ބެން ސްޓިލާ އާއި ޝޯން ޕެން ރަޝިއާއަށް އެތެރެވުން މަނާކޮށްފި

ބެން ސްޓިލާ (ކ) އަދި ޝޯން ޕެން. -- ފޮޓޯ: އޯޒް އަރަބް

ބެން ސްޓިލާ (ކ) އަދި ޝޯން ޕެން. -- ފޮޓޯ: އޯޒް އަރަބް

ހޮލީވުޑްގެ ދެ އެކްޓަރުން ކަމުގައިވާ ބެން ސްޓިލާ އާއި ޝޯން ޕެން ރަޝިއާއަށް އެތެރެވުން މަނާކޮށް "ސްޓޮޕް ލިސްޓުގައި" ހިމަނައިފި އެވެ.

ސްޓޮޕް ލިސްޓުގައި ހިމެނޭ ބައެއް އެހެން ފަރާތްތަކަކީ އެމެރިކާގެ ރައީސް ޖޯ ބައިޑެން، އިނގިރޭސި ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން އަދި އެކްޓަރު މޯގަން ފްރީމަން އެވެ.

ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރަޝިއާ އާއި ހުޅަނގުގެ ގައުމުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ސްޓޮޕް ލިސްޓެއް އިއުލާން ކުރުން ހިމެނެ އެވެ.

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއާ ގުޅުން އޮތް ބޮޑެތި މަހުޖަނުން ހުޅަނގުގެ ސްޓޮޕް ލިސްޓުގައި ހިމެނެ އެވެ.

ހޯމަ ދުވަަހު ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުގެ ސްޓޮޕް ލިސްޓުގައި އިތުރު 25 މީހުން ހިމަނާފައިވާ ކަމަށެވެ. އެއީ އެކްޓަރުންނާއި ވިޔަފާރިވެރިންނާއި ސަރުކާރުގެ އޮފިޝަލުންނެވެ.

ބެން ސްޓިލާ އާއި ޝޯން ޕެން މީގެ ކުރިން ވަނީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއަށް ފާޑުކިޔައިފަ އެވެ. ސްޓިލާ ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާ ވެސް ބައްދަލުކޮށްފަ އެވެ.

މިދިޔަ ޖޫން މަހު ޔޫކްރެއިންގެ ވެރިރަށް ކިޔެވްއަަށް ކުރި ދަތުރުގައި ޒެލެންސްކީއާ ބައްދަލުކުރުމަށް ފަހު ސްޓިލާ ބުނީ އެއީ އޭނާގެ "ހީރޯ" ކަމަށެވެ.

ބެން ސްޓިލާ އާއި ޒެލެންސްކީ.
ބެން ސްޓިލާ އާއި ޒެލެންސްކީ.

ބެން ސްޓިލާ އާއި ޒެލެންސްކީ.

އެކްޓަރު ޝޯން ޕެންއަކީ ވެސް ސިޔާސީ އެކި ކަންކަމުގައި ހަރަކާތްތެރި މީހެކެވެ. އޭނާ ވަނީ ޔޫކްރެއިން ހަނގުރާމައާ ގުޅޭ ޑޮކިޔުމެންޓްރީއެއް ހަދަން މަސައްކަތްކޮށްފަ އެވެ.

ޔޫކްރެއިންގައި އެ ފިލްމުގެ މަސައްކަތް ކުރަން އުޅުމަށް ފަހު، ހަނގުރާމަ ގޯސްވާން ފެށުމުން އޭނާ ޔޫކްރެއިނުން ފޭބީ މިދިޔަ މާޗް މަހު އެވެ.

ޕެން ފަހުން ބުނީ ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރަން ޔޫކްރެއިންގެ ފައުޖާ ގުޅުމަށް ވަރަށް ސީރިއަސްކޮށް ވިސްނި ކަމަށެވެ.

ރަޝިއާގެ ސްޓޮޕް ލިސްޓުގައި މިހާރު 1،073 މީހުން ހިމެނޭ އިރު، އެމެރިކާގެ ފިލްމު ޑިރެކްޓަރު ރޮބް ރެއިނާ ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox