އިނގިރޭސި ރާނީގެ ޖަނާޒާގައި ސައުދީ ވަލީ އަހުދު ބައިވެރިވެވަޑައިނުގަންނަވާނެ

ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން. -- ފޮޓޯ: ރޮއިޓާޒް

ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން. -- ފޮޓޯ: ރޮއިޓާޒް

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނައިގެ ޖަނާޒާގައި ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އިނގިރޭސި ފޮރިން އޮފީހުން ބުނެފި އެވެ.

ފޮރިން އޮފީހުގެ އޮފިޝަލަކާ ހަވާލަދީ ރޮއިޓާޒް ނޫހުން ބުނީ އެގޮތަށް ނިންމީ ސައުދީ އަރަބިއްޔާއިން ކަމަށެވެ. ވަލީ އަހުދަށް ޖަނާޒާގެ ދައުވަތު ފޮނުވުމުން އެކްޓިވިސްޓުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އެމެރިކާގެ ޖާސޫސީ އިދާރާއިން ބުނާ ގޮތުގައި 2018 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ހަޝޮގްޖީ މަރާލުމަށް އަމުރު ކުރެއްވީ ވަލީ އަހުދެވެ. ހަޝޮގްޖީ މަރާލީ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންޒިއުލޭޓް ތެރޭގައި ކަމަށާއި އޭނާގެ ހަށިގަނޑުތައް ގުނަވަންތައް ވަކިކުރި ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

ސައުދީ ވަލީ އަހުދާއި ސައުދީ ސަރުކާރުން އެ ތުހުމަތު ދޮގުކުރެ އެވެ. އޭގެ ފަހުން ހުޅަނގުގެ ގައުމުތަކާއި ސައުދީ ވަލީ އަހުދާ ދެމެދު އޮތް ގުޅުން ގޯސްވި އެވެ. ދެހާސް އަށާރަ ވަނަ އަހަރަށް ފަހު މިއަަދާ ހަމައަށް ވެސް ސައުދީ ވަލީ އަހުދު އިނގިރޭސިވިލާތަށް ދަތުރެއް ނުކުރައްވަ އެވެ.

ސައުދީ އެމްބަސީގެ ތަރުޖަމާނަކު ކުރިން ބުނީ މި ހަފްތާ ބަަންދުގައި ވަލީ އަހުދު ލަންޑަނަށް ވަޑައިގަންނަވާނެ ކަމަށެވެ. އެހެން ނަމަވެސް އިނގިރޭސި ފޮރިން އޮފީހުން ބުނީ ވަލީ އަހުދުގެ ބަދަަލުގައި ވަޑައިގަންނަވާނީ އަމީރު ތުރުކީ އަލް ފައިސަލް ކަމަށެވެ.

ސައުދީ ވަލީ އަހުދުގެ އިތުރުން ޗައިނާއަށް ދައުވަތު ދިނުމުން ވެސް ފާޑުކިޔުން އަމާޒުވި އެވެ. ޗަައިނާއިން ނިންމާފައި ވަނީ ރައީސް ޝީ ޖިންޕިންގެ ބަދަލުގައި ނައިބު ރައީސް ވާންގް ގިޝާން ދަތުރު ކުރެއްވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox