މިލާނުން އިންޓަ ބަލިކުރިއިރު، ނަޕޯލީ މޮޅަކާ އެކު އެއް ވަނަ އަށް

Sep 3, 2022, 9:17 PM
މިލާންގެ ރަފައެލް ލެއާއޯ (ކ) ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

މިލާންގެ ރަފައެލް ލެއާއޯ (ކ) ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

މިލާން (ސެޕްޓެމްބަރު 3) - އިޓާލިއަން ލީގުގައި މިރޭ އިންޓަ މިލާން އަތުން 3-2 އިން އެންމެ ފަހުގެ ޗެމްޕިއަން، އޭސީ މިލާން މޮޅުވިއިރު، ލާޒިއޯ 2-1 އިން ބަލިކޮށް ނަޕޯލީން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ޔުވެންޓަސް މިރޭ ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި ފިއޮރެންޓީނާއާ 1-1 އިން އެއްވަރުވެފަ އެވެ.

ނަޕޯލީ އެއް ވަނަ އަށް އެެރީ ދެ ވަނައިގައި އޮތް އޭސީ މިލާނާ އެއްވަރަށް ފަސް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އެޓަަލަންޓާ އާއި ހަތަރެއްގައި އޮތް ރޯމާ އަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ޔުވެންޓަސް އާއި ހަ ވަނައިގައި އޮތް އިންޓަ އަށް ވަނީ ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ.

Advertisement

އިންޓަ އިން ލީޑުނެގީ މެޗުގެ 20 ވަނަ މިނިޓްގައި މާސެލޯ ބްރޮޒޮވިޗް ޖެހި ގޯލުންނެވެ. ޔަކީން ކޮރޭއާ ހާފުގެ މެދެއްހާ ހިސާބުން ލިބުނު ބޯޅަ ހިފައިގެން، ވަދެ ބްރޮޒޮވިޗް ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އިންޓަ އަށް ލީޑު ހިފަހައްޓައިލެވުނީ އަށް މިނިޓެވެ. މެޗުގެ 28 ވަނަ މިނިޓްގައި ސަންޑްރޯ ޓޮނާލީ ދިން ބޯޅަ، އޭރިއާތެރެއިން ރަފައެލް ލެއާއޯ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފުރަތަމަ 15 މިނިޓް ތެރޭ މިލާނުން އިތުރު ދެ ގޯލު ޖެހި އެވެ. އެ ގޮތުން މެޗުގެ 54 ވަނަ މިނިޓްގައި މިލާންގެ ދެ ވަނަ ގޯލު ޖެހީ، އޮލިވިއޭ ޖިރޫޑް އެވެ. ލެއާއޯ ނެގި ހުރަހަކުން އޭރިއާތެރެއިން ޖިރޫޑް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުުރު ކަނަށެވެ. އޭގެ ހަ މިނިޓް ފަހުން، އިންޓަގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު، އޭރިއާތެރެއިން ލެއާއޯ ޖެހި ބޯޅަ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުވެފަ އެވެ.

މިލާނުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް އިންޓަ އަށް މެޗުގައި އުންމީދެއް ހޯދައިދިނީ އެޑިން ޖެކޯ އެވެ. މެޗުގެ 67 ވަނަ މިނިޓްގައި އިންޓަގެ ފުލްބެކް، މަޓެއޯ ޑާމިއާން ނެގި ހުރަހަކުން އޭރިއާތެރެއިން ޖެކޯ ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. އިތުރު ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކުރަން އިންޓަ އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ލާޒިއޯ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގީ ކުރިއަށް ކުޅޭ މަޓިއާ ޒަގާނީ ޖެހި ގޯލުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަޕޯލީން އެއްވަރުކުރި އެވެ. މި ގޯލު ޖެހީ ޕިއޮޓްރޭ ޒިއެލިންސްކީ ދިން ބޯޅައަކުން ފަހަތަށް ކުޅޭ ކިމް ޖައެ އުން އެވެ. ދެ ވަނަ ހާފުގައި ނަޕޯލީ މޮޅުކޮށްދިނީ ކްވިޗާ ކްރަވަޝްކޭލިއާ ޖެހި ގޯލުންނެވެ. މި ލަނޑު ޖަހަން ފުރުސަތު ހޯދައިދިނީ ޒަމްބޯ އަންގީސާ އެވެ.

ފިއޮރެންޓީނާ ދަނޑުގައި ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓްގައި ޔުވެންޓަސް އިން ލީޑުނެގި އެވެ. މި ގޯލު ޖެހީ ޕޮލެންޑްގެ ފޯވާޑް، އާކަންޑިއުޝް މިލިކް އެވެ. މިއީ ޔުވެންޓަސްގެ ހުއާން ކުއަޑްރާޑޯ ނެގި ހުރަހަކުން، ފިިލިޕް ކޮސްޓިޗް ފޮނުވާލި ވޮލީ އޭރިއާ ރޮނގުކައިރިން ބޮލުން ގޯލަަށް ފޮނުވާލައިގެން މިލިކް ޖެހި ގޯލެކެވެ.

މެޗުގެ 29 ވަނަ މިނިޓްގައި ފިއޮރެންޓީނާގެ ކްރިސްޓިއަން ކޯމޭ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ޖެހި ގޯލުން ނަތީޖާ ހަމަހަަމަކުރި އެވެ. ފިއޮރެންޓީނާ އަށް ލީޑުނަގައިދޭން މެޗުގެ 44 ވަނަ މިނިޓްގައި ލޫކަ ޔޯވިޗް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ޔޯވިޗް ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox