ކްލަބް މޯލްޑިވްސް ކަޕް: ޗެމްޕިއަން އާރްއާރްސީ އާއި ސިޓީ ކައުންސިލް އެއް ގްރޫޕަކަށް

Sep 23, 2022, 10:52 PM
މިރޭ ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގެ ގުރުއަތުލުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިރޭ ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގެ ގުރުއަތުލުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންނަ މަހުގެ އެއް ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ ކްލަބް މޯލްޑިވްސް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި މާލެ ސިޓީ ކައުންސިލްގެ ޓީމު އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

ޕީއެސްއެމް ސްޓޫޑިއޯގައި ބޭއްވި ހާއްސަ އިވެންޓެއްގައި ރޭ ގުރުއުތުލުން ކުރިއަށްދިޔައިރު، ގްރޫޕް ބީގައި އާރްއާރްސީ އާއި ސިޓީ ކައުންސިލްގެ އިތުރުން ދެން އޮތީ މޯލްޑިވިއަން އާއި މީޑިއާނެޓް އެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވެފައިވާ ކްލަބް ވެމްކޯ އާއި ކްލަބް އެމްޓީސީސީ އަދި ފެން ކްލަބާއި މިފްކޯ ރެކްރިއޭޝަން ކްލަބް އެވެ.

ގްރޫޕް ސީގައި ހިމެނެނީ އެމްއޭސީއެލް، ޓްރޭޑް ކްލަބް، ކްލަބް އޭވިއޭޝަން ސެކިއުރިޓީ އަދި ޓީމު ޑީޖީއޭ އެވެ.

މިރޭ ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގެ ގުރުއަތުލުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ފަހަރު ފެނަކަ އިން ނުކުންނާނީ ގައުމީ ފުޓްސަލް ޓީމުގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ)ގެ އިރުޝާދުގެ ދަށުންނެވެ. އަބޯ އަކީ މިދިޔަ ފަހަރު އާރްއާރްސީ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުގެ ކޯޗެވެ. ފެނަކަ ހިމެނެނީ މުބާރާތުގެ ތަށި ދެ ފަހަރު ހޯދި ޔުނައިޓެޑް ބީއެމްއެލް އާއި ޓީމު ސިވިލް ކޯޓު އަދި ކްލަބް އެއާޕޯޓްސްއާ އެކު ގްރޫޕް ޑީގަ އެވެ.

މިދިިިޔަ ފަހަރުގެ ރަނަރަޕް ޓީމު އެފްއެސްއެމް ގްރޫޕް އީގައި އޮތީ ސްޓެލްކޯ ކްލަބާއި ރާއްޖެ އޮންލައިން ކްލަބް އަދި ހޯމް އެފެއާޒްއާ އެކު އެވެ. މުބާރާތުގެ ތަށި ދެ ފަހަރު އުފާލާލާފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހިމެނެނީ ކަސްޓަމްސް އާއި ޔޫތު މިނިސްޓްރީ އަދި ކްލަބް އާސަންދައާ އެކު ގްރޫޕް އެފްގަ އެވެ.

ގްރޫޕް ޖީގައި އޮތީ މި ފަހަރު ވެސް ވަރުގަދަ ޗެލެންޖެއް ދޭނެ ކަމަށް ބެލެވޭ ކްލަބް އެޗްޑީސީގެ އިތުރުން ދިވެހި ސިފައިންގެ ކްލަބް، އެމްއެމްއޭ ސޯޝަލް ކްލަބް އަދި ކްލަބް ޓީޓީއެސް އެވެ. ގްރޫޕް އެޗްގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯގެ އިތުރުން ދެން އޮތީ ކްލަބް އިމިގްރޭޝަން، ޓީމު އެލައިޑް އަދި މުލިއާގެ ރެކްރިއޭޝަން ކްލަބް އެވެ.

މިރޭ ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގެ ގުރުއަތުލުމުގެ ތެރެއިން ކުރިއަށްދިޔަ ފްރީސްޓައިލް ހަރަކާތެއް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން މުބާރާތް، 18/30 ފުޓްސަލް ފިއެސްޓާގައި މި ފަހަރު ވާދަކުރަނީ ފަސް ޓީމެކެވެ. އެއީ ކްލަބް ޔޫތު މިނިސްޓްރީ، ކްލަބް ވެމްކޯ، ޓީމު ފެނަކަ، އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަން - އެމްޕީއެލް އަދި ދިވެހި ސިފައިންގެ ކްލަބް އެވެ. ފަސް ޓީމުގެ މެދުގައި ލީގު ބުރެއް ކުުޅުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެއް ފައިނަލަށް ދާނެ އެވެ.

ތަފާތު އެކި ހަރަކާތްތަކާ އެކު ރޭ ކްލަބް މޯލްޑިވްސްގެ ގުރުއަތުލުމުގެ އިވެންޓް ކުރިއަށްދިޔައިރު، މުބާރާތް ކިކޮފް ކުރުމުގެ ގޮތުން ހާއްސަ އިވެންޓެއް މި މަހު 30 ގައި އޮންނާނެ އެވެ. މުބާރާތުގެ މެޗުތައް ފަށާނީ އަންނަ މަހު އެއް ވަނަ ދުވަހު އެވެ.

މި ފަަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ސްޕޮންސަރުންނަކީ މައިލޯ، ސޮނީ ސްޕޯޓްސް، ޗެމްބާ ސްކެއާ އަދި އެލައިޑް އިންޝިއުރެންސް އެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "އަދަދު" އެވެ.

އިޖުތިމާއީ ޒިންމާ އަދާކުރުމުގެ ގޮތުން މި ފަހަރު ކްލަބް މޯލްޑިވްސް އިން ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާއިރު، އެކަމުގައި ބައިވެރިވާނީ މުބާރާތުގެ ސޯޝަލް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވާ ބީވިޒަމް (ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox