ފެންބޮޑުވުމާ އެކު ޕާކިސްތާނުގައި ބަލިތައް ފެތުރުމުގެ ނުރައްކާ ބޮޑުވެއްޖެ

ފެންބޮޑުވުމުގެ އަސަރު ކުރި ކޮންމެ ތިން މީހަކުން އެކަކީ ކުޑަކުއްޖެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ފެންބޮޑުވުމުގެ އަސަރު ކުރި ކޮންމެ ތިން މީހަކުން އެކަކީ ކުޑަކުއްޖެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޕާކިސްތާނުގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 1،200 އަށް މަތިވެފައިވާ އިރު، ސާފު ބޯފެން ނުލިބުމުގެ ސަބަބުން ބަލިތައް ފެތުރުން އިތުރުވެއްޖެ ކަމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެފި އެވެ.

ޑޮކްޓާޒް ވިތައުޓް ބޯޑާޒް ޖަމިއްޔާއިން ބުނީ ބޯހިޔާވަހިކަމާއި ކާބޯތަކެތި ހޯދަން އުޅޭ ހާލުގައި ޖެހިފައިވާ މީހުންނަށް ސާފު ބޯފެން ނުލިބުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.

ޕާކިސްތާނުގެ ތިންބަައި ކޮށްފައި އެއްބަައި ފެނު އަޑީގައި އޮތް އިރު، ހާލަތު ވަޒަން ކުރުމަށް ސަަރުކާރުގެ ހާއްސަ ބައްދަލުވުމެއް ހޮނިހިރު ދުވަހު އޮތެވެ.

ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކީ ކުޑަކުއްޖެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޔުނިސެފުން ބުނީ ސާފު ބޯފެން ނުލިބުމުގެ ސަބަބުން އިތުރު ކުދިން މަރުވުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ބޭރަށް ހިންގުމާއި، ކޮލެރާ އަދި ޑެންގޫ އާއި މެލޭރިއާ ބާރު ދުވެލީގައި ފެތުރުމުގެ ފުރުސަތު އެބަ އޮތެވެ.

މިނިސްޓަރު އަހްސަން އިގްބާލް ވިދާޅުވީ މި ކާރިސާއާ ކުރިމަތިލުމަށް ބޭނުންވާ ވަސީލަތްތައް ނެތް ކަމަށާއި މިއީ ފަހުގެ ތާރީހުގައި މޫސުމީ ބަދަލާ ހެދި ކުރިމަތިވި އެންމެ ބޮޑު ފެންބޮޑުވުމުގެ ކާރިސާ ކަމަށެވެ.

ގާތްގަނޑަކަށް 1.4 މިލިއަން ގެ ބިމާ ހަމަަވެފައިވާ އިރު، ފެންބޮޑުވުމުގެ އަސަރު 33 މިލިއަން މީހުންނަށް ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox