ޓެކްސް ބޮޑުނުކޮށް ހަރަދު ކުޑަކުރަން، ބައެއް މެމްބަރުންގެ އިލްތިމާސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ޓެކްސް ބޮޑުކުރުމަށް ވުރެ ދައުލަތުގެ ހަރަދު ކުރުން ރަނގަޅުކަމަށް ބައެއް މެމްބަރުން މިއަދު ވިދާޅުވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ޓެކްސް ބޮޑުކުރުމަށް ވުރެ ދައުލަތުގެ ހަރަދު ކުރުން ރަނގަޅުކަމަށް ބައެއް މެމްބަރުން މިއަދު ވިދާޅުވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ޖީއެސްޓީ އާއި ޓީޖީ އެސްޓީ ބޮޑުކުރުމަށް ވުރެ، ސަރުކާރުގެ ހަރަދު ކުޑަކުރުން މިގުތަށް މާ ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލުގެ ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ ޓެކްސް ބޮޑުކޮށްގެން އާމްދަނީ އިތުރުކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރާ އަދަދާ އެއްވަރުގެ އަދަދެއް، ހަރަދުކުޑަކޮށްގެން ސަލާމަތްކުރެވެން އެބަ އޮތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ސަރުކާރުގެ ތެރެއިން ފައިސާ އިސްރާފު ވަނީ ކޮންކޮން ދިމަދިމާލަކުންތޯ ބަލައި، އިސްރާފު ހުއްޓުވައިފި ނަމަ 2.6 ބިލިޔަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ސަލާމަތް ކުރެވެން އެބަ އޮތް ކަމަށެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުން ވެސް ރާއްޖެއަށް ލަފާދީފައި އޮތީ ހަރަދުކުޑަކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކޮށްގެން ދައުލަތަށް އިތުރުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރަނީ 2.6 ބިލިޔަން ރުފިޔާ އެވެ.

"އެފިޝަންޓް ކުރަންވީ، މެނޭޖްކުރަންވީ. ހަރަދުކުޑަކުރެވޭނީ އެފިޝަންޓްކޮށް ކަންތައްކޮށްގެން، މެޖޭންކޮށްގެން މި ޚަރަދު އަޅުގަނޑުމެންނަށް، މި 2.6 ބިލިޔަން ރުފިޔާއަށް ވުރެ މާ ގިނައިން ހޯދޭނެ،" އިލްޔާސް ވިދާޅުވި އެވެ.

ފައިސާ އިސްރާފުވާ ކަމަށް އޭނާ ދެކެވަޑައިގަންނަވާ އެކިއެކި ގޮތް ގޮތުގެ ތަފްސީލު އިލްޔާސް ދެއްވި އެވެ. އެފަދަ އެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ކުންފުނިތަކުން ކުރާ ބޭކާރު ހަރަދެވެ. އެއްކަމެއް ކުރާ އެތައް ކުންފުންޏެއް އުފެއްދުމަކީ ވެސް ބޭކާރު ހަރަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެސްއޯއީ ތަކަށް ބަލާއިރު، އެޗްޑީސީ، ހައުސިން ފްލެޓް އަޅަނީ އެޗްޑީސީން. ހަމަ އެއާ އެކު އަނެއްކާ ކުންފުންޏެއް ފަހިދިރިއުޅުން ކޯޕަރޭޝަން. ހަމަ ބޭކާރު ހަރަދު. އެމްއެމްޕީއާރްސީއެއް އެބައިން ޓޫރިޒަމް ޕްރޮމޯޓްކުރަން. އެމްއައިޓީޑީސީއެސް އެބައިން، ރައީސް ކޮންމެ މަހަކު މުސާރައަށް އެކަނި ފިނޭންސުން އެކުންފުންޏަށް އަޅަނީ ތިން މިލިޔަން ރުފިޔާ،" އިލްޔާސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ޓެކްސް ބޮޑުކުރުމަށް ވުރެ ސަރުކާރުގެ ހަރަދު ކުޑަކުރުން މާ ރަނގަޅުކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ޓެކްސް ބޮޑުކުރުމަށް ވުރެ ސަރުކާރުގެ ހަރަދު ކުޑަކުރުން މާ ރަނގަޅުކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ޓެކްސް ބޮޑުކުރުމަށް ވުރެ ސަރުކާރުގެ ހަރަދު ކުޑަކުރުން މާ ރަނގަޅުކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

އެފަދަ އެހެން އެތައް މިސާލެއް ދައްކަވަމުން އޭނާ ވިދާޅުވީ ކުންފުނިތަކުން ކުރާ އިސްރާފު ހައްދުން ނެއްޓިފައިވާ ކަމަށެވެ.

މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް ވިދާޅުވީ ސަރުކާރުގެ ހަރަދުކުޑަކުރަން ފިނޭންސް މިނިސްޓްރީން ސާކިއުލާއެއް ނެރެފައިވާ ކަމަށާއި އެހެން ނަމަވެސް ހަރަދުކުޑަ ނުކުރާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ސަރުކާރުން އިންތިޒާމްކޮށްގެން ގިނަ އިވެންޓްތަކެއް ބޭއްވުމާއި އެމްއެންޑީއެފްގެ އިސް މަގާމުތަކެއްގައި ތިއްބެވި ގިނަ ބޭފުޅުންތަކަކަށް އެއް ފަހަރާ ޕްރޮމޯޝަން ދިނުމެވެ.

"މިދައްކަނީ އަނެއް ކޮޅުން ރައްޔިތުންގެ އަތުން އަނެއްކާ ވެސް ހަމަ ދެ ޕަސެންޓް އިތުރަށް ނަގާ ވާހަކަ. [ހަރަދުކުޑަކުރާ] ވާހަކަ ހަމަ ދައްކާފައި އޭގެ އިދިކޮޅަށް މި ކަންތައްތައް ވަމުންދާ ތަން މި ފެންނަނީ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓެކްސް ބޮޑުކުރަން ސަރުކާރުން އުޅެނީ، ފައިސާ ޗާޕްކުރަން ފެށީމާ، ޒިންމާދާރު މެމްބަރުންތަކެއް އެ ވާހަކަ ދައްކަން ފެށުމުންނެވެ. އަވަށްޓެރި ސްރީލަންކާއަށް ދިމާވި އިގުތިސާދީ މައްސަލަތަކަކީ އެގައުމުގެ ސަރުކާރުން ހަމަ މިގޮތަށް ކަންތައް ކުރުމުން ދިމާވި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ޓެކްސް ބޮޑުކުރުމަށް ވުރެ ސަރުކާރުގެ ހަރަދު ކުޑަކުރުން މާ ރަނގަޅުކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ޓެކްސް ބޮޑުކުރުމަށް ވުރެ ސަރުކާރުގެ ހަރަދު ކުޑަކުރުން މާ ރަނގަޅުކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ ފޮޓޯ: މަޖިލީހުގެ އިދާރާ

"ދައުލަތެއް ހިންގަން ވަރަށް ފަސޭހަ ގޮތެއް، އެއްވެސް ކަމެއް ނޫން އިއްޒަތްތެރި ރައީސް ހަމަ ވަތްގަނޑުން ފައިސާ ނަަަގަންވީ، އަނެއް ގޮތުން ބުނާ ނަމަ ރިޒާވްގައި ހުރި ފައިސާ ނަގަންވީ. ނަގަމުން ގޮސް އެ ހުސްވީމާ ދެން ޗާޕްކުރަން ފަށަންވީ. ޒިންމާދާރު ބަޔަކު، މެމްބަރުންތަކެއް މިތަނަށް އައިސްގެން އެވާހަކަ ދައްކަން ފެށީމާ ދެން ކުރަން ފެށި ކަމަކީ، ނުބައި ދިމާލަކަށް މިދަނީ. ރައްޔިތުން އަތުން ، ހަމަ ނިކަމެތި ރައްޔިތުންގެ އަތުން ޓެކްސް ނެގުމާ ދިމާލަށް މިދަނީ،" އާޒިމް ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ވެސް ވިދާޅުވީ އާއްމުންގެ އަތުން ނަގާ ޓެކްސް އިތުރުކުރުން މިއީ މިވަގުތު ކުރަން އެންމެ ރަނގަޅުކަމެއްތޯ ސުވާލު އުފެދޭ ކަމަށެވެ.

"ތަކެތީގެ އަގު އުފުލިފައި އެހެރީ، ތެލުގެ އަގު އުފުލިފައި އެހެރީ އިންފްލޭޝަން މީން ދުވަހަކު ނުދާ ވަރަށް [މައްޗަށް ގޮސްފައި] ދުނިޔޭގައި ވެސް އެހެރީ. އެހެންވީމާ މިއީ އާއްމުންގެ އަތުން ނަގާ ޓެކްސް އިތުރުކުރަންވީ ވަގުތުތޯ އިއްޒަތެރި ރައީސް އަޅުގަނޑަށް ސުވާލު އުފެދެނީ،" އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ޓެކްސްގެ ނިޒާމަށް ބަދަލުތަކެއް ގެނައި ކަމަށާއި އެހެން ނަމަވެސް ގިނަ ގައުމުތަކުގައި ކުރި ކަމަކީ ފުދުންތެރިކަން ހުރި މީހުން އަތުން އިތުރު ޓެކްސްއެއް ނެގުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox