ސައުދީ ވަލީ އަހުދަށް ޖަނާޒާގެ ދައުވަތު ފޮނުވުމުން އެކްޓިވިސްޓުންގެ ނުރުހުން

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނަ އާއި ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން. -- ފޮޓޯ: ގެޓީ

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނަ އާއި ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން. -- ފޮޓޯ: ގެޓީ

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނައިގެ ޖަނާޒާއަށް ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާނަށް ދައުވަތު ފޮނުވުމުން އެކްޓިވިސްޓުން ނުރުހުން ފާޅުކޮށްފި އެވެ.

އެމެރިކާގެ ޖާސޫސީ އިދާރާއިން ބުނާ ގޮތުގައި 2018 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ހަޝޮގްޖީ މަރާލުމަށް އަމުރު ކުރެއްވީ ވަލީ އަހުދެވެ. ހަޝޮގްޖީ މަރާލީ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންޒިއުލޭޓް ތެރޭގައި ކަމަށާއި އޭނާގެ ހަށިގަނޑުތައް ގުނަވަންތައް ވަކިކުރި ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

ސައުދީ ވަލީ އަހުދާއި ސައުދީ ސަރުކާރުން އެ ތުހުމަތު ދޮގުކުރެ އެވެ. އޭގެ ފަހުން ހުޅަނގުގެ ގައުމުތަކާއި ސައުދީ ވަލީ އަހުދާ ދެމެދު އޮތް ގުޅުން ގޯސްވި އެވެ. ދެހާސް އަށާރަ ވަނަ އަހަރަށް ފަހު މިއަަދާ ހަމައަށް ވެސް ސައުދީ ވަލީ އަހުދު އިނގިރޭސިވިލާތަށް ދަތުރެއް ނުކުރައްވަ އެވެ.

އެހެން ނަމަވެސް ސައުދީ އެމްބަސީގެ ތަރުޖަމާނަކު ބުނީ މި ހަފްތާ ބަަންދުގައި ވަލީ އަހުދު ލަންޑަނަށް ވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު ސެޕްޓެމްބަރު 19 ގައި އޮންނަ ރާނީގެ ޖަނާޒާގައި ސީދާ ބައިވެރިވެވަޑައިގަންނަވާނެކަން ސާފެއް ނޫނެވެ.

ހަޝޮގްޖީގެ ލޯބިވެރިޔާ ހަތީސޭ ގެންގިޒް ވަނީ ވަލީ އަހުދަށް އިނގިރޭސިވިލާތުން ދައުވަތު ފޮނުވުމުން ނުރުހުން ފާޅުކޮށްފަ އެވެ. އޭނާ ގޮވާލީ ވަލީ އަހުދު ލަންޑަނުން ހައްޔަރު ކުރެއްވުމަށެވެ.

ކެމްޕެއިން އަގެއިންސްޓް ދަ އާމްސް ޓްރޭޑް ގްރޫޕުން ވެސް ބުނީ މި ދަތުރުފުޅުގެ ނާޖައިޒް ބޭނުންކޮށް، ސައުދީ އަރަބިއްޔާގެ އިންސާނީ ހައްގުތަކުގެ ރެކޯޑް "ދޮވެލަން" އުޅޭނެ ކަމަށެވެ.

ހުޅަނގުގެ ގައުމުތަކުގެ ފާޑުކިޔުން ވަލީ އަހުދަށް އަމާޒުވި ނަމަވެސް، އެމަނިކުފާނު ގެންދަވަނީ ސަައުދީ އަަރަބިއްޔާއަށް ގިނަ އިސްލާާހީ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ސިނަމާތައް ހުޅުވައި އާއްމުންގެ މުނިފޫހިފިލުވޭނެ ގޮތްތައް ވަނީ ތައާރަފުކޮށްފަ އެވެ.

އޭގެ އިތުރުން އަންހެން ރައްޔިތުންނަށް ކާރު ދުއްވުމުގެ ހައްގު ދީފައިވާ އިރު، ބޮޑެތި ކުޅިވަރު އަދި މިޔުޒިކް ފެސްޓިވަލްތައް ސައުދީ އަރަަބިއްޔާގައި ބޭއްވުމަށް ވެސް މިހާރު ހުއްދަ ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox