ކެރަލާގައި ކުއްތާއެއް ދަތް އަޅައިގެން ކުއްޖަކު މަރުވުމުން މައްސަލަ ބޮޑުވެއްޖެ

އިންޑިއާގައި 15.3 މިލިއަން ވަގު ކުއްތާ އުޅޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގައި 15.3 މިލިއަން ވަގު ކުއްތާ އުޅޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގެ ކެރަލާ ސްޓޭޓުގައި ވަގު ކުއްތާއެއް ދަތް އަޅައިގެން ފަރުވާ ކުރަނިކޮށް 12 އަހަރުގެ އަންހެން ކުއްޖަކު މަރުވުމުން މައްސަލަ ބޮޑުވެއްޖެ އެވެ.

އަބިރާމީގެ ގައިގައި ކުއްތާއެއް ދަތް އެޅީ އޯގަސްޓް މަހު އެވެ. އޭނާ ހޮސްޕިޓަލުގައި މަރުވީ ހޯމަަ ދުވަހު އެވެ. އެއީ މި އަހަރު ކެރަލާގައި ކުއްތާ ދަތް އެޅުމުން، ރޭބީޒްއަަށް ފަރުވާ ކުރަނިކޮށް ރިޕޯޓު ކުރި 21 ވަނަ މަރެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރޭބީޒްއާ ދެކޮޅަށް ވެކްސިންގެ ތިން ޑޯޒް ޖަހައި، ހަތަރު ވަނަ ޑޯޒް ޖެހުމަށް އެ ކުއްޖާ ދިޔައީ ތައްޔާރުވަމުންނެވެ.

Advertisement

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ ރޭބީޒްއަކީ އިންޑިއާގައި އެންޑެމިކް ނުވަތަ ދޭތެރެ ދޭތެރެއިން ފެންނަ އިންފެކްޝަނެއް ކަމަށެވެ.

މުޅި ދުނިޔޭގައި ރޭބީޒް ޖެހިގެން މަރުވާ މީހުންގެ 36 ޕަސެންޓް ނިސްބަތް ވަނީ އިންޑިއާ އަށެވެ. އެއީ ރޭބީޒް ޖެހިފައި ހުރި ޖަނަވާރެއް ދަތް އެޅުމުން ކުރިމަތިވާ ވައިރަލް އިންފެކްޝަނެކެވެ.

ރޭބީޒްގައި ސިކުނޑި އާއި މައިބަދަ ދުޅަވެ ވަރަށް އަވަހަށް މީހާގެ ހާލު ގޯސްވެ، މަރުވާން މަގުފަހިވެ އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ކޮންމެ އަހަރަކު ވެސް އިންޑިއާާގައި ރޭބީޒް ޖެހިގެން 18،000 އާއި 20،000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވާ ކަމަށެވެ.

އެހެން ނަމަވެސް ޖަނަވާރުތަކުގެ ހައްގަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ބުނީ ޑަބްލިއުއެޗްއޯ އާއި އިންޑިއާާ ސަރުކާރުގެ ތަފާސްހިސާބު ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.

ވަގު ކުއްތާ ނުވިހާ ގޮތް ހެދުމާއި އެއަށް ކާން ދީ ހެދުމުގެ މައްސަލައިގައި އިންޑިއާގައި ހިޔާލު ތަފާތުވުން ވަރަށް ބޮޑެވެ.

އޯގަސްޓް މަހު އިންޑިއާގެ މިނިސްޓަރަކު ޕާލިމެންޓުގައި ވިދާޅުވީ 15.3 މިލިއަން ވަގު ކުއްތާ އެ ގައުމުގައި އުޅޭ ކަމަށެވެ. އެއީ 2017 އާ އަޅާ ބަލާއިރު 10 ޕަސެންޓުގެ ވެއްޓުމެކެވެ.

ކެރަލާގައި 290،000 ވަގު ކުއްތާ އުޅޭ އިރު، މަގުތަކުގައި އުޅޭ ވަގު ކުއްތާ މަދު ކުރަން އެ ސްޓޭޓުގައި ގިނަ ކެމްޕެއިންތަކެއް ހިންގާފައިވެ އެވެ.

އެގޮތުން 2016 ގައި ކުއްތާ ދަތް އެޅުން އިތުރުވެ، ވަގު ކުއްތާ މެރުމަށް ހިންގި ކެމްޕެއިނަކާ ގުޅިގެން އެކްޓިވިސްޓުން ނުރުހުން ފާޅުކުރި އެވެ.

އެ ސްޓޭޓުގައި އަނެއްކާވެސް މި މަައްސަލަ ބޮޑުވެފަައިވާާ އިރު، ވަގު ކުއްތާއާ ދެކޮޅަށް ފިޔަަވަޅު އެޅުމުގެ ހުއްދައަށް އެދި އިންޑިއާ ސަަރުކާރުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައެއްގެ އަޑުއެހުން އަންނަ ހުކުރު ދުވަހު އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox