އިންޑިއާ މީހަކު އައިފޯން 14 ގަންނަން ޑުބާއީއަށް ހިނގައްޖެ

ދީރަޖް ޕައްލިޔިލް ޑުބާއީއަށް ދިޔައީ އިންޑިއާގެ މާކެޓުގައި ފޯނު ރިލީޒް ކުރުމުގެ ކުރިން. -- ފޮޓޯ: ދީރަޖް ޕައްލިޔިލް

ދީރަޖް ޕައްލިޔިލް ޑުބާއީއަށް ދިޔައީ އިންޑިއާގެ މާކެޓުގައި ފޯނު ރިލީޒް ކުރުމުގެ ކުރިން. -- ފޮޓޯ: ދީރަޖް ޕައްލިޔިލް

އިންޑިއާގެ ކެރަލާ ސްޓޭޓުގެ މީހަކު އައިފޯނުގެ އެންމެ ފަހުގެ މޮޑެލް އަވަހަށް ގަތުމަަށް ޑުބާއީއަށް ދަތުރުކޮށްފި އެވެ.

ދީރަޖް ޕައްލިޔިލް މިދިޔަަ ހަަފްތާގައި ޑުބާއީއަށް ދިޔައީ އިންޑިއާގެ މާކެޓުގައި ފޯނު ރިލީޒް ކުރުމުގެ ކުރިން އެ ފޯނު ގަތުމުގެ ބޭނުމުގަ އެވެ.

އޭނާ ޑުބާއީއަށް ދިޔައީ 40،000 ރުޕީޒް ހޭދަކޮށްގެންނެވެ. އަދި އައިފޯން 14 ގަންނަން އިތުރު 129،000 ރުޕީޒް ހޭދަކުރި އެވެ.

އައިފޯނަކީ ގިނަ ބަޔެއްގެ މެދުގައި މަގްބޫލް ފޯނަކަށްވާ އިރު، އެންމެ ފަހުގެ މޮޑެލް އަވަހަށް ގަންނަން ގިނަ ފޭނުން މަސައްކަތް ކުރެ އެވެ.

އެގޮތުން އައިފޯން ގަންނަން ހަށިގަަނޑުގެ ގުނަވަންތައް ވިއްކިކަމުގެ ހަބަރުތަކާއި ފޯނު ނެރުމުގެ އެތައް ދުވަހެއް ކުރިން އެޕަލްގެ ފިހާރަތަކުގެ ބޭރުގައު ކިޔު ހެދުމުގެ ހަބަރުތައް ކުރިން ވެސް ރިޕޯޓުކޮށްފައިވެ އެވެ.

އުމުރުން 28 އަހަރުގެ ޕައްލިޔިލް ބުނީ އިންޑިއާގަައި ފޯނު ރިލީޒްކުމުގެ ކުރިން ފޯނު ގަންނަން، އޭނާާ މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ޑުބާއީއަށް ދިޔަ ކަމަަށެވެ.

އެންމެ ފުރަތަމަ ޑުބާއީއަށް ގޮސް އޭނާ ގަތީ 2017 ވަނަަ އަހަރުގެ އައިފޯން 8 އެވެ. އޭގެ ފަހުން 2019 އަދި 2021 ގައި ވެސް ފޯނުގެ އާ މޮޑެލް ގަންނަން ޑުބާއީއަށް ދަތުރު ކުރި އެވެ.

އޭނާ ބުނީ އިންޑިއާގައި ފޯނު ނެރެންދެން މަޑު ކުރަން ބޭނުން ނުވާ ކަމަށާއި، އެންމެ އަވަހަށް އާ ފޯނު ގަންނަން ލިބުމަަކީ އޭނާ ކުރާ ހިތްވާ ކަމެއް ކަމަށެވެ.

އޭނާ މި ފަހަރު އައިފޯން 14 ގަތީ ޑުބާއީގެ ޝޮޕިން މޯލަކުން ސެޕްޓެމްބަަރު 16 ގަ އެވެ. މީގެ ކުރިން އިންޑިއާގެ މާކެޓަށް އަައިފޯން ނެރެނީ ބައެއް އެހެން ގައުމުތަކުގައި ނެރޭތާ ދެ ހަފްތާ ފަހުންނެވެ.

އެހެން ނަމަަވެސް، އެއާ ހިލާފަށް އިންޑިއާގައި ވެސް މި ފަހަރު އެހެން ބައެއް ގައުމުތަކުގައި ލޯންޗުކުރިތާ ގަޑިއިރުތަކެއް ފަހުން އައިފޯނުގެ އާ މޮޑެލް ވިއްކަން ފެށި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox