ކެންޔާއަށް ސިފައިން ފޮނުވާނެ ކަމަށް ދަރިކަލުން ބުނުމުން ޔުގެންޑާގެ ރައީސް މައާފަށް އެދެފި

ޔުގެންޑާ ރައީސްގެ ދަރިކަލުން ޖެނެރަލް މުހޫޒީ ކައިނެރުގާބާ. -- ފޮޓޯ: އޭއެފްޕީ

ޔުގެންޑާ ރައީސްގެ ދަރިކަލުން ޖެނެރަލް މުހޫޒީ ކައިނެރުގާބާ. -- ފޮޓޯ: އޭއެފްޕީ

ކެންޔާއަށް ސިފައިން ފޮނުވާނެ ކަމަށް ވިދާޅުވެ ދަރިކަލުން ކުރެއްވި ޓްވީޓަކާ ގުޅިގެން ޔުގެންޑާގެ ރައޫސް ޔޮވޭރީ މުސެވެނީ ކެންޔާ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑަައިގެންފި އެވެ.

މުސެވެނީގެ ދަރިކަލުން މުހޫޒީ ކައިނެރުގާބާއަކީ އިސް އަސްކަަރީ އޮފިޝަލެކެވެ. އޭނާ ޓްވީޓާ ގުޅިގެން އަންގާރަ ދުވަހު ވަނީ ސިފައިންގެ ކޮމާންޑަަރުގެ މަގާމުން ވަކިކުރައްވާފަ އެވެ.

އެހެން ނަމަވެސް، ޖެނެރަލްގެ މަގާމަށް ޕްރޮމޯޓު ކުރައްވައި، ރައީސްގެ އެޑްވަައިޒަރުގެ ގޮތުގައި ދަރިކަލުން ދެމިހުންނަވާނެ ކަމަށް މުސެވެނީ ވިދާޅުވި އެވެ.

އެނެލިސްޓުން ދެކޭ ގޮތުގައި މުސެވެނީގެ ރޭވުމަކީ އެމަނިކުފާނު ވެރިކަމާ ދުރަށް ދާން ޖެހޭ ވަގުތު އައިސް ޖެހުމުން އުމުރުން 48 އަހަރުގެ ދަރިކަލުން ރައީސް ކަމަށް ގެންނެވުމެވެ.

ފަހަކަށް އައިސް ޖެނެރަލް ކައިނެރުގާބާ ސިޔާސީ ކަންކަމުގައި ވަރަށް ހަރަކާތްތެރި އެވެ. އެކަމަކު އެއީ ސިފައިންގެ ކޯޑާ ހިލާފު ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.

ހޯމަ ދުވަހު އޭނާ ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ ކެންޔާގެ ކުރީގެ ރައީސް އުހޫރޫ ކެންޔަޓާގެ ދެ ދައުރު ހަމަވެ އޯގަސްޓު މަހު ވެރިކަމާ ދުރަށް ދާން ޖެހުމުން ކެންޔަޓާ ހިތާމަ ކުރައްވާ ކަމަށެވެ.

"ކެންޔާގެ ވެރިރަށް ނައިރޯބީ ހިފުމަށް އަޅުގަނޑާއި އަޅުގަނޑުގެ ލަޝްކަރަށް އެންމެ ދެ ހަފުތާ ވެސް ނުނަގާނެ،" އިތުރު ޓްވީޓެއްގައި ކައިނެރުގާބާ ވިދާޅުވި އެވެ.

އެކަމާ ހެދި ޓްވިޓާގައި ގިނަ ބަޔަކު ނުރުހުން ފާޅުކުރި އެވެ. ކެންޔާގެ ސަރުކާރުން ވަކި އެއްޗެއް ނުބުނި ނަމަވެސް، ޔުގެންޑާގެ ފޮރިން މިނިސްޓްރީން ބުނީ ކެންޔާއާ އެކު އޮތް ގުޅުމަށް އިހްތިރާމް ކުރާ ކަމަށެވެ.

ބުދަ ދުވަހު ރައީސް މުސެވެނީ ވިދާޅުވީ ކެންޔާގެ ރައީސް ވިލިއަަމް ރޫޓޯއާ ވާހަކަދައްކަވައި، ދަރިކަަލުންގެ ޓްވީޓްތަކާ ގުޅިގެން މައާފަށް އެދުނު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox