އަބޭގެ ޖަނާޒާއަށް ރައީސްގެ މަންދޫބެއްގެ ގޮތުން ޝާހިދު ޖަޕާނަށް ފުރާވަޑައިގެންފި

Sep 26, 2022, 8:08 AM
އަބޭގެ ޖަނާޒާއަށް ރައީސްގެ މަންދޫބެއްގެ ގޮތުން ޝާހިދު ޖަޕާނަށް ފުރާވަޑައިގެންފި

ޖަަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭގެ ރަސްމީ ޖަނާޒާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާނަށް ފުރާވަޑައިގެންފި އެވެ.

އަބޭ އަވަހާރަވީ މިދިޔަ ޖުލައި މަހު ކެމްޕެއިން އެއްވުމެއްގެ ތެރެއިން މީހަކު ކައިރިވެ ބަޑި ޖެހުމުންނެވެ.

ޓޯކިޔޯގެ ނިޕޯން ބުޑޮކާންގައި މާދަމާ އޮންނަ ޖަނާޒާގައި ގިނަ ގައުމުތަކެއްގެ އިއްޒަތްތެރިން ބައިވެރިވެވަޑަައިގަންނަވާ އިރު، ރައީސް ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވުމަށް ޝާހިދު ފުރާވަޑައިގެންނެވީ މިއަދުގެ ވަގުތެއްގަ އެވެ.

ޖަނާޒާ ފަށަނީ އަންގާރަ ދުވަހު ޖަޕާނު ގަޑިން މެންދުރު 02:00 (ރާއްޖެ ގަޑިން ހެނދުނު 10:00) ގަ އެވެ. ޖަނާޒާ އޮންނަ ސަރަހައްދުގެ ހުރިހާ މަގުތަކެއް ބަންދު ކުރާނެ އެވެ.

އޭގެ އިތުރުން ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށް ޖަނާޒާ އޮންނަ ތަނުގެ މަތިން 25 ނޯޓިކަލް މޭލުގެ ވައިގެ ސަަރަހައްދެއް ބަންދުކުރާނެ އެވެ.

ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެތައް ހާސް ފުލުހުން ހަަމަޖައްސާފައިވާ އިރު، ޖަޕާނުގެ އެހެން ހިސާބުތަކުން 2،500 ފުލުހުން ޓޯކިޔޯއަށް ގެނެސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އޮފިސަރުން ދަނީ ކުއްތާ ބޭނުންކޮށްގެން ޓެރަރިޒަމާ ދެކޮޅަށް ހިންގާ ޕެޓްރޯލްތައް އިތުރު ކުރަމުންނެވެ. އެގޮތުން ބޮޑެތި ރޭލު ސްޓޭޝަންތަކާއި ޓޯކިޔޯގެ ހަނޭޑާ އެއާޕޯޓަށް ހާއްސަ ސަމާލުކަމެއް ދީފައިވެ އެވެ.

އޭގެ އިތުރުން އެމްބަސީތައް ވަށައިގެންވާ ސަރަހައްދާއި ބޭރުގެ އިއްޒަތްތެރިން މަޑުކުރަން ހަމަޖެހިފައި ހޮޓެލްތަކުގެ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަކޮށްފަ އެވެ.

ޖަޕާނުގެ ނޫސްތަކުން ބުނާ ގޮތުގައި އެކި ގައުމުތަކުން 700 އިއްޒަތްތެރިން ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އޭގެ ތެރޭގައި ގައުމުގެ ވެރިންގެ ގޮތުގައި50 ބޭފުޅުން ހިމެނެ އެވެ.

އެގޮތުން އެންމެ ފާހަގަކުރެވެނީ އެމެރިކާގެ ނައިބު ރައީސް ކަަމަލާ ހެރިސް، އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީޒް އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެވެ.

ޖަޕާން ސިފައިންގެ 1000 މީހުން ވެސް ސެކިއުރިޓީ ބަލަހައްޓަން ނެރެން ހަމަޖެހިފައިވާ އިރު، ޖަނާޒާގައި 4،300 އަށް ވުރެ ގިނަ މެހެމާނުން ބަައިވެރިވާނެ އެވެ.

ޖަޕާނުގެ ސަރުކާރުން ރާވާފައި ވަނީ ޖަނާޒާއަށް 11.5 މިލިއަން ޑޮލަރު (1.65 ބިލިއަން ޔެން) ހޭދަކުރުމަށެވެ. އޭގެ ތެރެއިން 800 މިލިއަން ޔެން ހޭދަަކުރަަނީ ސެކިއުރިޓީއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox