ސްކިންއޮމީޓާ: ހަމުގެ ކެންސަރު ދެނެގަންނަން އިންގިލާބީ ޓެކްނޮލޮޖީއެއް

ސްކިންއޮމީޓާ ބޭނުންކޮށްގެން ސްކޭން ކުރަނީ. -- ފޮޓޯ: ސްކައި ނިއުސް

ސްކިންއޮމީޓާ ބޭނުންކޮށްގެން ސްކޭން ކުރަނީ. -- ފޮޓޯ: ސްކައި ނިއުސް

އިންސާނުންގެ ލޮލަށް ނުފެންނަ ހަމުގެ ކެންސަރު ދެނެގަންނަން ހާއްސަ ސްކޭނަރެއް ފުރަތަމަ ފަހަރަށް އުފައްދައިފި އެވެ.

އެ ސްކޭނަރު އުފެއްދީ ބަލި ދެނެގަތުމާއި ސާޖަރީ އަވަސް ކުރުމަށެވެ. މިއީ ހަމުގެ ކެންސަރާ ދެކޮޅަށް އިންގިލާބީ އުފެއްދުމެކެވެ.

ވޯވިކް ޔުނިވާސިޓީގެ ސައިންސްވެރިން އުފެއްދި "ސްކިންއޮމީޓާ"ގެ އެހީގައި ކެންސަަރު ފެތުރިފައި ހުރި މިންވަރު ހަމުގެ ދަށުން ދެނެގަނެވޭނެ އެވެ.

Advertisement

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ހޮސްޕިޓަލް ކޮވެންޓްރީގެ ހަމުގެ ކެންސަަރަށް ފަރުވާ ކުރަމުންދާ ބަލި މީހުން ސްކިންއޮމީޓާ ޓެސްޓު ކުރުމުގައި ބައިވެރިވުމަށް ދަނީ ބާރު އަޅަމުންނެވެ.

"ބައެއް ބާވަތުގެ ހަމުގެ ކެންސަރު މި ހުންނަނީ ލޮލަށް ނުފެންނަ ގޮތަށް. އެހެންވީމަ، ސާޖަރީގެ ތެރެއިން ވެސް ބަައެއް ފަހަރު ކެންސަރުގެ ބައިތައް އެއްކޮށް ނުނެގި ދޭ،" އެ ހޮސްޕިޓަލުގެ ޕްރޮފެސަރު ޖޯ ހާޑްވިކް ވިދާޅުވި އެވެ.

ސައިންސްވެރިންގެ އުއްމީދަކީ ސްކިންއޮމީޓާއާ އެކު ލޮލަށް ނުފެންނަ ކެންސަރު ސްކޭންކޮށް ދެނެގަނެގެން، ސާޖަރީގެ ޔަގީންކަން އިތުރު ކުރުމެވެ.

މިހާރު ހަމުގެ ކެންސަރަށް ފަރުވާ ކުރާ އިރު، ކެންސަރު ސެލްތައް ނައްތާލެވިއްޖެތޯ ބެލުމަށް ގިނަ އަދަދެއްގެ ހަމުގެ ސާމްޕަލް ނަގައި ޓެސްޓު ކުރަން ޖެހެ އެވެ.

އެހެން ނަމަވެސް މި ސްކޭނާ ޓެކްނޮލޮޖީގެ އެހީގައި ސާމްޕަލް ނެގުން މަދުކޮށް، ސާޖަރީ ހަދަން ޖެހޭ އަދަދު މަދު ކުރެވޭނެ ކަމަށް ބެލެވެ އެވެ.

ސްކިންއޮމީޓާއިން ބޭނުން ކުރަނީ "ލައިޓް ސްޕެކްޓްރަމް" ގައި ހިމެނޭ ޓެރަހާޓްޒް ބައިގެ އަލިކަމެވެ. އެ އަލިކަން ހަމުގައި ޖެހި ރިފްލެކްޓްވެ އެވެ.

ރިފްލެކްޓްވާ އަލިކަމުގެ ވޭވްފޯމްތަކުގެ އެހީގައި ހަމުގެ ދަށުން ކެންސަރު ފެތުރިފައި ހުރީ ކިހާ މިންވަރަކަށްކަން ފަސޭހަކަމާ އެކު ދެނެގަނެވެ އެވެ.

ވޯވިކް ޔުނިވާސިޓީގެ ޕްރޮފެސަރު އެމާ މެކްފާސަން ވިދާޅުވީ އެ ޓެކްނޮލޮޖީ ޓެސްޓުކޮށް އެއްކުރާ ޑޭޓާގެ އެހީގައި ކެންސަރުގެ ފަރުވާއަށް ހޯދިދާނެ ކުރިއެރުންތައް އިނގޭނެ ކަމަށެވެ.

އޭނާގެ އުއްމީދަކީ ޓެސްޓުކޮށް ނިންމައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސްކިންއޮމީޓާ ފުޅާކޮށް ބޭނުންކުރަން ފެށުމެވެ.

ހަމުގެ ކެންސަރުގެ އިތުރުން ކޮލޯން ކެންސަރު ދެނެގަންނަަން ވެސް މި ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ކަމަށް ސައިންސްވެރިން ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox