އިންޑިއާގެ މުސްލިމް ގްރޫޕެއްގެ 106 މެމްބަރުން ހައްޔަރު ކުރުމުން މައްސަލަ ހޫނުވެއްޖެ

ޕޮޕިއުލާ ފްރަންޓް އޮފް އިންޑިއާ މަނާ ކުރުމަށް ހިންދޫ ގްރޫޕްތަކުން ދަނީ ބާރު އަޅަމުން. -- ފޮޓޯ: ގެޓީ

ޕޮޕިއުލާ ފްރަންޓް އޮފް އިންޑިއާ މަނާ ކުރުމަށް ހިންދޫ ގްރޫޕްތަކުން ދަނީ ބާރު އަޅަމުން. -- ފޮޓޯ: ގެޓީ

ޕޮޕިއުލާ ފްރަންޓް އޮފް އިންޑިއާ (ޕީއެފްއައި) މުސްލިމް ގްރޫޕްގެ ގިނަ މެމްބަރުންތަަކެއް ހައްޔަރު ކުރުމުން މައްސަލަ ހޫނުވެއްޖެ އެވެ.

އެ ގްރޫޕާ ދެކޮޅު އޮޕަަރޭޝަން ހިންގީ އިންޑިއާގެ ޓެރަަރިޒަމް ހުއްޓުވާ ނޭޝަނަލް އިންވެސްޓިގޭޝަން އޭޖެންސީ (އެންއައިއޭ) އަދި މާލީ ކުއްތައް ހުއްޓުވާ އެންފޯސްމަންޓް ޑައިރެކްޓޮރޭޓް (އީޑީ) އިންނެވެ.

އިންޑިއާގެ 11 ސްޓޭޓެއްގައި ބުރާސްފަތި ދުވަހުގެ ހެނދުނު ހިންގި އޮޕަރޭޝަންގައި ޕީއެފްއައިގެ 106 މެމްބަރުން ހައްޔަރު ކުރި ކަމަށް ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) ނޫހުން ބުނެ އެވެ.

Advertisement

އެކަމާ ހެދި ޕީއެފްއައިގެ މެމްބަރުން ކެރަލާ އަދި ޓަމިލް ނާޑޫގައި މުޒާހަރާ ކުރި އެވެ. އެ ގްރޫޕުން ބުނީ ސަރުކާރުން އުޅެނީ އިދިކޮޅި ފިކުރު ފޮހެލައި އަޑު މަޑު ކުރަން ކަމަށެވެ.

އެންއައިއޭއިން ނެރުނު ބަޔާނެއްގައި ބުނީ ހައްޔަރު ކުރީ ތަފާތު ފަސް މައްސަލައަކާ ގުޅުން ހުރި 45 މީހުން ކަމަށެވެ. އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ ނަގުދު ފައިސާ އާއި ހަތިޔާރު އަދި ޑިޖިޓަލް ސާމާނު ވެސް ހިފެހެއްޓި އެވެ.

ޕީއެފްއައިއަކީ 2006 ވަނަ އަހަރު އުފެދުނު އަމިއްލަ ޖަމިއްޔާއެކެވެ. އެ ޖަަމިއްޔާއިން ބުނާ ގޮތުގައި އެ މީހުން ލަނޑުދަނޑިއަކީ ފަގީރުންގެ ހައްގުގައި މަސައްކަތްކޮށް، ހަމަހަމަކަން ގެނަައުމެވެ.

އެއީ 1992 ވަނަަ އަހަރު ބާބްރީ މިސްކިތް ތަޅާލުމުން ކެރަލާގައި އުފެދުނު ނޭޝަނަލް ޑެވެލޮޕްމަންޓް ފްރަންޓް (އެންޑީއެފް) އާއި އިތުރު ދެ ޖަމިއްޔާ ގުޅިގެން އުފެއްދި އާ ޖަމިއްޔާއެކެވެ.

މި ވަގުތު ޕީއެފްއައި އެންމެ ބޮޑަށް ފެތުރިފައި އޮތީ ކެރަލާ އަދި ކަަރްނާޓަކާގަ އެވެ. އެކަމަކު އިންޑިއާގެ 20 ސްޓޭޓުގައި އެ ގްރޫޕްގެ މެމްބަަރުން އުޅެ އެވެ.

ޕީއެފްއައިގެ ވެބްސައިޓުގަައިވާ ގޮތުން އިޖުތިމާއީ ހަމަހަމަކަން ގެނައުމަށް ސިޔާސަަތުތަކަށް ބަަދަލު ގެނެސް، ދާލިތު ކޮމިއުނިޓީ އާއި ގަބީލާ އަދި މައިނޯރިޓީ މީހުންގެ ހައްގުތައް ކަށަވަރު ކުރަން ޖެހެ އެވެ.

ދާލިތު ކޮމިއުނިޓީއަކީ ހިންދޫ ދީނުގެ ފަންތި ކުރުމުގެ ނިޒާމުގައި އޮންނަ އެންމެ ދަށް ފަންތި އެވެ. ގާނޫނު އަސާސީގެ ދަށުން ދާލިތު ކޮމިއުނިޓީއަށް ރައްކާތެރިކަން ފޯރުކޮށްދިން ނަަމަވެސް، އެ މީހުންނާ މެދު ލާއިންސާނީ އެތައް އަމަލެއް ހިންދޫއިން އަދިވެސް ހިންގަ އެވެ.

އެ މީހުންގެ ހައްގުތައް ހޯދަން ޕީއެފްއައިއިން އަމާޒު ކަނޑައެޅި ނަމަަވެސް، ސަރުކާރުން ވަނީ ޕީއެފްއައިއާ ދެކޮޅަށް ގިނަ ތުހުމަތުތަކެއްކޮށްފަ އެވެ. އެގޮތުން ބައިބައިވުން އުފައްދަން އުޅޭ ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

މިދިޔަ ޖޫން މަހު ރާޖަސްތާންގައި ހިންދޫ މީހެއްގެ ބޯބުރި ކުރުމުގައި ޕީއެފްއައިގެ މެމްބަރުން ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

އޭގެ އިތުރުން އިންޑިއާއަކީ އިސްލާމީ ގައުމަކަށް ހަދަން އެ ގްރޫޕުން ގެންގުޅޭ ފިކުރުމުގެ ލިޔުމެއް ބިހާރްގައި ދައުރުވި ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު ޕީއެފްއަައިއިން ބުނީ "އިންޑިއާ 2047: ޓުވޯޑްސް ރޫލް އޮފް އިސްލާމިކް އިންޑިއާ" ލިޔުމަކީ ބަޔަކު އުފެއްދި ފޭކު އެއްޗެއް ކަމަށެވެ.

އޭގެ އިތުރުން ދެ މަނާ ގްރޫޕާއި ޕީއެފްއައިއާ ގުޅުން އޮންނަ ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ. އެއީ ސްޓުޑެންޓްސް އިސްލާމިކް މޫވްމަންޓް އޮފް އިންޑިއާ (ސިމީ) އަދި އިންޑިއަން މުޖާހިދީން ގްރޫޕެވެ.

މި އަހަރުގެ ކުރީކޮޅު ކަރްނާޓަކާގެ ސްކޫލެއްގައި ކުދިން ބުރުގާ އެޅުން މަނާ ކުރުމުން މުޒާާހަރާ ކުރުމަށް ހިތްވަރު ދިނީ ޕީއެފްއައިއިން ކަމަށް އެ ސްޓޭޓުގެ ސަރުކާރުން ބުނެ އެވެ.

އިންޑިއާގައި ވެރިކަން ކުރާ ހިންދޫ ފިކުރުގެ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އާ ގުޅުން އޮންނަ ހިންދޫ ގްރޫޕްތަކުން ޕީއެފްއައި މަނާ ކުރުމަށް ޕްރެޝަަރު ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox