެވެ. އެއީ ދުނިޔޭގެ 124 ވަނައިގަ އެވެ.

އަންނަ މަހު ގައުމީ ޓީމުގެ އިތުރު މެޗުތަކެއް؟

ގައުމީ ފުޓްބޯޅަ ޓީމުން ވަނީ މި އަހަރު ފީފާ ތާރީހުތަކުގައި ޖުމްލަ ތިން މެޗެއް ކުޅެފަ އެވެ. މިދިޔަ މަހުގައި ބްރުނާއީ އާއި ލާއޯސްއާ ކުޅުމުގެ ކުރިން މިިދިޔަ މާޗް މަހު މާލޭގައި އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝް އަތުން ވަނީ 2-0 އިން މޮޅުވެފަ އެެވެ.

ރާއްޖޭން އަންނަނީ އަންނަ މަހު ވެސް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އަންނަ މަހު ޕާކިސްތާނުގައި ކުޅޭ މެޗުތަކަކަށް ރާއްޖެ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

"ދި ނިއުސް" އިން ރިޕޯޓްކުރާގޮތުގައި ޕާކިސްތާނުން ބައިނަލްއަގުވާމީ ފުޓްބޯޅަ އަށް ތިން އަހަރު ފަހުން އެނބުރި އައުން ފާހަގަކުރަން ކުޅޭ މެޗުތަކުގެ ތެރޭގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗެއް ވެސް ހިމެނެ އެވެ.

އެކަމަކު، މެޗުތައް ކުޅެން އޮތް އެންމެ ބޮޑު ހުރަހަކީ އިސްލާމްއާބާދުގެ ޖިނާ ސްޓޭޑިއަމްގެ މަސައްކަތްތައް ކުރިއަށްދާތީ އެ ދަނޑު ބޭނުން ނުކުރެވުން ކަމަށެވެ. އެކަމަކު، ޕަންޖާބް ސްޓޭޑިއަމްގައި މެޗުތައް ކުޅެން އެދިފައިވާތީ، އެ ދަނޑު ދޭން ޕަންޖާބް ސްޕޯޓްސް ބޯޑުން ނިންމައިފިނަމަ އަންނަ މަހު މެޗުތައް ކުޅޭނެ ކަމަށް ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަންގެ އޮފިޝަލަކު ވަނީ މައުލޫމާތު ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox