ޔުނައިޓެޑް މެޗަކީ އާސެނަލަށް އިމްތިހާނެއް ގޮތަށް އާޓެޓާ ނުދެކޭ

Sep 4, 2022, 6:53 AM
ޔުނައިޓެޑް މެޗަކީ އާސެނަލަށް އިމްތިހާނެއް ގޮތަށް އާޓެޓާ ނުދެކޭ

މެންޗެސްޓާ (ސެޕްޓެމްބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި އާސެނަލުން ކުޅެން ޖެހޭ މެޗަކީ މި ފަހަރު ލީގުގެ މިހާތަނަށް އެ ޓީމުން ހޯދަމުން އަންނަ ކާމިޔާބީތައް ވަޒަންކޮށްލަން ލިބޭ އިމްތިހާނެއް ގޮތަށް ނުދެކޭ ކަމަށް އާސެނަލް ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ޕްރިމިއާ ލީގުގެ އެއް ވަނައިގައި އާސެނަލް އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ. ލީގުގައި ޕޮއިންޓެއް ނުގެއްލި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓަމުން އަންނަ ހަމައެކަނި ޓީމު އާސެނަލަށް މިރޭ ޔުނައިޓެޑް ދަނޑުގައި މޮޅުވެވިއްޖެނަމަ އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކުރެވޭނެ އެވެ.

މި މެޗަކީ މި ފަހަރު ލީގުގައި އާސެނަލް ހޯދާފައިވާ ކުރިއެރުން ވަޒަންކުރެވޭނެ "ޓެސްޓެއް" ގޮތުގައި އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުން އަންނަނީ ސިފަ ކުރަމުންނެވެ. އެކަމަކު، އާޓެޓާ އެ ކަމަށް އެއްބަހެއް ނުވެ އެވެ.

Advertisement

"ޕްރިމިއާ ލީގުގައި ކޮންމެ ހަފްތާ އަކީ ވެސް ޓެސްޓެއް. ކޮންމެ ޓީމަކާ ދެކޮޅަށް ކުޅޭ މެޗަކީ ވެސް ޓެސްޓެއް. ކޮންމެ މެޗެއްގައި އެ ހުންނަން ޖެހޭ ސީރިއަސްކަން، އެ ސަމާލުވުމާ އެކީ މި މެޗު ވެސް ކުޅެން ޖެހޭނީ، ވަކި ޓީމެއް ވެގެން ތަފާތު ކަންތައްތަކެއް ނެތް،" އާޓެޓާ ބުންޏެވެ.

އެކާވީސް ވަނަ ގަރުނު ފެށިގެން އައިއިރު އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފޯރިގަދަ، ލީގުގެ ވާދަވެރިކަން ވެސް ބަރޯސާވެފައި އޮންނަ އެއް މެޗަކީ ޔުނައިޓެޑާއި އާސެނަލްގެ ކުރިމަތިލުންތަކެވެ. އެކަމަކު، ފަހަކަށް އައިސް ލީގުގެ ތަށްޓަށް ވާދަކުރާ ރޭހުގައި މި ދެ ޓީމުގެ ވާދަވެރިކަން ނުފެނެ އެވެ.

އާޓެޓާ ބުނީ ޔުނައިޓެޑާއި އާސެނަލްގެ މެޗުތައް އަބަދުވެސް ސަޕޯޓަރުންނަށް ހާއްސަވާނެ ކަމަށެވެ.

"އިނގިރޭސިވިލާތުގައި މި ދެ ޓީމުގެ ވާދަވެރިކަން އަބަދުވެސް ބޮޑުވާނެ. މީޑިއާ އިން މި މެޗުގެ ވާހަކަ ދައްކާ މިންވަރު ވެސް ބޮޑުވާނެ. އަހަރެމެން ކުޑައިރު ޓީވީން ބެލި މި ދެ ޓީމުގެ މެޗުތައް ދިޔައީ ފުޓްބޯޅައިގެ އެންމެ ފޯރިގަދަ ކުރިމަތިލުންތައް ދާ ގޮތަށް،" ކުރިން އާސެނަލްގެ ކެޕްޓަންކަން ވެސް ކުރި އާޓެޓާ ބުންޏެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ޔުނައިޓެޑުން އާ ކޯޗު އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ޓީމެއް ބިނާކުރަން ބޮޑު ހަރަދުތަކެއް ކޮށްފައިވާއިރު، އާޓެޓާ ބުނީ ޔުނައިޓެޑްގެ މުއްސަނދި ތާރީހަކީ އެ ޓީމު ކުރިން އޮތް ހިސާބަށް ދިއުމަށް އޮތް އެންމެ ބޮޑު ހިތްވަރު ކަމަށެވެ.

އެހެން ކަމުން، ޔުނައިޓެޑް އަލުން ބޭނުންވާ މަގާމަށް ދާން ކުރާ މަސައްކަތުގައި ބޮޑެތި މެޗުތަކުން މޮޅުވެ، އިތުބާރު ހޯދަން ހުރިހާ ގޮތަކުން ބަލާނެ ކަމަށް އާޓެޓާ ގަބޫލުކުރެ އެވެ.

އާސެނަލާއި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ޔުނައިޓެޑް މޮޅުވި ހަމައެކަނި މެޗަކީ އެންމެ ފަހުން އެ ޓީމުގެ ދަނޑުގައި ކުޅުނު މެޗެވެ. އާސެނަލުން ޔުނައިޓެޑް ދަނޑުގައި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން މޮޅެއް ހޯދީ އެންމެ ފަހަރަކު އެވެ. އެއީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުޅުނު މެޗުގައި 1-0 އިންނެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި މިރޭ އާސެނަލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 20:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox