ޔޫރޮޕާ ލީގު: ޔުނައިޓެޑާއި އާސެނަލަށް ވެސް މޮޅެއް

Oct 7, 2022, 3:52 AM
ލަނޑު ޖެހުމަށް ފަހު ރެޝްފޯޑް އާއި ރޮނާލްޑޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ރެޝްފޯޑް އާއި ރޮނާލްޑޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮކްޓޫބަރު 7) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ އާސެނަލުން 3-0 އިން ނޯވޭގެ ބޯޑޯ/ގިލްމް ބަލިކުރިއިރު، ސައިޕްރަސްގެ އޮމޯނިއާ ނިކޯސިއާ އަތުން 3-2 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

ޔުނައިޓެޑް ވަނީ މި ފަހަރުގެ ޔޫރޮޕާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ރެއާލް ސޮސިއެޑާޑް އަތުން ބަލިވެފަ އެވެ. އެކަމަކު، ދެން ކުޅުނު ދެ މެޗުން ވަނީ މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލް އާއި އޮމޯނިއާ އަތުން މޮޅުވެފަ އެވެ.

ރަށުންބޭރުގައި ރޭ ޔުނައިޓެޑް ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖެހީ އޮމޯނިއާ އެވެ. މެޗުގެ 34 ވަނަ މިނިޓްގައި މި ގޯލު ޖެހީ ކަރީމް އަންސަރީފާދު އެވެ. ބަދަލަކަށް ކުޅެން އަރައި، މެޗުގެ 53 ވަނަ މިނިޓްގައި ޔުނައިޓެޑަށް އެއްވަރުކޮށްދިނީ މާކަސް ރެޝްފޯޑް އެވެ. އަދި ކުޅެން އެރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، މެޗުގެ 63 ވަަނަ މިނިޓްގައި އެންތަނީ މާޝިއާލް ޔުނައިޓެޑަށް ލީޑުނަގައިދިނެވެ.

ރެޝްފޯޑް، ވަނީ މެޗުގެ 84 ވަަނަ މިނިޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ދިން ބޯޅައަކުން ޔުނައިޓެޑަށް ތިން ވަނަ ގޯލު ޖަހައިދީފަ އެވެ. ޔުނައިޓެޑުން ތިން ވަނަ ގޯލު ޖެހިތާ، މިނިޓެއް ފަހުން އޮމޯނިއާ އިން ވަނީ އެ ޓީމުގެ ދެ ވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. މި ލަނޑު ޖެހީ ނިކޯލަސް ޕަނަޔިއޯޓޫ އެވެ.

މި މެޗުގައި ޔުނައިޓެޑަށް ގޯލު ޖަހައިދޭން ރޮނާލްޑޯ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު، އޭގެއިން އެއްވެސް ފުރުސަތެއްގައި ގޯލެއް ނުޖެހި ކްލަބް ކެރިއަރުގެ 700 ވަނަ ގޯލަށް ކުރާ އިންތިޒާރު ދިގުވީ އެވެ.

ޔުނައިޓެޑް އޮތީ ގްރޫޕް އީގެ ދެ ވަނައިގަ އެވެ. އެ ގްރޫޕްގެ އެއް ވަނައިގައި އޮތީ ރޭ ޝެރިފް އަތުން 2-0 އިން މޮޅުވެ، ތިން މެޗުން ނުވަ ޕޮއިންޓް ހަމަކޮށްފައިވާ ސޮސިއެޑާޑް އެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޝެރިފަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް އޮމޯނިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ އާސެނަލުން ލީޑުނެގީ 23 ވަނަ މިނިޓްގައި އެޑީ އެންކެޓިއޭ ޖެހި ގޯލުންނެވެ. މިއީ ކިއެރަން ޓިއާނީ ޖެހި ޝޮޓެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އެންކެޓިއޭ ޖެހި ގޯލެކެވެ. އޭގެ ހަތަރު މިނިޓް ފަހުން ފަބިއޯ ވިއޭރާ ނެގި ހުރަހަކުން ރޮބް ހޯލްޑިން ބޮލުން ގޯލެއް ޖަަހައި އާސެނަލްގެ ލީޑުފުޅާކޮށްދިނެވެ.

ބަދަލަކަށް ކުޅެން އެރި ގަބްރިއެލް ޖީސޫސް ދިން ބޯޅަ އަކުން އާސެނަލްގެ ތިން ވަނަ ގޯލު ޖެހީ ވިއޭރާ އެވެ.

އާސެނަލް އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނައިގަ އެވެ. ރޭ މި ގްރޫޕްގެ އަނެއް މެޗުގައި ޒިއުރިކް އަތުން 5-1 އިން ޕީއެސްވީ އެއިންދޯވަން މޮޅުވިއިރު، ދެ ވަނައިގައި އޮތް ޕީއެސްވީ އާއި ތިން ވަނައިގައި އޮތް ބޯޑޯ/ގިލްމް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ޕީއެސްވީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދިއިރު، ބޯޑޯ/ގިލްމް ވަނީ ތިން މެޗު ކުޅެފަ އެވެ. ޒިއުރިކް ތިން މެޗު ކުޅުނުއިރު ޕޮއިންޓެއް ނުލިބެ އެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ގްރޫޕް ސީގެ މެޗެއްގައި ރޯމާ ދަނޑުގައި ރެއާލް ބެޓިސް ވަނީ 2-1 އިން މޮޅުވެ، ފުރިހަމަ ރެކޯޑް ދަމަހައްޓައިފަ އެވެ. ގްރޫޕް ޖީގައި ގްރީސްގެ އޮލިމްޕިއާކޯސް ވަނީ 3-0 އިން އަޒަރުބައިޖާންގެ ގަރަބާގް އަތުން ބަލިވެފަ އެވެ. އޮލިމްޕިއާކޯސް އަށް އަދި މި ފަހަރު ޕޮއިންޓެއް ނުލިބެ އެވެ.

ގްރޫޕް ބީގައި ފްރާންސްގެ ރެނޭ ވަނީ 2-1 އިން ޔޫކްރެއިންގެ ޑިނަމޯ ކިއޭވް ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox