ހޮލީވުޑްގެ ތަރި ޖޭން ފޮންޑާ ކެންސަރަށް ފަރުވާ ކުރަނީ

ޖޭން ފޮންޑާ ކެންސަރަށް ފަރުވާ ކުރާކަން އިއުލާން ކުރީ އިންސްޓަގްރާމް ޕޯސްޓަކުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޖޭން ފޮންޑާ ކެންސަރަށް ފަރުވާ ކުރާކަން އިއުލާން ކުރީ އިންސްޓަގްރާމް ޕޯސްޓަކުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ހޮލީވުޑްގެ ތަރި ޖޭން ފޮންޑާ ކެންސަރަށް ޑަޔަގްނޯޒް ކުރުމުން ކީމޯތެރަޕީ ފަރުވާ ފަށާފައިވާ ކަމަށް ބުނެފި އެވެ.

އިންސްޓަގްރާމްގައި 1.9 މިލިއަން ފޮލޯވަރުންނަށް ކުރި ޕޯސްޓުގައި އުމުރުން 84 އަހަރުގެ ޖޭން ބުނީ އޭނާއަށް ޖެހުނީ ނަން ހޮޖްކިންސް ލިމްފޯމާ ކަމަށެވެ.

އޭނާ ބުނީ އެއީ ފަރުވާ ކުރެވޭ ބާވަތުގެ ކެންސަރެއް ކަމަށާއި އެހެންވެ ހިތްހަމަޖެހޭ ކަމަށެވެ.

ޖޭންގެ ޕޯސްޓުގައި ވަނީ އެމެރިކާގެ ސިއްހީ ނިޒާމުގެ ހާލަތު އޮތް ގޮތާ ގުޅޭ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މޫސުމީ ބަދަލާ ގުޅޭ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތުގައި ދެމިހުންނާނެ ކަމަށް ބުންޏެވެ.

"އަހަރެންގެ ނަސީބު ރަނގަޅުކަމުން އިންޝުއަރެންސް އެބަހުރި. އެންމެ ރަނގަޅު ޑޮކްޓަރުންނާއި އެންމެ ރަނގަޅު ފަރުވާއާ ހަމައަށް ދެވެން އެބަ އޮތް،" ގިނަ މީހުންނަށް އެ ފުރުސަތު ނެތްކަން ފާހަގަކޮށް ޖޭން ބުންޏެވެ.

"އެމެރިކާގެ ހުރިހާ އާއިލާއަަކަަށް ވެސް ކެންސަރުގެ ހަނގުރާމައާ ކުރިމަތިވޭ. އޭގެ ތެރެއިން ގިނަ އާއިލާތަކަށް ރަނގަޅު ސިއްހީ ހިދުމަތް ނުލިބޭ."

ނަން ހޮޖްކިންސް ލިމްފޯމާއަކީ ވަރަށް މަދުން ފެންނަ ކެންސަރުގެ ބާވަތެކެވެ. އޭގެ އަސަރު ކުރަނީ ލޭނާރުތަކަށް ނުވަތަ ހަޑިގަނޑުގެ ލިމްފެޓިކް ނިޒާމަށެވެ.

ޖޭން ބުނީ ހަ މަހުގެ ކީމޯތެރަޕީ ފަރުވާ ފެށި ނަމަވެސް، އޭނާގެ "ކްލައިމެޓް އެކްޓިވިޒަމް" މަސައްކަތް ނުހުއްޓޭނެ ކަމަށެވެ.

އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ ޖޭން ފިލްމީ ކެރިއަރު ފެށީ 1960 ގަ އެވެ. އޭނާ އެންމެ ފަހުން ފެނުނީ ނެޓްފްލިކްސްގެ ކޮމެޑީ ސީރީޒް "ގްރޭސް އެންޑް ފްރޭންކީ" އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox