ހަކަތައިގެ ކާރިސާ ހައްލު ކުރަން އީޔޫގެ ޕްލޭނެއް އިއުލާންކޮށްފި

އީޔޫގެ ޗީފް އުރްސުލާ ވޮން ޑެ ލެޔެން. -- ފޮޓޯ: ރޮއިޓާޒް

އީޔޫގެ ޗީފް އުރްސުލާ ވޮން ޑެ ލެޔެން. -- ފޮޓޯ: ރޮއިޓާޒް

ޔޫރަޕްގެ ގައުމުތަކަށް ދިމާވެފައިވާ ހަކަތައިގެ ކާރިސާ ހައްލު ކުރުމަށް ކަރަންޓު ބޭނުން ކުރުން މަދުކޮށް، ހަކަތައިގެ ކުންފުނިތަކުން ވަގުތީ ޓެކްސް ނަގަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޗީފް އުރްސުލާ ވޮން ޑެ ލެޔެން ގޮވާލައްވައިފި އެވެ.

ޔޫރަަޕިއަން ޕާލިމެންޓުގައި އުރްސުލާ ވިދާޅުވީ ފެބްރުއަރީ މަަހު ފެށި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ގޭހާއި ކަރަންޓުގެ އަގު ރެކޯޑް މިންވަރަށް މަތިވި ކަމަށެވެ.

އޭނާ ގޮވާލެއްވީ އާއްމުކޮށް އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ "ޕީކް" ގަޑިތަކުގައި ކަރަންޓު ބޭނުން ކުރާ މިންވަރު މަދުވެގެން ފަސް ޕަސެންޓުން ކުޑަ ކުރުމަށެވެ.

Advertisement

އެހެން ނަމަވެސް ރަޝިއާއިން އީޔޫއަށް އެކްސްޕޯޓް ކުރާ ގޭހުގެ އަގު ކޮންޓްރޯލް ކުރަަން ރޭވި ރޭވުން މަޑުޖައްސާލާފައިވާ ކަމަށް ވިދާޅުވި އެވެ.

ތެލާއި ގޭސް އަަދި ބޯޓު ދެލި ވިއްކާ ކުންފުނިތަކަށް މި ދަނޑިވަޅުގައި އިތުރަށް ލިބޭ އާމްދަނީއިން "ވިންޑްފޯލް" ޓެކްސް ނަގަން އީޔޫއިން ވަނީ ރާވާފަ އެވެ.

އެ ޓެކްސްގެ ގޮތުގައި 141 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވޭ އިރު، އެ ފައިސާ ހޭދަކުރާނީ އީޔޫގެ 27 މެމްބަރު ގައުމުގެ އާއިލާތަކާއި ވިޔަފާރިތަކުގެ ހާލަތު ރަނގަޅު ކުރުމަށެވެ.

އީޔޫގެ މެމްބަރު ގައުމުތަކުން އެ ޕްލޭނާ މެދު ވިސްނުމަށް ފަހު، މި މަސް ނިމުމުގެ ކުރިން އެއްބަސްވުމަކަށް ދާން މަސައްކަތް ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox