ކެނެޑާ ހަމަލާ: ތުހުމަތު ކުރެވޭ ދެ ވަނަ މީހާ ހައްޔަރު ކުރި ފަހުން މަރުވެއްޖެ

މައިލްސް ސެންޑާޒް ހައްޔަރު ކުރި ސަރަހައްދުގައި ފުލުހުންގެ ކާރުތައް. -- ފޮޓޯ: ގެޓީ އިމޭޖާޒް

މައިލްސް ސެންޑާޒް ހައްޔަރު ކުރި ސަރަހައްދުގައި ފުލުހުންގެ ކާރުތައް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ކެނެޑާގައި އާދީއްތަަ ދުވަަހު ވަޅިން ހަމަލާދީ 10 މީހުން މަރާލިކަމުގެ ތުހުމަތު ކުރެވޭ ދެ ވަނަ މީހާ ހައްޔަރު ކުރި ފަހުން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އުމުރުން 32 އަހަރުގެ މައިލްސް ސެންޑާސަން ހައްޔަރު ކުރީ އޭނާގެ ކާރު ފަހައި ފުލުހުންގެ އުޅަނދުތައް ދުއްވައި، ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ހައްޔަރު ކުރި ފަހުން "ސިއްހީ އެމެޖެންސީއެއް ދިމާވެ" އޭނާ މަަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު ތަަފްސީލް ހާމައެއް ނުކުރެ އެވެ.

އެހެން ނަމަވެސް ނަން ހާމަނުކުރާ ފުލުހުންގެ އޮފިޝަލަކު ފަހުން ބުނީ އޭނާ މަަރުވީ އަމިއްލަ ހަށިގަނޑަށް ދިން ޒަހަމްތަކަކާ ގުޅިގެން ކަމަށެވެ.

ކެނެޑާގެ ސަސްކަޗެވަން ޕްރޮވިންސްގައި ދިން ހަމަލާތަކުގައި 18 މީހުންނަށް އަނިޔާވި އެވެ. އޭގެ ތެރެއިން 10 މީހުން އަދިވެސް ތިބީ ހޮސްޕިޓަލުގަ އެވެ. ތިން މީހުންގެ ހާލު ގޯހެވެ.

އާދީއްތަ ދުވަހު ތަފާތު 13 ސަރަހައްދެއްގައި ވަޅިން ހަމަލާ ދިން ސަބަބު ސާފެއް ނޫނެވެ. ތުހުމަތު ކުރެވެނީ މައިލްސް އާއި އޭނާގެ ބޭބެ ޑޭމިއެން ސެންޑާސަން އަށެވެ.

އެ ދެބެއިންނާއި މަރުވި އަދި އަނިޔާވި ގިނަ މީހުން ވެސް ނިސްބަތް ވަނީ ޖޭމްސް ސްމިތް ކްރީ ނޭޝަން ސަރަހައްދަށެވެ. ޑޭމިއެން މަރުވެފައި އޮއްވާ ފުލުހުންނަށް ފެނުނީ ހޯމަ ދުވަހު އެވެ.

އޭނާ މަރުވީ މައިލްސްގެ ސަބަބުންތޯ ބެލުމަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ޑޭމިއެންގެ ހަށިގަނޑުގައި ހުރީ އޭނާ އަމިއްލައަށް ކުރި ޒަހަމްތަކެއް ކަަމަށް ނުބެލެވޭ ކަމަށް ފުލުހުން ކުރިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox