ތޫފާން ނޯރޫ: ފިލިޕީންސް ރެސްކިއު ޓީމުގެ ފަސް މީހުން މަރުވެއްޖެ

ފިލިޕީންސްގެ ސޭން މިގުއޭލްގައި ފެންބޮޑުވެފައި. -- ފޮޓޯ: ބީބީސީ

ފިލިޕީންސްގެ ސޭން މިގުއޭލްގައި ފެންބޮޑުވެފައި. -- ފޮޓޯ: ބީބީސީ

ފިލިޕީންސަށް އެރި ތޫފާން ނޯރޫގައި ފެންބޮޑުވެ ގެތަކުން ކަރަންޓު ކެނޑިފައިވާ އިރު، ރެސްކިއު ޓީމުގައި ހިމެނޭ ފަސް މީހުން މަރުވެއްޖެ އެވެ.

އެ ފަސް މީހުން މަރުވީ ވެރިރަށް މެނީލާގެ އުތުރުން އޮންނަ ސޭން މިގުއޭލް ޑިސްޓްރިކްޓުގައި ކުއްލިއަކަށް ފެންބޮޑުވުމުން އާއްމުންނަށް އެހީވުމުގައި އުޅެނިކޮށް އޮޔާ ގެންގޮސްގެންނެވެ.

ތޫފާން ނޯރޫގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ޑިސްޓްރިކްޓަކީ ސޭން މިގުއޭލް އެވެ. ބައެއް ގެތަކަަށް ފެން ވަނުމުން މީހުން ފުރާޅަށް އަރައި ތިބި އިރު، އިތުރު މީހުން ފެންގަނޑު ތެރެއިން އާއްމުންނަަށް ސަޕްލައި ފޯރުކޮށްދެވޭތޯ ދަނީ ބަލަމުންނެވެ.

ތޫފާން އެންމެ ފުރަތަމަ އެރީ ލުޒޯން ރަށަށް ގަޑިއަކު 240 ކިލޯމީޓަރުގެ ބާރުމިނުގަ އެވެ. ލުޒޯންއަކީ ފިލިޕީންސްގެ އާބާދީގެ 110 މިލިއަން މީހުންގެ ތެރެއިން 50 ޕަސެންޓު ދިރިއުޅޭ ރަށެވެ.

ތޫފާން ނޯރޫ ފިލިޕީންސަށް އެރީ އާދީއްތަ ދުވަހުގެ ރޭގަ އެވެ. އޭގެ ބާރު މިހާރު ދަށްވެފައިވާ އިރު، ހޯމަ ދުވަހުގެ ހަވީރު ފިލިޕީންސުން ފައިބައިގެން ތޫފާން ދާނެ ކަމަަށް ބެލެވެ އެވެ.

ތޫފާނަށް ތައްޔާރުވުމުގެ ގޮތުން 74،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރި އެވެ. ވެރިރަށް މެނީލާގައި ވަރަށް ބޮޑަަށް ފެންބޮޑުވާނެކަމުގެ އިންޒާރު ދިން ނަމަވެސް، ސީރިއަސް ގެއްލުމެއް ނުލިބެ އެވެ.

ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ވިދާޅުވީ މި ފަހަރު ލިބުނު ގެއްލުން ކުޑަވީ ނަސީބުގެ ސަބަބުން ކަމަށާއި ކޮންމެ ފަހަރަކު ވެސް ތޫފާނެއް ކުރިމަތިވާ ނަމަ ފުރިހަމައަށް ތައްޔާރުވުން މުހިއްމު ކަމަށެވެ.

"އަދިވެސް މި އޮޕަރޭޝަން ނުނިމޭ. އަޅުގަނޑުމެންނަށް ނިންމާލެވޭނީ އިވެކުއޭޓް ކުރި ގިނަ މީހުންނަށް އެނބުރި ގެތަކަށް ދެވުމުން،" މާކޯސް ވިދާޅުވި އެވެ.

މާކޯސް އަމުރު ކުރައްވާފައި ވަނީ ހެލިކޮޕްޓަރުގައި ސަޕްލައި ގެންގޮސް، އެންމެ ބޮޑަށް އަސަރު ކުރި ހިސާބުތައް ސާފު ކުރާނެ ސާމާނު ފޯރުކޮށްދިނުމަށެވެ.

ފިލިޕީންސްއަކީ ޕެސިފިކް ކަނޑުގައި އޮންނަ 7000 ރަށް ހިމެނޭ ޖަޒީރާ ގައުމެކެވެ. އެ ގައުމަކީ ޕެސިފިކް ކަނޑުގައި އުފެދޭ ބާރުގަދަ ތޫފާންތަކުގެ ނުރައްކާ އެންމެ ބޮޑު ގައުމެވެ.

ޑިސެމްބަރު 2021 ގައި އެރި ތޫފާން ރާއީގައި 400 މީހުން މަރުވި އެވެ. އެ ތޫފާނުގެ ބޮޑެތި ގެއްލުންތަކެއް ލިބި ގިނަ ބަޔަކު ހާލުގައި ޖެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox