ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ހުންނަ ޑިޓެންޝަން ސެންޓަރުގެ ސީލިން ފަޅާލުމަށް ފަހު، ބިދޭސީއަކު އެ ތަނުން ފިލައިފި އެވެ.
ފުލުހުން ބުނީ އެއާޕޯޓުގައި ހުންނަ ޑިޓެންޝަން ސެންޓަރުން ބިދޭސީއަކު ފިލައިގެން ރޭ ފަތިހު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
"މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ޕޮލިސް މީޑިއާ އޮފިޝަލް "އަދަދު" އަށް ފޮނުވި މެސެޖުގައިވެ އެވެ.
މި ކަމާ ގުޅިގެން އިމިގްރޭޝަންގެ ބަހެއް އަދި ނުލިބެ އެވެ.














