މިކޭލް އާއި ޑެލްފް ކުޅުން ހުއްޓާލައިފި

Sep 28, 2022, 4:53 AM
މިކޭލް އާއި ޑެލްފް ކުޅުން ހުއްޓާލައިފި

ލަންޑަން (ސެޕްޓެމްބަރު 28) - ޗެލްސީ އަށް ކުރިން ކުޅުނު ނައިޖީރިއާގެ މިޑްފީލްޑަރު ޖޯން އޮބީ މިކޭލް އާއި މެންޗެސްޓާ ސިޓީގެ ކުރީގެ މިޑްފީލްޑަރު ފަބިއަން ޑެލްފް ކުޅުން ހުއްޓާލައިފި އެވެ.

މިކޭލް ،35، ގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އަހަރުތައް ހޭދަކުރީ ޗެލްސީގަ އެވެ. އުމުރުން 19 އަހަރުގައި ޗެލްސީއާ ގުޅުނު މިކޭލް ވަނީ އެ ކްލަބަށް 372 މެޗު ކުޅެފަ އެވެ. އެ ކްލަބާ އެކު އޭނާ ވަނީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ދެ ފަހަރު އަދި ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. މީގެ އިތުރުން އެފްއޭ ކަޕް ހަތަރު ފަަހަރު އަދި ލީގު ކަޕް ދެ ފަހަރު ކާމިޔާބުކުރި އެވެ.

"ކެރިއަރުގައި ފާއިތުވި 20 އަހަރަށް ބަލާއިރު، އަހަންނަށް ހާސިލްކުރެވުނު ކަންތައްތަކާމެދު ވަރަށް ހިތްހަމަޖެހޭ،" މިކޭލް ބުންޏެވެ.

ޗެލްސީ ދޫކޮށްލުމަށް ފަހު 2017 ވަނަ އަހަރު މިކޭލް ބަދަލުވީ ޗައިނާ ލީގަށެވެ. އޭގެ ފަހުން އޭނާ ވަނީ އިނގިރޭސި ޗެމްޕިއަންޝިޕްގެ ސްޓޯކް ސިޓީ އާއި މިޑްލްސްބަރާ އަށް ކުޅެފަ އެވެ. އަދި ތުރުކީގެ ޓްރަބްޒޮންސްޕޯ އަށް ވެސް ކުޅުނެވެ. އެންމެ ފަހުން އޭނާ ކުޅުނީ ކުވޭތު ސްޕޯޓްސް ކްލަބަށެވެ.

އިންގްލެންޑްގެ ގައުމީ ޓީމަށް ވެސް ކުރިން ކުޅުނު ޑެލްފް ،32، ކުޅުން ހުއްޓާލިއިރު، އެވަޓަން އިން އޭނާ ދޫކޮށްލީ މިދިޔަ ސީޒަނަށް ފަހު އެވެ. ޑެލްފް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ އާއި އެވަޓަންގެ އިތުުރުން އެސްޓަން ވިލާ އާއި ލީޑްސް ޔުނައިޓަޑަށް ވެސް ކުޅެފަ އެވެ.

އެންމެ ފަހުން އެވަޓަން އަށް ޑެލްފް ކުޅުނު ނަމަވެސް، އަނިޔާގެ މައްސަލަތަކާ ހެދި އެ ކްލަބަށް އެންމެ އެކަށީގެންވާ ގޮތުގައި އޭނާގެ ބޭނުމެއް ނުހިފުނެވެ.

ޑެލްފް ވަނީ ސިޓީއާ އެކު ދެ ފަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި ވިލާއާ އެކު އެފްއޭ ކަޕާއި ލީގު ކަޕްގެ ފައިނަލްގައި ކުޅުނެވެ.

"އަހަރެންގެ ނަސީބު ރަނގަޅުކަމުން ވަރަށް ބޮޑެތި ކްލަބުތަކަށް ކުޅުމުގެ ފުރުސަތު ލިބުނު. އެ ކްލަބުތަކާއި އަހަރެންގެ ފަހަތުގައި ތިބި ސަޕޯޓަރުންގެ އަގު ވަޒަންކުރަން،" ޑެލްފް ބުންޏެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox