މަސްނުކިރޭތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. މަސް ނުކިރޭތީ ކަންބޮޑުވުން ފާޅުކުރައްވައި އޭނާ  މިއަދު މަޖިލީހަށް ކުއްލިމައްސަލައެއް ހުށަހެޅުއްވި. ފޮޓޯ:މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. މަސް ނުކިރޭތީ ކަންބޮޑުވުން ފާޅުކުރައްވައި އޭނާ މިއަދު މަޖިލީހަށް ކުއްލިމައްސަލައެއް ހުށަހެޅުއްވި. ފޮޓޯ:މަޖިލީހުގެ އިދާރާ

ރާއްޖޭގެ މަސްވެރިކަން ރަނގަޅުވުމާއި އެކު މަސްކިރާ އަދަދު ވަކިވަރެއްގައި ހިފެހެއްޓުމާއި އެހެން ގިނަ ދަތިތަކެއް މަސްވެރިންނަށް ކުރިމަތިވެފައި ވާތީ ކަންބޮޑުވުން ފާޅުކޮށް، އެކަންތައްތައް ހައްލުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން މިދުވަސް ވަރު ރަނގަޅުވެފައި ވާއިރު މަސްގަންނަ މިންވަރު ލިމިޓްކޮށްފައި ވާތީ މަސްކިރުވަން، މަސްވެރިން އެތައް ދުވަހަކު ކިއުގައި ތިބެން ޖެހޭ ކަމަށެވެ. މަސްވެރިކަމަށް ބޭނުންވާ އައިސް ހޯދާށާއި މަސްދޯނި ފަހަރަށް އަޅާނެ ތެޔޮ ހޯދަން ވެސް އެގޮތަށް ކިއުގައި ތިބެން ޖެހޭ ކަމަށް ކުއްލި މައްސަލައިގައި އޭނާ ވިދާޅުވި އެވެ.

"...މަސްވެރިންނަށް ދޫކުރާ ތެލުގެ މިންވަރު ލިމިޓްކޮށްފައި ވާތީ އެކަމުގެ ސަބަބުން، މަސްވެރިކަަމަށް ނުކުންނަށް ދަތިތަކެއް ކުރިމަތިވެފައި ވާތީއާއި، ރެއާ ދުވާލު ދާ އޮހޮރުވަައިގެން ބާނާ މަސްކޮޅުން މަންފާއެއް ނުލިބުމަކީ ހުރިހާ މަސްވެރިން މިއަދު އެންމެ ކަންބޮޑުވާ މައްސަލަ[އެވެ]،" ކުއްލި މައްސަލައިގައި ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް މިއަދު ބަލައިގަތީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 29 މެމްބަރުންގެ ތެރެއިން 25 މެމްބަރަކު ވޯޓު ދެއްވައިގެނެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ހަތަރު މެމްބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވައި އެއް މެމްބަރަކު އިންނެވި އެވެ.

ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ، މިއަދުގެ ޖަލްސާގައި ކުރި ބަހުސްގެ ފުރަތަމަ ފުރުސަތުގައި ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާ މިިއަދު މަޖިލީހުގައި ކުރި ސުވާލުތަކަށް އޭނާ ދެއްވީ 2019 ވަނަ އަހަރު ވެސް ދެއްވި ޖަވާބުތައް ކަމަށެވެ.

ކޮންމެ އަހަރަކު ދެ ފަހަރު ރާއްޖޭގެ މަސްވެރިކަން ރަނގަޅުވާކަން ސަރުކާރަށް އެނގޭ ކަމަށާއި އެހެން ނަމަވެސް މަސްވެރިންނަށް ހުރި މައްސަލަތަކަށް އެއްވެސް ހަލެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަސްވެރިންގެ މާ ގިނަ ޝަކުވާތަކެއް ނޫޅޭ އިއްޒަތްތެރި ރައީސް. މަސްވެރިންގެ މި އޮންނަނީ މަސްވެރިން ބާނާ މަސްކޮޅު ނުކިރޭ މައްސަލަ،" އޭނާ ވިދާޅުވި އެވެ.

މިފްކޯއިން ހިންގާ އެންމެ ބޮޑު ފެކްޓްރީ ހުންނަ ފެލިވަރު މިސާލަކަށް ނަންގަވައި ޝިޔާމް ވިދާޅުވީ ފެލިވަރަށް މަސްކިރުމަށް ޓަކައި މިހާރު ހަތަރު ދުވަސް ވަންދެން ކިއުގައި ތިބެން ޖެހޭ ކަމަށެވެ. ޝިޔާމްގެ ކުއްލި މައްސަލަ ހުށަހެޅުއްވުމުގެ ކުރިން މަޖިލީހުގައި މިއަދު އޮތީ ފިޝަރީޒް މިނިސްޓަރާ ސުވާލުކުރުމެވެ.

އެ ވަގުތުގައި ގިނަ މެމްބަރުން ތަކެއް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަސް ނުކިރުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox