އަހަރުގެ ޗިއާ ސީޑް މޫސުން ފެށިއްޖެ، މި ކިޔައިދެނީ ފައިދާތަކާއި ބޭނުންކުރާނެ ގޮތް

Sep 10, 2022, 3:40 AM
އަހަރުގެ ޗިއާ ސީޑް މޫސުން ފެށިއްޖެ، މި ކިޔައިދެނީ ފައިދާތަކާއި ބޭނުންކުރާނެ ގޮތް

ޗިއާ ސީޑްގެ މަގުބޫލުކަން އަނެއްކާވެސް ބޮޑުވެއްޖެ އެވެ.

ގާތްގަނޑަކަށް ދިވެހި ހުރިހާ ފިހާރައެއްގެ ހަރުގަނޑުތަކުން ޖާގަ ހޯދައި، ނާސްތާއަށް ތައްޔާރުކުރާ ޕާނާއި ބަނަހާއި މީލްގައި ވެސް މި ޗިއާ ސީޑެއް ހިމެނި ގިނަވަމުން ފުރެމުންދާތާ މިހާރު ތިން ހަތަރު އަހަރު ވަނީ އެވެ.

ސިއްހީ ފައިދާތައް ގިނަކަމުން ކޮންމެ މީހަކަށް ވެސް ކޮންމެވެސް މިންވަރެއް އެނގެ އެވެ. އެކަމަކު ކޮންމެ އަހަރަކު ހުމެއް ފެތުރޭހެން ޗިއާ ސީޑްގެ މަގުބޫލުކަން މާ ބޮޑަށް ގަދަވެ، ސިއްހީ ފައިދާތައް ނަގާ ކިޔާ ދުވަސްވަރެއް އާދެ އެވެ. މި އަހަރުގެ އެ ދުވަސްވަރު މިއޮތީ ލައިގެންފަ އެވެ. ޓިކްޓޮކްގައި ވެސް އެންމެ ނަގާކިޔަނީ ޗިއާ ސީޑްގެ ފައިދާ ތަކެވެ. ކެއުމުގައި ބޭނުންކުރާނެ މޮޅު ތަފާތު ގޮތްތަކެވެ.

Advertisement

ޒަމާންތަކާ އެކު ޗިއާ ސީޑް ގެ ދައުރުވުމަށް ބަދަލު އަޔަސް، އިއްޒަތާއި ޝަރަފަށް އުނިކަމެއް ނާދެ އެވެ.

ކުދީނާ އާއިލާ އަށް ނިސްބަތްވާ ގަހެއްގައި އުފެދޭ ޗިއާ ސީޑްގެ މަގުބޫލުކަން އިތުރުވެގެން އައީ، އޭގައި ހިމެނޭ ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ މާއްދާތަކާއި، ޕްރޮޓީންގެ މުއްސަނދިކަމާއި، ގިނަ އަދަދެެއްގެ އެހެން ސިއްހީ ފައިދާތައް މީހުންނަށް އެނގި ނަތީޖާ ފެންނަން ފެށުމުންނެވެ.

މަގުބޫލުކަމާ އެއްވަރުގެ ފައިދާތަކެއް ހިމެނޭތަ؟

ޗިއާ ސީޑަކީ ބަލިތަކަށް ޝިފާއެއްގެ ނުވަތަ ބަރުދަން ލުއިކުރުމަށް މުޖައްރިބު ގޮވާމަކަށް ނުވެދާނެ އެވެ. އެކަމަކު އިންތިހާ އަށް ސިއްހީ ގިނަ ފައިދާތަކެއް އޭގައި ހިމެނޭ ކެއުމެކެވެ.

އެހެން ނަމަވެސް، އާދަޔާ ހިލާފަށް ޗިއާ ސީޑް ބޭނުންކުރުމަކީ ރައްކާތެރިގޮތެއް ނޫނެވެ. ބޭނުންކުރާ މިންވަރާ މެދު ސަމާލުވުމަށް ޑައިޓީޝަނުންނާއި ނިއުޓްރިޝަން އެކްސްޕާޓުން ލަފާދެ އެވެ.

މިސާލަކަށް، ފެނަށް ލައި ފޯކުރުމެއް ނެތި، އޮށް ހުރި ގޮތަށް ހުހަށް ކެއުމަކީ އެދެވޭ ގޮތެއް ނޫނެވެ. މިގޮތަށް ބޭނުންކުރުމުން ހަޖަމުގެ ނިޒާމުގެ މައްސަލަތައް ދިމާވެދާނެ އެވެ.

އޭގެ ބަދަލުގައި، ފެނަށް ނުވަތަ ޕްލާންޓް-ބޭސްޑް މިލްކް (އާމަންޑް މިލްކް، ސޯއީ މިލްކް) ގައި ފޯ ކުރަން އިރުގަނޑަކު ބެހެއްޓުމަށްފަހު ބުއިމާއި، ޗިއާ ސީޑް ހިމުންކޮށް ފުނޑައިގެން ފިހެގެން ކާ ޒާތުގެ ކާނާގެ ތެރޭގައި ހިމަނައިގެން ބޭނުންކުރުމާއި، ސްމޫތީ ފަދަ ޖޫހާއި، ޕުޑިންގެ ތެރެއަށް އަޅައިގެން ވެސް ބޭނުންކުރެވިދާނެ އެވެ. އިސްކަންދޭންވީ، ވީހާވެސް ބޮޑަށް ފޯކޮށްގެން ކެއުމަށެވެ.

ސިއްހީ ފައިދާތައް

ޗިއާ ސީޑު ހިމަނައިގެން މުޅި ޑައިޓް ދުޅަހެޔޮ ޑައިޓަކަށް ނުހެދިދާނެ އެވެ. އަދި މޭވާ އާއި ތަރުކާރީން ލިބޭ ފައިދާތައް އެ މިންވަރަށް ނުދީފާނެ އެވެ. އެކަމަކު، ޗިއާ އަކީ މުހިއްމު ގިނަ ސިއްހީ ފައިދާތަކެއް އޭގެއިން ހާސިލްކުރެވިދާނެ ގޮވާމެކެވެ.

ޗިއާ ސީޑްގައި ފެޓީ އެސިޑް ގިނައިން ހުރޭ

ޗިއާ ސީޑްގައި އަކީ އޮމެގާ 3 މުއްސަނދި ގޮވާމެކެވެ. އޮމެގާ 3 އަކީ އަލްފާ ލިނޮލެނިކް ނަމަކަށް ކިޔާ ފެޓީ އެސިޑެކެވެ. މިއީ ހިތުގެ މައްސަލަތަކުން ރައްކާތެރިކަން ލިއްބައިދޭ މާއްދާ އެކެވެ.

ގަސްގަހުން ލިބޭ ކާނާގެ ތެރެއިން އެންމެ ގިނަ އަދަދަކަށް އޮމެގާ 3 ލިބޭ އެކައްޗަކީ ވެސް ޗިއާ ސީޑެވެ. އެންމެ ސާވިންގް އަކުން (ގާތްގަނޑަކަށް ދެ މޭޒުމަތީ ސަމްސާ) އިން ދުވާލަކަށް ހަށިގަނޑަށް ލިބެންޖެހޭކަމަށް ޔޫއެސް ނެޗަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ކަނޑައަޅާފައިވާ މިންގަޑުގެ ދެގުނަ އަށް އޮމެގާ 3 ލިއްބައިދޭނެ އެވެ.

ފައިބާ އިން މުއްސަނދި

އެއްފަހަރާ ބޭނުންކުރަން އެންމެ ރަނގަޅު މިންގަނޑު (ޗިއާ ސީޑްގެ ދެ މޭޒުމަތީ ސަމްސާ) ގައި ގާތްގަނޑަކަށް 10 ގްރާމްގެ ޑައިޓްރީ ފައިބާ ހިމެނެ އެވެ. އެއީ އާފަލަކުން ލިބޭ ފައިބާގެ ދެގުނަ މިންވަރެވެ.

ފައިބާ އިން މުއްސަނދި ކެއުންތަކުން މައިދާ އާއި ހަޖަމުގެ ނިޒާމަށް ލުއި ފަސޭހަ ލިބެ އެވެ.

ފައިބާ ގިނައިން އެކުލެވޭ ކެއުމަކަށް ވާތީ ޗިއާ ސީޑް ކެއުމުން ބަނޑުހައި ނުވެ ގިނަ އިރު ހިފަހައްޓައިދެ އެވެ. ހާއްސަކޮށް އޮށްތައް ވީހާވެސް ބޮޑަށް ފޯކޮށްގެން ކެއުމުން އަސަރު ބޮޑަށް ހުރެ އެވެ.

އެންޓިއޮކްސިޑެންޓްސް ހިމެނޭ

އެންޓި އޮކްސިޑެންޓްސްގެ ތެރޭގައި ހިމެނޭ މާއްދާތައް ގިނައިން އެކުލެވޭތީ، ހަށިގަނޑުގެ ސެލްތައް ހަލާކުވާ މިންވަރު ވެސް ދަށްކުރުމަށް އެހީވެދޭނެ އެވެ. އެހެންކަމުން ޑައިޓްގައި ގަވާއިދުން މަދު މިންވަރެއް ހިމެނުމުން ވެސް މީގެ ފައިދާ ދެމިހުންނާނެ އެވެ.

ޕްރޮޓީންސް ލިއްބައިދޭ

ޗިއާ ސީޑްގެ އެއް އެޑްވާންޓޭޖަކީ، ގްލުޓެން ފްރީ، އަދި މަޗް ބޭނުން ނުކުރާ ތަރުކާރީ ޑައިޓް ބޭނުންކުރާ މީހުންނަށް ވެސް ހަށިގަނޑަށް ބޭޏުންވާ ޕްރޮޓީން ލިއްބައިދޭނެ ކާނާއަކަށް ވުމެވެ.

ސޯޔާ ބީން އާއި ކިނޯއާ ފަދަ ކެއުންތަކާ އެއްވަރަށް ޕްރޮޓީން ނުހިމެނުނަސް، މަހުގެ ބަދަލުގައި ބޭޏުންކުރުމަށް ވެސް އެންމެ ރަނގަޅު ސަބްސްޓިޓިއުޓެކެވެ.

މިހާރު ސޯޝަލްމީޑިއާ ގައި އެންމެ މަޝްހޫރުވެގެން އުޅޭ އެއް ޗިއާ ސީޑް ޑައެޓްރީ ޓްރެންޑަކީ ޗިއާ ސީޑް "އިންޓާނަލް ޝަވާ" އެވެ. މިއީ، ފެނުގެ ތެރެއަށް ޗިއާ ސީޑް ފޯކުރުމަށްފަހު، އޭގެ ތެރެއަށް ލުނބޯ ހޮތް އަޅައިގެން ބުއިމެވެ. މިއީ ހަަޖަމުގެ ނިޒާމަށް "ކްލެންސިން" ފަރުވާ އެއްގެ ގޮތުގައި ބޭޏުންކުރާ މީހުން ސިފަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox