އެންޖެލީނާ ޖޯލީ އާއި ދަރިންނަށް ބްރެޑް ޕިޓް އަނިޔާކުރިކަމުގެ ތުހުމަތު

އެންޖެލީނާ ޖޯލީ އަދި ބްރެޑް ޕިޓް. -- ފޮޓޯ: ގެޓީ

އެންޖެލީނާ ޖޯލީ އަދި ބްރެޑް ޕިޓް. -- ފޮޓޯ: ގެޓީ

އެންޖެލީނާ ޖޯލީ އާއި ދަރިންނަށް ޕްރައިވެޓް ފްލައިޓެއްގެ ތެރޭގައި ބްރެޑް ޕިޓް އަނިޔާ ކުރި ކަމަށް ބުނާ ލިޔުންތަކެއް ކޯޓަށް ހުށަހަޅައިފި އެވެ.

އެންޖެލީނާ ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބުނީ ކައިވެނި ނިމުމަކަށް ގެންނަން ނިންމީ އެ ހާދިސާއަށް ފަހު ކަމަށެވެ. އަނިޔާގެ ތަފްސީލް ކޯޓަށް ހުށަހެޅީ ދެ ތަރިން އެކުގައި ގަތް ރާ އުފައްދާ ވިޔަފާރިއެއްގެ މައްސަލައިގަ އެވެ.

ބްރެޑް ޕިޓް ބުނީ އެ ވިޔަފާރީގެ ހިއްސާ އެކަކު އަނެކަކުގެ ހުއްދަ ނެތި ވިއްކާ ނުލާން އެއްބަސްވި ކަމަށެވެ. އެކަމަކު އެންޖެލީނާ ޖޯލީ އެކަން ދޮގުކޮށް ބުނީ، އޭނާ ހިއްސާ ވިއްކާލަން އުޅުމުން ބްރެޑް ޕިޓް ހުރަސް އަޅާ ކަމަށެވެ.

އެ ވިޔަފާރިއާ ގުޅިފައިވާ ބޮޑު ބިމެއް އެ މީހުން ގަތީ 2008 ގައި 25 މިލިއަން ޑޮލަރަށެވެ. އޭގެ ހަ އަހަރު ފަހުން ދެ ތަރިންގެ ކައިވެނި ވެސް އޮތީ އެ ތަނުގަ އެވެ.

އެންޖެލީނާ ޖޯލީ ބުނީ 2016 ވަނަ އަހަރު ޕްރައިވެޓް ފްލައިޓުގެ ތެރެއިން ބްރެޑް ޕިޓް އޭނާގެ ބޮލަށް އަނިޔާކޮށް، ދެ ދަރިންނަށް ވެސް ހަމަލާ ދިން ކަމަށެވެ.

ފްރާންސުން ލޮސް އެންޖެލެސްއަށް ކުރި ދަތުރުގައި ހަޑި ހުތުރު ބަހުން އެއްޗެހި ގޮވައި އެންޖެލީނާ ޖޯލީ އާއި ދަަރިންގެ ގަޔަށް ރާ އުކި ކަމަށް ވެސް ބުންޏެވެ. އޭރު ބްރެޑް ޕިޓް ހުރީ މަސްތުގެ ހާލުގަ އެވެ.

އެކަމަކު ބްރެޑް ޕިޓް އެ ތުހުމަތު ދޮގުކުރެ އެވެ. މީގެ ކުރިން ވެސް އެ ހާދިސާގެ ވާހަކަ އާއްމުވި އެވެ. އެފްބީއައިއިން 2016 ވަނަ އަހަރު މައްސަލަ ބެލުމަށް ފަހު ނިންމީ ދައުވާ ނުކުރުމަށެވެ.

އެ ހާދިސާއަށް ފަހު ދެ މީހުން ވަރިވި އެވެ. ދަރިންގެ ކަސްޓޮޑީ މައްސަލަ ވެސް ކޯޓަށް ގެންގޮސް، މިދިޔަ އަހަރު ފަނޑިޔާރު ނިންމީ ދެ މީހުންނަށް އެއް ވަރަށް ދަރިންގެ ކަންކަން ހަވާލުކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox