ތޫފާން ފިއޯނާ: ކެނެޑާގެ ބައެއް ގެތައް އޮޔާ މޫދަށް

އައްސޭރިފަށުގެ ބައެއް ގެތައް އޮޔާ ގެންދިޔަ ކަމަށް ރިޕޯޓުތައް ބުނޭ. -- ފޮޓޯ: ރޮއިޓާޒް

އައްސޭރިފަށުގެ ބައެއް ގެތައް އޮޔާ ގެންދިޔަ ކަމަށް ރިޕޯޓުތައް ބުނޭ. -- ފޮޓޯ: ރޮއިޓާޒް

ތޫފާން ފިއޯނާގައި ކެނެޑާގެ އައްސޭރިފަށަށް ވަރަށް ބޮޑަށް އަސަރުކޮށް، ބައެއް ގެތަށް އޮޔާ މޫދަށް ގެންގޮސްފި އެވެ.

ނިއުފާންޑްލޭންޑްގައި ގެޔާ އެކު މޫދަށް އޮޔާ ދިޔަ އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކެނެޑާއަށް ތޫފާން އެރުމަކީ ވަރަށް ނުވާ ކަމެކެވެ. ފުލުހުން ބުނީ މިއީ މީގެ ކުރިން ފެނިފައި ނުވާ ފަދަ ތޫފާނެއް ކަމަށެވެ.

Advertisement

ތޫފާނަށް ފަހު ތަންތަން ސާފު ކުރުމަށް ނޯވާ ސްކޮޓިއާ ސަރަހައްދުގައި ސިފައިން ދަނީ ހަރަކާތްތެރިވަަމުންނެވެ.

ކެނެޑާގެ ފަސް ޕްރޮވިންސަށް ވިއްސާރަކޮށް 160 ކިލޯމީޓަރު ބާރު މިނުގައި ވައި ޖެހުނު އިރު، ފެންބޮޑުވެ އެތައް ހާސް ގެޔަކުން ކަރަންޓު ކެނޑިފައިވެ އެވެ.

ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ ނޯވާ ސްކޮޓިއާއަށް ސިފަައިން ފޮނުވާފައިވާ ކަމަށާއި އާއްމުންނަށް އެހީވުމަށް މައި ސަރުކާރަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

އޭގެ އިތުރުން ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭގެ ރަަސްމީ ޖަނާޒާގައި ބައިވެރިވުމަށް ކުރަން ހަމަޖެހުނު ދަތުރު ކެންސަލްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ތޫފާނުގެ އިންޒާރު ދިނީ ނޯވާ ސްކޮޓިއާ، ޕްރިންސް އެޑްވާޑް އައިލެންޑް، ނިއުފަންޑްލޭންށް، ނިއު ބްރައުންސްވިކް އަދި ކިޔުބެކް ޕްރޮވިންސްގެ ބައެއް ހިސާބުތަކަށެވެ.

އޭގެ ތެރެއިން ގެތައް އޮޔާ ގެންދިޔައީ ނިއުފަަންޑްލޭންޑުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ކަރަންޓު ކެނޑިފައިވާ ހިސާބުތަކަށް އަލުން ހިދުމަތް ދޭން ދުވަސްތަކެއް ހޭދަވާނެ ކަމަށް ބެލެވެ އެވެ.

ކެނެޑާއަށް ބާރުގަދަ ތޫފާންތައް ކުރިމަތިވަނީ ވަރަށް މަދުންނެވެ. ނޯވާ ސްކޮޓިއާއަށް އެންމެ ފަހުން ބޮޑު ތޫފާނެއް ކުރިމަތިވީ 2003 ގަ އެވެ.

އެ ފަހަރު ތޫފާން ހުއާންގައި ދެ މީހުން މަރުވެ، ދަނޑުބިންތަކާއި ބައެއް އިމާރާތްތަކަށް ގެއްލުންވި އެވެ. ތޫފާން ފިއޯނާ ކެނެޑާއަށް ފޯރުމުގެ ކުރިން ފާއިތުވި ހަފްތާގައި އެރީ ޕުއޭޓޯ ރީކޯ އަދި ޑޮމިނިކަން ރިޕަބްލިކްއަށެވެ.

އެމެރިކާގެ ފްލޮރިޑާއަށް ވެސް މި ވަގުތު ތޫފާނެއްގެ ނުރައްކާ އެބަ އޮތެވެ. އެގޮތުން ހޮނިހިރު ދުވަހު ކެރީބިއަން ސަަރަހައްދުން ތޫފާން އިއަން ދަތުރު ކުރި މި ހަފްތާގެ ތެރޭގައި ފްލޮރިޑާއަށް އަރާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox