ކެނެޑާގައި ވަޅިން ހަމަލާދީ 10 މަރު، ތުހުމަތު ކުރެވޭ ދެ މީހުން ހޯދަނީ

ހަމަލާ ދިން ސަރަހައްދުގައި ފޮރެންސިލް އިންވެސްޓިގޭޓަރުން. -- ފޮޓޯ: ރޮއިޓާޒް

ހަމަލާ ދިން ސަރަހައްދުގައި ފޮރެންސިލް އިންވެސްޓިގޭޓަރުން. -- ފޮޓޯ: ރޮއިޓާޒް

ކެނެޑާގައި ވަޅިން ހަމަލާދީ 10 މީހުން މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށް އެބަގެންދެ އެވެ.

ތުހުމަތު ކުރެވެނީ ޑޭމިއެން ސެންޑާސަން އަދި މައިލްސް ސެންޑާސަން އަށެވެ. އެ މީހުންގެ އަތުގައި ހަތިޔާރު ހުރި ކަމަށް ބެލެވެ އެވެ.

އެ މީހުންގެ ޝިކާރައަކަަށްވި 10 މީހުން ފެނުނީ 13 ސަރަހައްދަކުންނެވެ. މިއީ ކެނެޑާގައި ހިންގި މިފަދަ އެންމެ ބޮޑު އެއް އަނިޔާވެރި އަމަލެވެ.

Advertisement

ވަޅީގެ ހަމަލާތަަކުގައި އިތުރު 15 މީހުންނަށް އަނިޔާވެފައިވާ އިރު، ފުލުހުން އެދިފައި ވަނީ އޮޕަރޭޝަން ކުރިއަށްގެންދާ އިރު އާއްމުން ސަމާލުވެ ތިބުމަށެވެ.

ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ ހަމަލާތަކާ ގުޅިގެން ހިތާމަ ކުރާ ކަަމަށާއި އެކަމުގެ ޒިންމާ އުފުލަން ޖެހޭ މީހުން އިންސާފުގެ ކުރި މައްޗަށް ގެންނާނެ ކަމަށެވެ.

ތުހުމަތު ކުރެވޭ ދެ މީހުން އެންމެ ފަހުން ފެނުނީ އާދީއްތަ ދުވަހުގެ މެންދުރު އެވެ. އެ މީހުން ދަތުރު ކުރަނީ ކަޅު ކުލައިގެ ނިސާން ރޯގް ކާރެއްގައި ކަމަށް ބެލެވެ އެވެ.

ތުހުމަތު ކުރެވޭ ދެ މީހުން.
ތުހުމަތު ކުރެވޭ ދެ މީހުން.

ތުހުމަތު ކުރެވޭ ދެ މީހުން.

އުމުރުން 31 އަހަރުގެ ޑޭމިއެން ސެންޑާސަން އާއި 30 އަހަރުގެ މައިލްސް ސެންޑާސަންއާ ގުޅޭ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ހަމަލާ ދިން ކަމަށް ބެލެވޭ ސަބަބާ ގުޅޭ ގޮތުން ވެސް ވަކި އެއްޗެއް ފުލުހުން ނުބުނެ އެވެ. އެކަމަކު މިއީ މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމެއް ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox