މިނިކާވަގެއްގެ ހަމަލާއިން ތުއްތު ދަރިފުޅު ސަލާމަތްކުރި މަަންމައަށް ސީރިއަސް އަނިޔާތަކެއް

އަރްޗަނާ ޗައުދަރީއަށް ހޮސްޕިޓަލްގައި ފަރުވާދެނީ. -- ފޮޓޯ: ބީބީސީ

އަރްޗަނާ ޗައުދަރީއަށް ހޮސްޕިޓަލްގައި ފަރުވާދެނީ. -- ފޮޓޯ: ބީބީސީ

މިނިކާވަގެއްގެ ހަމަލާއިން 15 މަހުގެ ތުއްތު ދަރިފުޅު ސަލާމަތް ކުރަަން އުޅެނިކޮށް، އިންޑިއާގެ މަދްޔަ ޕްރަދޭޝް ސްޓޭޓުގައި އަންހެނަަކަށް ސީރިއަސް އަނިޔާތަަކެއް ލިބިއްޖެ އެވެ.

ދަރިފުޅު ސަލާމަތް ކުރަން އަރްޗަނާ ޗައުދަރީ މިނިކާވަގާ ދެކޮޅަށް ނިކުތީ ހުސް އަތާ އެވެ. އަވަށުގެ މީހުން ނިކުމެ އެހީވެދިނީ އޭނާގެ ހަޅޭކުގެ އަޑު އިވުމުންނެވެ.

އަރްޗަނާ އާއި އޭނާގެ ތުއްތު ފިރިހެން ދަރިފުޅަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ކުރަމުންނެވެ.

ޑޮކްޓަރުން ބުނީ އަރްޗަނާގެ ފުއްޕާމެއަށް ގެއްލުންވެ، ފުން ޒަހަަމްތަކެއް ލިބިފައިވާ ކަމަށެވެ. އޭނާގެ ހާލު ގޯހެވެ. ތުއްތު ކުއްޖާގެ ބޮލަށް ލިބުނު ޒަހަމްތައް ސީރިއަސް ނޫން ކަމަށް ޑޮކްޓަރުން ބުންޏެވެ.

އެ ހާދިސާ ހިނގީ އާދީއްތަ ދުވަހު ބަންދަވްގަރް މިނިކާވަގު ރިޒާވް ކައިރީގަ އެވެ. މިނިކާވަގުތައް ދިރިއުޅެން ހާއްސަ އެފަދަ ރިޒާވްތައް ކައިރީގައި ދޭތެރެ ދޭތެރެއިން މިފަދަ ހާދިސާތައް ހިނގަ އެވެ.

މިނިކާވަގުގެ އިތުރުން ބޮޑެތި އެތް ވެސް އަވަށްތަކަށް ވަދެ، މުދަލާއި ދަނޑުތަކަށް ގެއްލުންދޭ ކަމަށް ވެ އެވެ. އިންޑިއާގެ ހުރިހާ ހިސާބެއްގައި ވެސް ވަލު ޖަނާވާރާއި އިންސާނުންގެ ކުރިމަތިލުންތައް ވަނީ އިތުރުވެފަ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގަައި އެގޮތަށް ދިމާވަނީ އިންސާނުން ރަށްފުށުގެ ދިރިއުޅުން ދޫކޮށް، ޒަމާނީ ވަސީލަތްތައް ބިނާ ކުރަން ފެށުމުން، ޖަނަވާރުތަކުގެ ގުދުރަތީ މާހަައުލު ނެތިގެން ދާތީ ކަމަށެވެ.

ގުދުރަތީ މާހައުލު ނެތިގެން ދިޔުމުން، ކާބޯތަކެއްޗާއި ހިޔާވަހިކަން ހޯދަން ވަލު ޖަނަވާރުތައް އަވަށްތަކުގެ ތެރެއަށް ވަނުން އިތުރު ވަނީ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox