ކެވިން ސްޕޭސީއަށް ކުރާ ޖިންސީ ގޯނާގެ ޝަރީއަތް ފަށައިފި

ކެވިން ސްޕޭސީ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުވަނީ. -- ފޮޓޯ: ރޮއިޓާޒް

ކެވިން ސްޕޭސީ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުވަނީ. -- ފޮޓޯ: ރޮއިޓާޒް

އޮސްކާ އެވޯޑު ހާސިލްކޮށްފައިވާ އެކްޓަރު ކެވިން ސްޕޭސީ މީގެ 36 އަހަރު ކުރިން ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ނިއު ޔޯކުގައި ފަށައިފި އެވެ.

އެންތަނީ ރެޕް ހުށަހެޅި މައްސަލައިގައި ބުނީ 1986 ވަނަ އަހަރު ޕާޓީއެއްގެ ތެރެއިން ކެވިން ސްޕޭސީ އޭނާއަށް ޖިންސީ ގޯނާ ކުރި ކަމަށެވެ. އޭރު އެންތަނީ ރެޕްގެ އުމުރުން 14 އަހަރެވެ.

މިހާރު އުމުރުން 63 އަހަރުގެ ކެވިން ސްޕޭސީއާ ދެކޮޅަށް އިނގިރޭސިވިލާތުގައި ވެސް ޖިންސީ ގޯނާގެ އިތުރު ފަސް ދައުވާ އުފުލާފައިވެ އެވެ. ހައުސް އޮފް ކާޑްސް ސީރީޒްގެ އެކްޓަަރު ތުހުމަތުތައް ދޮގުކުރެ އެވެ.

ބުރާސްފަތި ދުވަހު ނިއު ޔޯކްގައި ޝަރީއަތް ފެށި އިރު، މިހާރު އުމުރުން 51 އަހަަރުގެ އެންތަނީ ރެޕް އާއި ކެވިން ސްޕޭސީ ވެސް ކޯޓަށް ހާޒިރުވި އެވެ.

އެންތަނީ ރެޕް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމީ 2020 ވަނަ އަހަރު އެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާާ އެދުނީ ބަަދަލުގެ ގޮތުގައި 40 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ.

އެންތަނީ ރެޕްއަކީ ވެސް ފިލްމު އިންޑަސްޓްރީގައި އުޅޭ މީހެކެވެ. ޕެރެމައުންޓް ޕްލަސްއިން ދައްކާ "ސްޓާ ޓްރެކް: ޑިސްކަވަރީ" ގައި އޭނާ އުޅެ އެވެ.

އެންތަނީ ރެޕް.
އެންތަނީ ރެޕް.

އެންތަނީ ރެޕް.

އޭނާގެ އިތުރުން ވެސް ގިނަ ބަޔަކު ކެވިން ސްޕޭސީއާ ދެކޮޅަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެ އެވެ. އެގޮތުން 2016 ވަނަ އަހަރު ރެސްޓޯރެންޓެއްގައި 18 އަހަރުގެ މީހެއްގެ ގައިގައި އަތްލި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ތުހުމަަތުތަކާ ގުޅިގެން ހައުސް އޮފް ކާޑްސް ސީރީޒުން ކެވިން ސްޕޭސީ ވަކިކުރި އެވެ. އެ ނިންމުމާ ހެދި ޝޯގެ ޕްރޮޑިއުސަރުންނަށް ލިބުނު ގެއްލުމުގެ ބަދަލަށް 31 މިލިއަން ޑޮލަރު ދޭން މިދިޔަ އޯގަސްޓު މަހު ކޯޓުން އޭނާއަށް އެންގި އެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި ކެވިން ސްޕޭސީއާ ދެކޮޅަށް ޖިންސީ ގޯނާގެ ޝަރީއަތްތަކެއް ޖޫން 2023 ގައި ފަށަން ވަނީ ތާވަަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox