ލުބްނާންގެ ބޭންކުތަކުގައި މީހުން ރަހީނުކުރުން އާދަޔަކަށް ވަނީ

ލުބްނާންގެ ބޭންކުގައި ބަޔަކު ރަހީނުކުރި ސެލީ ހާފިޒް (މ) ނަމަކަށް ކިޔާ އަންހެނެއް. -- ފޮޓޯ: އީޕީއޭ

ލުބްނާންގެ ބޭންކުގައި ބަޔަކު ރަހީނުކުރި ސެލީ ހާފިޒް (މ) ނަމަކަށް ކިޔާ އަންހެނެއް. -- ފޮޓޯ: އީޕީއޭ

ލުބްނާންގެ ވެރިރަށް ބެއިރޫތުގެ ބޭންކެއްގައި ބަޔަކު ރަހީނުކޮށް، އަމިއްލަ އެކައުންޓްގައި ފްރީޒްކޮށްފައި ހުރި ޑޮލަރުތައް ދިނުމަށް ޑިމާންޑްކޮށްފި އެވެ.

އެކަން ކުރީ ހަތިޔާރު ހިފައިގެން ހުރި އަންހެނެކެވެ. އޭނާގެ އެކައުންޓުގައި ހުރި ޑޮލަރު ދިނުމަށް ޑިމާންޑް ކުރީ ދައްތަގެ ސިއްހީ ފަރުވާއަށް ފައިސާ ބޭނުންވާތީ ކަމަށް ބުންޏެވެ.

ރިޕޯޓުތައް ބުނާ ގޮތުން ފުލުހުން އައުމުގެ ކުރިން ކުޑަ ދޮރުން ނިކުމެ އޭނާ ބޭންކުން ދިޔައީ އެކައުންޓުގައި ހުރި 13،000 ޑޮލަރު ދިނުމުންނެވެ. އޭނާ ހައްޔަރު ކުރި ކަމެއް ނޭނގެ އެވެ.

ބޭންކަށް ވަދެ ހިނގި ހާދިސާގެ ވީޑިއޯ، އަންހެން މީހާ އަމިއްލައަށް ވަގުތުން އާއްމުކުރި އެވެ. އޭނާ ބުނީ ޑިމާންޑް ކުރަނީ އޭނާާގެ ހައްގު ހޯދަން ކަމަށެވެ.

"އަހަރެން މިއީ ސެލީ ހާފިޒް. އަހަރެން މިއަދު މި އައީ އަހަރެންގެ ދައްތަގެ ފައިސާ ނަގަން. ދައްތަ އޮތީ ހޮސްޕިޓަލުގައި މަަރު އެނދުގައި."

"އަހަރެން މި އައީ ބަޔަކު މަރާކަށް ނޫން. ހުޅު ޖަހާކަށް ނޫން. އަހަރެން މި އައީ އަހަރެންގެ ހައްގު ހޯދަން،" އެ އަންހެން މީހާ ވީޑިއޯގައި ބުންޏެވެ.

ސެލީ ހާފިޒްގެ މަންމަ އަލްޖަދީދް ޓީވީއަށް ބުނީ އެގޮތަށް އަމަލު ކުރީ މަޖުބޫރުވެގެން ކަމަށާއި އެ ފައިސާ ނަގަން ޖެހުނީ ހަގު ދަަރިފުޅުގެ ކެންސަރު ފަރުވާއަށް ކަމަށެވެ.

އޭގެ ފަހުން އެހެން ސިޓީއެއްގެ ބޭންކެއްގައި ވެސް ބަޔަކު ރަހީނުކޮށް، އަމިއްލަ އެކައުންޓުގައި ހުރި ޑޮލަރު ދިނުމަށް ފިރިހެނަކު ޑިމާންޑް ކުރި ކަމަށް ވެ އެވެ.

ރޮއިޓާޒް ނޫހުން ބުނީ އެ ފިރިހެން މީހާގެ އެކައުންޓްގައި ހުރި 30،000 ޑޮލަރު އޭނާއަށް ދިން ކަމަށާއި އޭނާ އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވި ކަމަަށެވެ.

އިގްތިސާދީ ކާރިސާއާ ގުޅިގެން ލުބްނާންގައި މާލީ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، ބޭންކުތަކުން މީހުން ރަހީނުކޮށްގެން އަަމިއްލަ އެކައުންޓުން ޑޮލަރު ނެގުމުގެ ހާދިސާތައް ދަނީ އިތުރުވަމުންނެވެ.

ލުބްނާން ފައިސާގެ އަގު ވަރަަށް ބޮޑަށް ވެއްޓިފައިވާ އިރު، 2019 އިން ފެށިގެން ބޭންކުން ނަގުދު ފައިސާ ހޯދުމަކީ ދަތި ކަމެކެވެ. މިހާރު ލުބްނާންގެ 80 ޕަސެންޓް މީހުން ދިރިއުޅެނީ ފަގީރުކަމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox