ޓާޓާގެ ކުރީގެ ޗެއާމަން، ބިލިއަނަރު ސައިރަސް މިސްޓްރީ އެކްސިޑެންޓެއްގައި މަރުވެއްޖެ

ބިލިއަނަރު ސައިރަސް މިސްޓްރީ. -- ފޮޓޯ: ރޮއިޓާޒް

ބިލިއަނަރު ސައިރަސް މިސްޓްރީ. -- ފޮޓޯ: ރޮއިޓާޒް

ޓާޓާ ކުންފުނީގެ ކުރީގެ ޗެއާމަން އަދި ބިލިއަނަރު ސައިރަސް މިސްޓްރީގެ މަރަކީ ވިޔަފާރި ދުނިޔެއަށް "ބޮޑު ގެއްލުމެއްގެ" ގޮތުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ސިފަކުރައްވައިފި އެވެ.

ސައިރަސް މިސްޓްރީ މަރުވީ އާދީއްތަ ދުވަހު މުމްބާއީއަށް ދަތުރު ކުރަނިކޮށް ކާރު އެކްސިޑެންޓެއްގަ އެވެ.

ހުޅަނގު މަހަރާޝްތްރަ ސްޓޭޓުގެ ފުލުހުން ބުނީ ސައިރަސް މިސްޓްރީގެ އިތުރުން އެހެން މީހަކު ވެސް މަރުވި ކަމަށާއި ދެ މީހުންނަށް އަނިޔާވި ކަމަށެވެ.

މަރުވި އިރު އުމުރުން 54 އަހަރުގެ މިސްޓްރީ ޓާޓާގެ ޗެއާމަންކަމުން ވަކިކުރީ 2016 ވަނަ އަހަރު، އޭނާގެ ހިންގުންތެރިކަމެއް ނެތް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

މިސްޓްރީ ޗެއާމަންކަމަށް އައީ ރަތަން ޓާޓާ އެ މަގާމުން ވަކިކުރުމަށް ފަހުގަ އެވެ. ނަމަވެސް އޭގެ ހަތަރު ފަހުން މިސްޓްރީގެ ބަދަލުގައި އެ މަގާމަށް އަނެއްކާވެސް އައީ ރަތަން ޓާޓާ އެވެ.

ޓާޓާގެ ޗެއާމަންގެ މައްސަލަ އިންޑިއާގެ އެންމެ މަަތީ ކޯޓާ ހަމައަށް ގެންދިޔަ އެވެ. އެކަމަކު އެ ކޯޓުން ނިންމީ މިސްޓްރީއާ ދެކޮޅަށެވެ.

ޓާޓާއަކީ 100 އަށް ވުރެ ގިނަ ގައުމުގައި އޮޕަރޭޓް ކުރާ އިންޑިއާގެ އެންމެ ބޮޑު ކުންފުންޏެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 130 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބުނެވެ.

ހޮނިހިރު ދުވަހު ކާރު އެކްސިޑެންޓުގައި މިސްޓްރީ މަރުވުމުން ބޮޑު ވަޒީރު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސްޓްރީއަަކީ "އިންޑިއާގެ އިގްތިސާދީ ގާބިލްކަން ގަބޫލުކޮށްގެން ކުރިއަށް ދިޔަ ވިޔަފާރި ލީޑަރެއް" ކަމަށެވެ.

މަހަރާޝްތްރަ ސްޓޭޓުގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ވަނީ އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ތަހުގީގެއް ހިންގަން ފުލުހުންނަށް އަމުރުކޮށްފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގައި 2021 ވަނަ އަހަރު ހިނގި މަގުމަތީގެ އެކްސިޑެންޓުތަކުގައު 150،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox