އިންޖީނުގޭ ބިމުން ކުލި ނަގާނަމަ ގެއްލުންވާނީ ރައްޔިތުންނަށް: ފެނަކަ

Sep 11, 2022, 7:29 AM
ރޭ ބޭއްވި ބައްދަލުވުމުގައި ފެނަކައިގެ އެމްޑީ ސައީދު-- ފޮޓޯ: ޝާފިއު/ ޓްވިޓާ

ރޭ ބޭއްވި ބައްދަލުވުމުގައި ފެނަކައިގެ އެމްޑީ ސައީދު-- ފޮޓޯ: ޝާފިއު/ ޓްވިޓާ

ފެނަކަ އިންޖީނުގެ ހިންގާ ބިންތަކުން ކުލި ނަގަން ފަށައިފި ނަމަ އެ ކަމުގެ ގެއްލުން ރައްޔިތުންނަށް ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެހެން ވިދާޅުވީ ލ. ގަމުގައި މިހާރު ކުރިއަށްދާ "ވިއަވަތި" ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގަ އެވެ.

"ފެނަކައިން ހިންގާ އިންޖީނު ގެއިންނާއި އޮފީހުން ބިމު ކުލި ނަގަން ތިބޭފުޅުން ހިޔާލުފާޅު ކުރަމުންދާއިރު ކޮބައިތޯ ބޭނުމަކީ، ސިއްހީ މަރުކަޒާއި ހޮސްޕިޓަލާއި ހަމަ އެބޭފުޅުން ވެސް އާސަންދަ މެދުވެރިކޮށް ބޮޑު ޗާޖެއް ކޮށްލާނެ ޑޮކްޓަރަށް ދެއްކެވިޔަސް،" ބިމުން ކުލި ނުނަގާ ކަމުގެ ކަންބޮޑުވުން ކައުންސިލަރަކު ފާޅުކުރެއްވުމުން ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ކުލި ނަގަން ފަށައިފި ނަމަ ކަރަންޓު ބިލަށް އޭގެ އަސަރު ކުރާނެ އެވެ. އަދި، އެކަމުގެ ނޭދެވޭ އަސަރު ކުރާނީ ރައްޔިތުންނަށް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ސަރުކާރުގެ އަމާޒަކީ ވިހާ ވެސް ކުޑަ އަގެއްގައި ކަރަންޓު ހިދުމަތް ދިނުން ކަން ފާހަގަކުރައްވައި ސައީދު ވިދާޅުވި ފެނަކަ އަކީ ފެނަކައަކީ "ސާވިސްއެއް ޕްރޮވައިޑްކޮށްދޭ ކުންފުންޏެއް" ކަމަށާއި ވިޔަފާރި ކުރާ ކުންފުންޏެއް ނޫން ކަމަށެވެ.

އޭގެ އިތުރުން، ކުލި ނެގުމުން ލިބޭ ފައިދާއަށް ވުރެ ބޮޑު ފައިދާއެއް ރަށްރަށުގައި ފެނަކައިން އުފައްދާ ވަޒީފާތަކުގެ ސަބަބުން ލިބޭނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"..ސަރުކާރުގެ ސިޔާސަތަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް، ލިބެން އޮތް މަދު ވަސީލަތްތައް ބޭނުންކޮށްގެން ވަޒީފާގެ ފުުރުސަތުތައް އިތުރުކުރުން،" ސައީދު ވިދާޅުވި އެވެ.

އެގޮތުން މަދު ބަޔަކު ލައިގެން ކުރެވިދާނެ މަސައްކަތްތައް ގިނަ މުވައްޒަފުން ނަގައިގެން ކުރަނީ ވެސް ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox