މެމްބަރުންގެ އަދަދު ކަނޑައެޅޭނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން: ސައީދު

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ސައީދު މިއަދު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅޭނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ސައީދު މިއަދު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅޭނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމަކީ ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަމެއް ކަމަށާއި އެހެންވީމާ އެއީ ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ކަމެއް ކަމަށް، މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާބާދީ އިތުރުވާ ނިސްބަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިތުރުވާ ގޮތަށް، ގާނޫނު އަސާސީގައި އޮތް އޮތުން ބަދަލުކޮށް، މިހާރު ތިބި އަދަދުގައި ހިފަހައްޓަން، މާމިނގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ. އެ ބިލަށް މިހާރު ކުރަމުން އަންނަ ބަހުސްގައި ސައީދު ވިދާޅުވީ މަޖިލީހުގެ އެކުލެވޭ ގޮތް ކަނޑައެޅުމަކީ މަޖިލީހުގެ މެމްބަރުންނަށް އޮތް ބާރެއް ނޫން ކަމަށެވެ.

"މީގައި [ގާނޫނު އަސާސީގައި] އެބަ ބުނޭ އިއްޒަތްތެރި ރައީސް، ރައްޔިތުންނާ ގުޅުން ހުރި ކަމެއް ނިންމާ ނަމަ ، ރައްޔިތުންނާ ގުޅޭ މުހިއްމު ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއް ނަަގަން ވާނޭ. މެމްބަރުންގެ ފޯމޭޝަން އަށް ބަދަލު ގެންނަނީ، ފުރަތަމައިނުން ކީއްވެގެންތޯ، އެއީ ސުވާލަކީ. ބަދަލު ގެންނަ ކަމަށް ވަންޏާ މިތާ ތިބި މަޖިލިސް މެމްބަރުންގެ ހައްގެ ނޫނޭ އެއީ އިއްޒަތްތެރި ރައީސް، މި މަޖިލީހުގެ ކަންކަން އޮންނާނެ ގޮތުގެ އާޚިރު ގޮތް ނިންމުމަކީ،" ސައީދު ވިދާޅުވި އެވެ.

މެމްބަރުންގެ އަަދަދު މިހާރު އޮތް ވަރުގައި ހިފަހައްޓަން ގާނޫނު އަސާސީއަށް ބަދަލު ގެންނަން ގާސިމް ހުށަހެޅުއްވި ބިލާ ދެކޮޅަށް ސައީދު ވާހަކަދެކެވި ނަމަވެސް އިދިކޮޅު ބައެއް އެހެން މެމްބަރުން އެ ބިލަށް ތާއީދު ކުރެއްވި އެވެ.

މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ވިދާޅުވީ އެ ބިލަށް ތާއީދުކުރައްވާ ކަމަށާއި އެހެން ނަމަވެސް އެ ބިލު ހުށަހެޅުއްވުމުގައި ގާސިމްގެ އިހުލާސްތެރިކަމެއް ހުރި ނަމަ ބިލު ހުށަހަޅުއްވާނީ ކޯލިޝަން ޕާޓީތަކާ މަަޝްވަރާ ކުރައްވައިގެން ކަމަށެވެ.

"[ގާސިމް] ސަރުކާރުގެ ތެރޭގައި، ސަރުކާރުގެ ބޮޑު ޕޯޝަނެއް ނަގައިގެން ހުންނެވި އިރުގައި ސަރުކާރާ ގުޅިގެން މި ބިލު ގެނެސްގެން އިހުލާސްތެރިކަމާ އެކު މިކަން ކުރަން އުޅޭ ނަމަ މިކަން ވެސް ވާނެ،" ތޯރިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ 66 މެމްބަރުން އެ ބިލާ ދެކޮޅުކަން މަޖިލީހުގައި މިއަދު ކުރި ބަހުސުން އެނގޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox