އާސެނަލްގެ މޮޅުވުމުގެ ރެކޯޑަށް ޔުނައިޓަޑުން ނިމުން ގެނެސްފި

Sep 4, 2022, 6:07 PM
ލަނޑު ޖެހުމަށް ފަހު އެންތަނީ އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

ލަނޑު ޖެހުމަށް ފަހު އެންތަނީ އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

މެންޗެސްޓާ (ސެޕްޓެމްބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 3-1 އިން މެންޗެސްޓާ ޔުނައިޓަޑް އަތުން ބަލިވެ، މި ސީޒަންގައި އާސެނަލް އިން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ނިމުން އަތުވެއްޖެ އެވެ.

ޔުނައިޓަޑްގެ ދަނޑުގައި މިރޭ ކުޅުނު މެޗަށް ނުކުތުމުގެ ކުރިން އާސެނަލް ވަނީ މި ސީޒަންގައި ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. އާސެނަލްގެ މައްޗަށް މިރޭ ހޯދި މޮޅާއެކު، ޔުނައިޓަޑްް ވަނީ ލީގުގައި ޖެހިޖެހިގެން ހަތަރު މޮޅު ހަމަކޮށްފަ އެވެ.

މިރޭ ބަލިވި ނަމަވެސް އާސެނަލް އޮތީ ލީގުގެ އެއް ވަނައިގަ އެވެ. އެއީ ހަ މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް ޓޮޓެންހަމަށް ވެސް ހަ މެޗުން ވަނީ 14 ޕޮއިންޓް ލިބިފަ އެވެ. ހަަތަރު ވަނައިގައި އޮތް ބްރައިޓަން އަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް މިރޭގެ މޮޅާ އެކު ފަސް ވަނައިގައި އޮތީ 12 ޕޮއިންޓް ހޯދައިގެންނެވެ.

Advertisement

އާސެނަލުން މިރޭ ގަބްރިއެލް މާޓިނެލީގެ ގޯލުން ލީޑުނެގި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އެ ގޯލު ބަލައިނުގަންނާށެވެ. އެއީ އެ އެޓޭކް ފެށިއިރު، އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ޔުނައިޓެޑްގެ ކްރިސްޓިއަން އެރިކްސަން އަށް ފައުލުކޮށްފައިވާތީ އެވެ.

ޔުނައިޓެޑްގެ ރަޝްފޯޑް (ކ) އާސެނަލް ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

މެޗުގެ 35 ވަނަ މިނިޓުގައި ޔުނައިޓަޑަށް ލީޑު ނަގައިދިނީ އެ ޓީމުގެ ޖޯޒީގައި ފުރަތަމަ ފަހަރަށް ކުޅެން ނުކުމެ ހުރި ބްރެޒިލްގެ ވިންގް، އެންތަނީ އެވެ. އަޔަކްސް އިން 94 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގައި ޔުނައިޓަޑަށް މިދިޔަ ހަފުތާގައި ބަދަލުވި އެންތަނީ ވަނީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ގޯލުގެ ދުުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން، އާސެނަލް އިން ޔުނައިޓަޑް ފަހަތަށް ޖައްސާލައި، ގޯލު ޖެހުމަށް އިތުރު މަސައްކަތްތަކެއް ކުރި އެވެ. ނަތީޖާ އަކަށްވީ މެޗުގެ 60 ވަނަ މިނިޓުގައި ބުކާޔޯ ސާކާ ލަނޑެއް ޖަހައި، އާސެނަލް އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނުމެވެ.

އެކަމަކު، އޭގެ ހަ މިނިޓުގައި ފަހުން، ކައުންޓާ އެޓޭކެއްގައި ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތުގެ ބޭނުން ހިފައި، ޔުނައިޓަޑްގެ ފޯވަޑް މާކަސް ރަޝްފޯޑް ވަނީ އެ ޓީމަށް ދެ ވަނަ ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.

މެޗުގެ 75 ވަނަ މިނިޓުގައި ޔުނައިޓަޑްގެ ތިން ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ރަޝްފޯޑެވެ. ކައުންޓާ އެޓޭކެެއްގައި ދެ ވަނަ ފަހަރަށް އާސެނަލްގެ ޑިފެންސް ފޫއަޅުވާލައި، ޔުނައިޓަޑް އިން އުފެއްދި ފުރުސަތުގައި ރަޝްފޯޑަށް މުޅިން ހުސްކޮށްލައިފައި އޭރިޔާ ތެރެއިން ގޯލު ޖެހުމަށް ޕާސް ދިނީ އެރިކްސަން އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބްރައިޓަން ވަނީ ލެސްޓާ ސިޓީ އަތުން 5-2 އިން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު، ތާވަލްގެ ފުލުގައި އޮތް ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސް އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox