މެންޗެސްޓާ ޑާބީ؛ މީޑިއާ ނެޓުން ވަގުތުން ގެނެސްދޭނެ

މެންޗެސްޓާ ޑާބީ؛ މީޑިއާ ނެޓުން ވަގުތުން ގެނެސްދޭނެ

އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ ވަކިވުމާ އެކު އިނގިރޭސި ފުޓުބޯޅައިގެ ފޯރި ވެސް ވަޅު ޖެހުނެވެ. "ޝާހީ" ހިތާމައިގައި އެތައް މެޗުތަކެއް ކެންސަލްވެގެން ދިޔަ އެވެ. އެހެން ނަމަވެސް މި ހަފްތާގެ ފެށުން ވެގެންދާނީ އިނގިރޭސި ފުޓުބޯޅައަށް މަރުދޭ ސަޕޯޓަރުންނަށް އަލުން ފުޓުބޯޅަ ފޯރި ގެނުވާނެ ފެށުމަކަށެވެ. މެދުކެނޑުމަކަށްފަހު ފުޓުބޯޅަ އެނބުރި އަންނަ އިރު، ކުރިމަތީގައި އޮތީ ފޯރިގަދަ، ވަރުގަދަ ކުރިމަތިލުމެކެވެ.

މެންޗެސްޓާގެ ތަހުތަށް އަބަދުމެ ވާދަކުރާ ޔުނައިޓެޑާއި ސިޓީ ބައްދަލު ކުރާ "މެންޗެސްޓާ ޑާބީ" އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފޯރިގަދަ އެއް ކުރިމަތިލުމެވެ. މީޑިއާ ނެޓުގެ އައިސް ޓީވީ ނެޓްވޯކުތަކުގެ ޗެނަލްތަކުން ލައިވް ކުރާ މި މެޗު ފެށޭނީ މި ފެށޭ މަހު ދެވަނަ ދުވަހުގެ އިރުއޮއްސި 6:00 ގައެވެ. އެމް.އެސް ޓީވީ އަދި އެމް.އެސް ލައިޓު ކަސްޓަމަރުންނަށް ކެޗް-އަޕް ފީޗާ މެދުވެރިކޮށް ފަހުންވެސް މި ފޯރިގަދަ މެޗު ބަލާލެވޭނެ އެވެ. އަދި ކުއިކްޕޭ އިން ސަބްސްކްރިޕްޝަނެއް ނުވަތަ ވައުޗާ އެއް ބައްލަވައިގަނެގެން އެމް.އެސް ޑިޖިޓަލް އެޕް މެދުވެރިކޮށް ކޮންމެ ތާކު ހުރެވެސް މީޑިއާނެޓު ކަސްޓަމަރުންނަށް މި މެޗު ބަލާލެވޭނެ އެވެ. ހުރިހާ ގޮތަކުން ވެސް ހާއްސަ މި މެޗަށް ދެ ޓީމުން ނުކުންނަ އިރު މި ދެޓީމަކީ ވާދަވެރި މާޒީއެއް އޮތް ދެ ޓީމެވެ.

މިއަންނަ އާދިއްތަ ދުވަހު އޮތް މި ދެޓީމުގެ ކުރިމަތި ލުމަކީ މި ދެޓީމުގެ މެދުގައި ކުޅެވިގެންދާ 188 ވަނަ މެޗެވެ. މި ދެޓީމުގެ ތާރީހުގައި 57 ފަހަރު މެންޗެސްޓަރ ސިޓީ ކުރި ހޯދާފައިވާއިރު މެންޗެސްޓަރ ޔުނައިޓެޑް ވަނީ 77 ފަހަރު ކުރި ހޯދާފަ އެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލު ކުރި މެޗުގައި މި ދިޔަ މާޗު މަހު ސިޓީ އިން ވަނީ ޔުނައިޓެޑްގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރި ހޯދާފަ އެވެ. ފަހުގެ ތާރީހުގައި ގިނަ ކާމިޔާބީ އާއި ޓްރޮފީ ހޯދާފައިވަނީ ސިޓީ ކަންވެސް ފާހަގަކޮށްލެވެ އެވެ. ނަމަވެސް ދުރު ތާރީހަށް ބަލާއިރު ހުރިހާ ގޮތަކުންވެސް ކުރި ލިބެނީ މެންޗެސްޓާ ޔުނައިޓެޑަށެވެ. ސިޓީ އިން ފާއިތުވި އަހަރުތަކުގައި ލީގު ކާމިޔާބު ކުރި ނަމަވެސް، ޔުނައިޓެޑް ބަލި ކުރުން ވަނީ އެންމެ ފޯމުގައި އޮންނަ ސިޓީގެ ޓީމަށްވެސް އުނދަގޫ ކަމަކަށް ވެފަ އެވެ.

މި ސީޒަނުގަައި ދެ ޓީމު

މެންޗެސްޓާ ސިޓީ

ވަރުގަދަ ސްކޮޑަކާއި އެފަދަ ދެވެނައެއް ނެތް ތަޖުރިބާކާރު އަދި ތައްޓާއި ރައްޓެހި ކޯޗު ޕެޕް ގާޑިއޯލާ އާއި އެކު އާ ސީޒަނާއި ކުރިމަތިލި މެންޗެސްޓާ ސިޓީ މި ވަގުތު އޮތީ ޕޮއިންޓު ޓޭބަލްގެ ދެވަނައިގަ 17 ޕޮއިންޓާ އެކު އެވެ. ފާހަގަކޮށްލެވޭ ކަމަކީ ހަތް މެޗު ކުޅެވިގެން ދިޔައިރު ސިޓީ އަދި މި ސީޒަނުގައި އެއްވެސް ޓީމެއް އަތުން ބަލިވެފައި ނުވާކަމެވެ.

މި ސީޒަނުގައި ސިޓީގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަނީ ޓީމަށް އަލަށް ގުޅުނު ނޯވޭގެ ފޯވާޑް އާލިން ހާލަންޑެވެ. ހަތް މެޗު ކުޅެވުން އިރު 11 ގޯލާއެކު ހާލަންޑު އޮތީ ގޯލު ޗާޓުގެ އެއްވަނައިގަ އެވެ. ގޯލު ޖަހަން ފުރުސަތު ފަހި ކޮށްދިނުމުގައި ވެސް ސިޓީގެ ކުޅުންތެރިން ތިބީ ލިސްޓުގެ އެންމެ ކުރީގަ އެވެ. ކެވިން ޑިބުރައިނާ ހަ އެސިސްޓާ އެކު އެއްވަނައިގަ އޮތް އިރު އިނގިރޭސި ޒުވާން ތަރި ފިލް ފޮޑެން ހަތަރު އެސިސްޓާއެކު މި ލިސްޓުގެ ދެވަނައިގައި ވަނީ ހަމަ ޖެހިލާފަ އެވެ.

ގާޑިއޯލާގެ ޓެކްޓިކަލް ބަދަލުތައް މި މެޗުގައި ތަފާތު މޮޅުކޮށް ފެނިގެންދާނެކަން ޔަގީނެވެ. ސިޓީގެ އަމާޒަކަށް ވާނީ މުޅި މެންޗެސްޓާ ނޫ ކުލައިން ޖަރީ ކޮށްލުމެވެ.

މެންޗެސްޓާ ޔުނައިޓެޑު

މެންޗެސްޓާ ޔުނައިޓެޑު މި ސީޒަން ފެށީ އެންމެ ރަނގަޅަކަށް ނޫނެވެ. ފުރަތަމަ މެޗުގައި ބުރައިޓަން އަތުން އަދި ދެވަނަ މެޗުގައި ބުރެންޓްފޯޑު އަތުން ބޮޑު ތަފާތަކުން ބަލިވުމުން ޓީމާ މެދު ސުވާލުތަކެއް އުފެދިގެން ދިޔަ އެވެ. ނަމަވެސް އާ ސީޒަނަށް ޓީމާ ހަވާލުވި ކޯޗު އެރިކް ޓެން ހާގް ގެނައި ޓެކްޓިކަލް ބަދަލުތަކާއި އެކު ޔުނައިޓެޑުން ދަނީ ތަފާތު ދައްކަމުންނެވެ. މި ގޮތުން އިނގިރޭސި ފުޓުބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ލިވަޕޫލް އަދި މި ވަގުތު ޓޭބަލްގެ އެންމެ ކުރީގައި އޮތް އާސެނަލް މައްޗަށް ޔުނައިޓެޑުން ވަނީ ކުރި ހޯދާފަ އެވެ.

ޓްރާންސްފާ މާކެޓުގައި އެ ޓީމާ އަލަށް ގުޅުނު ބްރެޒިލްގެ އެންޓޮނީއާއި، މެދުތެރެއިން ޗާލު ބޯޅަތަކެއް ފޯރުކޮށްދޭ އެރިކްސަން އަދި ވަރުގަދަ މޮޅު ޑިފެންޑަރު މާޓިނޭޒް ދަނީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ތަފާތު ދައްކަމުންނެވެ. މި ވަގުތު މެޗު ފޯމު ދަށްކޮށް ފެނުނު ކަމުގައި ވިޔަސް ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ މަތިންވެސް ހަނދާން ނައްތާލެވޭކަށް ނެތެވެ. އަބަދެކޭ އެއް ފަދައިން އެންމެ މުހިއްމު ވަގުތު ތަކުގައި ރޮނާލްޑޯގެ ހުނަރުތައް މެންޗެސްޓާ ޔުނައިޓެޑަށް ފައިދާއަކަށް ވާނެ ކަން ޔަގީނެވެ.

މި މެޗަކީ ޔުނައިޓެޑުން ސިޓީގެ މައްޗަށް ދަމަހައްޓަމުން ގެންދާ ހެޑް ޓު ހެޑް ލީޑު އިތުރަށް ފުޅާކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox