އިގްތިސާދީ ކާރިސާއެއްގެ ރިސްކެއް ރާއްޖެއަށް މިވަގުތު ނެތް: ވޯލްޑް ބޭންކް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ތިބި ޓޫރިސްޓުންތަކެއް. ފަތުރުވެރިކަން ރަނގަޅުވުމުގެ ސަބަބުން ރާއްްޖޭގެ އިގްތިސާދަށް ކުރާ އަސަރުތައް ވެސް ވަނީ ކުޑަވެފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ތިބި ޓޫރިސްޓުންތަކެއް. ފަތުރުވެރިކަން ރަނގަޅުވުމުގެ ސަބަބުން ރާއްްޖޭގެ އިގްތިސާދަށް ކުރާ އަސަރުތައް ވެސް ވަނީ ކުޑަވެފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އިގްތިސާދީ ކާރީސާއަކާ މިވަގުތު ކުރިމަތިލާން ޖެހުމުގެ ރިސްކެއް ރާއްޖެއަށް ނެތް ކަމަށާއި އެހެން ނަމަވެސް އެފަދަ ހާލަތަކަށް ކުރިއަށްއޮތް ދުވަސްތަކުގައި ނުދިޔުމަށް ފިޔަވަޅުތަކެއް އެޅުމަށް ވޯލްޑް ބޭންކުން ލަފާދީފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު ރިޕޯޓު އެ ބޭންކުން ވަނީ އާންމުކޮށްފަ އެވެ. ބޯހިޔާވަހިކަމާއި، ޕެންޝަނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތް މި ރިޕޯޓުގައި ވަނީ އެސެސްކޮށްފަ އެވެ.

"ރާއްޖެ އޮތީ ކާރިސާއެއްގެ ރިސްކެއްގައި ނޫން މިވަގުތު. ނަމަވެސް، ކުރިއަށްއޮތް ތަނުގައި އެފަދަ ކާރިސާއަކާ ކުރިމަތިނުލުމަށް އާމްދަނީ އިތުރުކޮށް، ދަރަނި މެނޭޖުކުރަން ގިނަ ކަންކަން ކުރަން ޖެހޭ،" ވޯލްޑް ބޭންކުން ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ބުންޏެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ 34 ޕަސެންޓު ދަށްވުމަށް ފަހު އަނެއްކާ ވެސް ވަނީ އިގްތިސާދީ ހާލަތު ރަނގަޅުވާން ފަށާފަ އެވެ. ޔޫކްރެއިން ހަނގުރާމައާ އެކު އެ ހިސާބުން އަންނަ ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް އިގްތިސާދީ ކުރިއެރުން ފެންނަނީ ރަނގަޅަށް ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

"އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަމަކީ މިވަގުތަށް އެޅިދާނެ ރަނގަޅު ފިޔަވަޅުތަކެއް. އިތުރަށް ވަސީލަތްތައް ހޯދާ ސަބަބުތަކާއި އެ ވަސީލަތްތައް ބޭނުންކުރާ ގޮތްތަކާއި ގުޅޭގޮތުން ހާމަކަން ބޮޑުގޮތެއްގައި ޖަވާބުދާރީވާން ޖެހޭ،" ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވޯލްޑް ބޭންކުން ބުންޏެވެ.

އެއްވެސް މަޝްރޫއެއް ހުއްޓާނުލައި ކުރިއަށްގެންދާނެކަން ސަރުކާރުން ހާމަކޮށްފައިވާއިރު ވޯލްޑް ބޭންކުން ވަނީ އާމްދަނީ އިތުރުކުރުމަށް ލޯނު ނެގުމުގެ ބަދަލުގައި ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ރޭޓު ބޮޑުކުރުމަށް އިރުޝާދު ދީފަ އެވެ.

ޕަބްލިކް އެކްސްޕެންޑިޗާ ރިވިއުގައި ވަނީ ހަރަދުތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ހުށަހަޅާފަ އެވެ. އަދި، ހަރަދު ކުރާއިރު އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ލިބޭނެ ގޮތަށް ކަންކަން ރޭވުމަށް ވޯލްޑް ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ތަރައްގީގެ މަޝްރޫއުތަކަށާއި އެހެނިހެން ކަންކަމަށް ދިވެހި ދައުލަތުން ނަގާފައިވާ ލޯނުތަކަށް 2026 ގައި އެއް ބިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭނެ ކަމަށް ވޯލްޑް ބޭންކުން މީގެކުރިން ހާމަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox