އިންޑިއާ އެއްބައިވަންތަ ކުރަން ރާހުލް ގާންދީ 3،570 ކިލޯމީޓަރަށް ހިންގަވަނީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ. -- ފޮޓޯ: އީޕީއޭ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ. -- ފޮޓޯ: އީޕީއޭ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ގައުމުގެ އެއްކޮޅުން އަނެއްކޮޅަށް 3،570 ކިލޯމީޓަރަށް ހިނގަން ނިންމަވައިފި އެވެ.

"އިންޑިއާ އެއްބައިވަންތަ ކުރަން" ފައިމަގުގައި ފަށާ މި ދަތުރުގައި އިދިކޮޅު ކޮންގްރެސް ޕާޓީގެ 100 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެ އެވެ.

މި ދަތުރުގައި އިންޑިއާގެ 12 ސްޓޭޓް ހުރަސްކޮށް، 3،570 ކިލޯމީޓަރުގެ ސަރަހައްދަކަށް ހިނގާފައި ދާން ޖެހޭ އިރު، ދަތުރު ފުރިހަމަ ކުރަން ފަސް މަސް ނަގާނެ އެވެ.

Advertisement

ރާހުލްގެ މި ދަތުރުގައި ދުވާލުގެ ވަގުތު ހޭދަކުރައްވާނީ އާއްމުންނާ ބައްދަލުކުރުމަށެވެ. އަދި ރޭގަނޑުގެ ނިދުން އިންތިޒާމުކޮށްފައިވަނީ ޓެންޓު ފަދަ ވަގުތީ ހިޔާތައް ޖަހައިގެނެވެ.

މި ދަތުރު ވެބްސައިޓެއް މެދުވެރިކޮށް ލައިވްސްޓްރީމް ކުރަން ހަމަޖެހިފައިވާ އިރު، ދަަތުރުގެ މަގްސަދު ހާމަކުރާ ލަވަތަައް ވެސް ޖަހާނެ އެވެ.

"ބާރަތު ޖޯޑޯ ޔަތްރާ" ނުވަތަ އިންޑިއާ އެއްބައިވަަންތަ ކުރާ ހިނގާލުމަކީ ހަގީގަތުގައި ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އަށް ޓާގެޓް ކުރާ ސިޔާސީ ކެމްޕެއިނެކެވެ.

މީގެ ކުރިން ވެސް އިންޑިއާގެ ސިޔާސީ ބޭފުޅުން މިފަދަ ކެމްޕެއިންތައް ހިންގެވި އެވެ. އެގޮތުން 1983 ވަނަ އަހަރު އޭރުގެ އިދިކޮޅު ލީޑަރު ޗަންދްރަ ޝޭކަރް ހަ މަހުގެ ދަތުރެއްގައު 4،000 ކިލޯމީޓަރު ހިންގެވި އެވެ.

އޭގެ ފަހުން 1990 ވަނަ އަހަަރު ބީޖޭޕީގެ ލީޑަރު އެލްކޭ އަޑްވާނީ ވެސް އެފަަދަ ކެމްޕެއިނެއް ފެއްޓެވި އެވެ. އެއީ ކުޑަ ޓްރަކެއްގައި 10،000 ކިލޯމީޓަރު ދަތުރު ކުރެއްވުމަށެވެ. އެ ދަތުރު ފެއްޓިތާ މަހެއް ނުވަނީވެސް އަޑްވާނީ ހުއްޓުވައި ހައްޔަރު ކުރި އެވެ.

ތާރީހީ ގޮތުން އެންމެ ފާހަގަކުރެވެނީ އިނގިރޭސި އަޅުވެތިކަމާ ދެކޮޅަށް 1930 ވަނަަ އަހަަރު މަހާތުމާ ގާންދީ ކުރެއްވި 380 ކިލޯމީޓަރުގެ ހިނގާލުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox