ނަސީބުވެރި ފަރާތަކަށް ވޯލްޑު ކަޕު ފައިނަލް މެޗުގެ ދެ ޓިކެޓު ލިބޭ، "ޕާފެކްޓް މެޗް" ޕްރޮމޯޝަން ރެޑްވޭވުން މިއަދު ފަށައިފިއެވެ.
ރެޑްވޭވްގެ ކޮންމެ ފިހާރައަކުން ވެސް ހައިސެންސް ބްރޭންޑްސް އުފެއްދުމެއް ގަންނައިރު، ބިލް 500ރ. އަށް ވަރު ބޮޑުވެއްޖެ ނަމަ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ މަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި ވޯލްޑު ކަޕްގެ ފައިނަލް މެޗްގެ ދެ ޓިކެޓްގެ އިތުރުން، ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް ހައިސެންސް ބުރޭންޑުގެ ޓީވީއެއް ލިބޭނެ އެވެ. ހައިސެންސަކީ ފީފާ ވޯލްޑުކަޕް 2022 ގެ އޮފިޝަލް ސްޕޮންސަރެވެ.

ޕްރޮމޯޝަންގައި ހައިސެންސް ޓީވީ އާއި ހައިސެންސް ބުރޭންޑުގެ އިތުރު އުފެއްދުންތަކުން ޑިސްކައުންޓު ލިބޭނެ އެވެ. އަދި އެހެން އިނާމުތައް ވެސް ލިބޭނެ އެވެ.
ފޮޓޯއެއް ނަގާލައިގެން ހައިސެންސް ބުރޭންޑުގެ 55 އިންޗިގެ ޓީވީއެއް ހޯދުމުގެ ފުރުސަތު މި ޕްރޮމޯޝަނުގެ ތެރެއިން ލިބޭނެ އެވެ. މި ޓީވީ ހޯއްދެވުމަށްޓަކައި ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަމޯލް ނުވަތަ ރެޑްވޭވް ޕެވިލިއަން ފިހާރަ ދޮރުމަތީގައި ހުރެ ފޮޓޯއެއް ނެގުމަށް ފަހު އިންސްޓަގުރާމް، ފޭސްބުކް ނުވަތަ ޓުވިޓާގައި ހޭޝްޓެގު ޖަހާލާފައި ޕޯސްޓުކޮށްލުމުން ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަނުގައި ހައިސެންސް ބުރޭންޑުގެ އެންމެ ފަހުގެ އުފެއްދުންތައް ވެސް ތައާރަފު ކުރާނެ އެވެ.









