ެއިންޑިއާގައި މުޒާހަރާ ކުރުމުގެ ގޮތުން ސަރުކާރު އިމާރާތްތަކުގެ ތެރެއަށް ގެރިތަކެއް ދޫކޮށްލައިފި

ސަރުކާރު އިމާރާތްތަކުގެ ތެރެއަށް ގެރިތައް ދޫކޮށްލީ ގުޖަރާތު ސްޓޭޓުގައި. -- ފޮޓޯ: ޕަރޭޝް ޕަދިޔާރް

ސަރުކާރު އިމާރާތްތަކުގެ ތެރެއަށް ގެރިތައް ދޫކޮށްލީ ގުޖަރާތު ސްޓޭޓުގައި. -- ފޮޓޯ: ޕަރޭޝް ޕަދިޔާރް

ގެރި ގެންގުޅޭ ތަންތަނަށް ވައުދުވެފައިވާ އެހީ ފޯރުކޮށްނުދޭތީ މުޒާހަރާ ކުރުމުގެ ގޮތުން އިންޑިއާގެ ގުޖަރާތު ސްޓޭޓުގައި ސަރުކާރު އިމާރާތްތަކުގެ ތެރެއަށް ގެރިތަކެއް ދޫކޮށްލައިފި އެވެ.

އެތައް ހާސް ގެރި ދޫކޮށްފައިވާ އިރު، އިމާރާތްތަކާއި ބައެއް ބޮޑެތި މަގުތަކުގައި ގެރިތައް ޖަމާވެގެން އުޅޭ ވީޑިއޯތައް ދަނީ ސޯޝަލް މީޑިއާގައި ފެތުރެމުންނެވެ.

ސަރުކާރުން ވައުދުވި ފައިސާގެ އެހީ ނުލިބޭ ނަމަ ކުރިއަށް އޮތް ސްޓޭޓް އިންތިހާބް ބޮއިކޮޓް ކުރާނެ ކަަމުގެ އިންޒާރު ވެސް މުޒާހަރާ ކުރާ މީހުން ދީފައިވެ އެވެ.

އިންޑިއާގެ ބައެއް ހިސާބުތަކުގައި ގެރިތަކުގެ މެދުގައި "ލަމްޕީ ސްކިން ޑިޒީޒް" ބަލި ދަނީ ފެތުރެމުންނެވެ. އެގޮތުން ގުޖަރާތުގެ ގެރިތަކަށް ވެސް އެ ބަލި ޖެހިފައިވެ އެވެ.

ގުޖަރާތުގައި 5،800 އަށް ވުރެ ގިނަ ގެރި މަރުވެފައިވާ އިރު، 170،000 އެއްހާ ގެރިއަށް އެ ބަލީގެ އަސަރުކޮށްފައިވާ ކަމަށް ބެލެވެ އެވެ.

އިންޑިއާގެ މެޖޯރިޓީ ހިންދޫ ދީނުގައި ގެރިއަކީ މާތްވެގެންވާ އެއްޗެކެވެ. އެހެންވެ، ގުޖަރާތު ހިމެނޭހެން 18 ސްޓޭޓެއްގައި ގެރި ކަތިލުން މަނަ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރުން ގުޖަރާތުން ވަނީ ގާނޫނު ހަރުކަށިކޮށް، ގެރި ކަތިލައިފި ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ހަދާފަ އެވެ.

ގެރި ކަތިލުން މަނާވުމުގެ ނަތީޖާއެއްގެ ގޮތުން ގެރީގެ އާބާދީ އިތުރުވެ މަގުތަކުގައި އުޅެން ފެށުމުން ޓްރެފިކް މައްސަލަތައް ދިމާވި އެވެ. އެހެންވެ، ގިނަ ގެރިތައް ބަލަހައްޓަނީ ހާއްސަ ތަންތަނުގަ އެވެ.

މި އަހަރުގެ ބަޖެޓުގައި ގުޖަރާތުގެ ސަަރުކާރުން ވަނީ ގެރި ބަލަހައްޓާ ތަންތަނަށް 61 މިލިއަން ޑޮލަރު ކަނޑައަޅާފަަ އެވެ. އެހެން ނަމަވެސް އެ ތަންތަަނުގެ މީހުން ބުނީ ސަރުކާރުން އެއްވެސް އެހީއެއް ނުވާ ކަމަށެވެ.

ބަޖެޓުގައި ހިމެނި ފައިސާ ދިނުމަށް ތަަކުރާރުކޮށް އެދުނު ނަމަވެސް ހައްލެއް ނުލިބުނު ކަމަށް އެ މީހުން ބުނެ އެވެ. އިންޑިއަން އެކްސްޕްރެސް ނޫހުން ބުނީ ގެރިތައް ދޫކޮށްލައި ފެށި މުޒާހަރާގަައި 1،750 ތަނުން ބައިވެރިވާ ކަމަށެވެ. އެ ތަންތަނުގައި 450،000 ގެރި ގެންގުޅެ އެވެ.

ފުލުހުން ބުނީ އެ މުޒާހަރާއާާ ގުޅުން ހުރި 70 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ގުޖަރާތުގެ އެނިމަލް ހަޒްބެންޑްރީ މިނިސްޓަރު ވިދާޅުވީ އެހީ ފޯރުކޮށްދިނުމުގައި ލަސްތަކެއް އުޅޭ ކަމަށާއި ދެ، ތިން ދުވަހުގެ ތެރޭގައި ހައްލެއް ހޯދޭނެ ކަމަށެވެ.

މުޒާހަރާ ކުރާ މީހުން ބުނީ މަސް ނިމުމުގެ ކުރިން ހައްލެއް ނުލިބިއްޖެ ނަމަ، މުޒާހަރާ ފުޅާކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox