ޒުވާން ޓީމުގެ ތަޖުރިބާގެ ފައިދާ ކްލަބް ފުޓްބޯޅަ އަށް ވެސް ކުރާނެ: ހުމައިދު

Sep 18, 2022, 9:24 AM
ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކެޕްޓަން، ހުމައިދު.-- ފޮޓޯ: އަދަދު

ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކެޕްޓަން، ހުމައިދު.-- ފޮޓޯ: އަދަދު

މިދިޔަ ތިން މަހެއްހާ ދުވަސް ތެރޭ ގައުމީ 19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުން 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ހޯދި އިންޓަނޭޝަނަލް މެޗުތަކުގެ ތަޖުރިބާގެ ފައިދާ ރާއްޖޭގެ ކްލަބް ފުޓްބޯޅަ އިން ވެސް ފެންނާނެ ކަމަށް ޒުވާން ގައުމީ ޓީމުގެ ކެޕްޓަން، ހުމައިދު ހުސެއިން ބުނެފި އެވެ.

މިދިޔަ ޖުލައި މަހު އިންޑިއާގެ ބުބަނޭޝްވަރުގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވަނީ ބަންގްލަދޭޝް، ނޭޕާލް، ސްރީ ލަންކާ އަދި އިންޑިއާއާ ދެކޮޅަށް ކުޅެފަ އެވެ. ނޭޕާލް އަތުން 4-0 އިން ބަލިވިއިރު، ބަންގްލަދޭޝް އިން ރާއްޖެ ބަލިކުރީ 4-1 އިންނެވެ. ލަންކާ އާއި ރާއްޖެ 1-1 އިން އެއްވަރުވިއިރު، އިންޑިއާ އިން ރާއްޖެ ބަލިކުރީ ފަހު ވަގުތު ގޯލު ޖަހައި 1-0 އިންނެވެ.

ސައުދީ އަރަބިއްޔާގެ ދަންމާމުގައި މިހާރު ކުރިއަށްދާ އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގެ .ކޮލިފައިންގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި އުޒްބެކިސްތާން އަތުން ބަލިވީ 7-0 އިންނެވެ. ދެ ވަނަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން 11-0 އިން ބަލިވިއިރު، ތިން ވަނަ މެޗުގައި ޗައިނާ އަތުން ބަލިވީ 4-0 އިންނެވެ. ކޮލިފައިން ފަހު މެޗުގައި މިރޭ ރާއްޖޭން މިޔަންމާއާ ކުޅޭނެ އެވެ.

"މެޗަކަށް ފަހު މެޗެއް ޓީމު ވަރަށް ރަނގަޅަށް މަސައްކަތް ކޮށްގެން މި ދަނީ. ދެން، މާދަމާ މެޗު (މިރޭ މިޔަންމާއާ ކުޅޭ މެޗު) ނަގައިގެން މި މުބާރާތުގައި ފުލުގައި އޮވެ ނުނިންމާލަން ރަނގަޅު ފުރުސަތެއް މި އޮތީ ލިބިފައި. އެ މެޗު ނަގައިފިއްޔާ ފުލަށް ނުގޮސް އިންނާނީ. ސާފުގައި ވެސް އެންމެ ފުލަަށް ނުގޮސް އިދެވޭތޯ ޓީމުން ވަރަށް ހިތްވަރު ކުރި، މިހާރު ވެސް ޓީމު މި އޮތީ އެ ކިކްގައި،" މިރޭގެ މެޗުގެ ކުރިން ބޭއްވި އެންމެ ފަހުގެ ޕްރެކްޓިހަށް ފަހު ދިން އިންޓަވިއުއެއްގައި ހުމައިދު ބުންޏެވެ.

ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ ޓްރެއިނިން ސެޝަނެއްގެ ތެރެއިން ގައުމީ ޓީމުގެ ކެޕްޓަން ހުމައިދު.--- ފޮޓޯ: އަދަދު

މި ފަހަރުގެ ޒުވާން ގައުމީ ޓީމަކީ ފަހުގެ ތާރީހަށް ބަލާއިރު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި އެންމެ ގިނަ މެޗު ކުޅެފައި އައި ކުޅުންތެރިން ހިމެނޭ ޓީމެވެ. މި ފަހަރުގެ 19 އަހަރުން ދަށުގެ ޓީމުގައި ފުރަތަމަ ޑިވިޝަނުގެ ޓީސީ ސްޕޯޓްސް ކްލަބާއި، ކްލަބް އީގަލްސް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)، ކްލަބް ވެލެންސިއާ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ވެސް ހިމެނެ އެވެ.

ހުމައިދު ބުނީ މި މެޗުތަކަކީ ކުޅުންތެރިން ހުރި ލެވަލް ރަނގަޅުކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.

"އިންޓަނޭޝަނަލް މެޗުތަކަކީ ހަގީގަތުގައި ކުޅުންތެރިންނަށް ކްލަބް ފެންވަރަށް ވުރެން ވެސް ލިބޭ މާ މަތީ ފުރުސަތެއް. ކުޅެލަން ލިބޭނެ އެންމެ ބޮޑު ފުރުސަތު. މި ފުރުސަތުގެ ބޭނުން ކުޅުންތެރިން ހިފުމަކީ ކްލަބްތަކަށް ވެސް ފުޓްބޯޅަ އަށް ވެސް ފައިދާކުރާނެ ކަމެއް،" ހުމައިދު ބުންޏެވެ.

މި އަހަރު 20 އަހަރުން ދަށުގެ ދެ މުބާރާތެއް އޮތްއިރު، އަންނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ތިން ގޭމްސް އެއް އެބައޮތެވެ. އެއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)، ސައުތު އޭޝިއަން ގޭމްސް އަދި އޭޝިއަން ގޭމްސް އެވެ. ޒުވާން ގައުމީ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ދެކޭގޮތުގައި މިހާރު އޮތް 19 އަހަރުން ދަށުގެ ޓީމުގައި 23 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެވޭނެ ފެންވަރު ހުރި ކުޅުންތެރިން އެބަތިބި އެވެ.

"ކޯޗު އެ ބުނާހެން މަސައްކަތް ކޮށްގެން 23 އަހަރުން ދަށުގެ ގައުމީ ޓީމަށް އެރޭނެ ކުޅުންތެރިން މި ޓީމުގައި އެބަތިބި. އެ ކުދިންގެ މަސައްކަތް ބޭނުންވަނީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި މަސައްކަތް ކުރާ ކަމަށް ވެއްޖިއްޔާ ފުރުސަތު ދޭނެ،" ހުމައިދު ބުންޏެވެ.

"ލިބޭ ކުޑަވަގުތު ކޮޅުގެ ތެރޭގައި، ލިބޭ އެ ޗާންސްގައި ވެސް އެންމެ މުހިންމު ކަމަކީ އޭގެ ބޭނުންހިފުން. އެކަން ކޮށްގެން ޓީމަށް އެރޭތޯ ހުރިހާ ކުޅުންތެރިން ވެސް ޕްރެކްޓިހުގައި މަސައްކަތް ކުރަނީ. މުބާރާތެއްގައި މި ލިބެނީ ގާތްގަނޑަކަށް ހަތަރު ވަރަކަށް މެޗު، ލިބޭއިރު އެ ހަތަރު މެޗަށް ފުރިހަމަ އަށް ތައްޔާރުވެ، ރަނގަޅު ކާމިޔާބެއް ހޯދަން އެންމެން ގުޅިގެން މަސައްކަތް ކުރުން އޮތީ،"

މިޔަންމާ އާއި ރާއްޖޭގެ ޒުވާން ގައުމީ ޓީމު ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox