ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު ކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު މިއަދު އައްޔަނުކޮށްފި އެވެ.
ވެމްކޯއަށް މެނޭޖިން ޑިރެކްޓަރަކު މި ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި އާދަމް މުހައްމަދު މޯލްޑިވްސް ޕޯސްޓަށް ބަދަލުކުރިތާ ފަސް މަސް ފަހުންނެވެ. އާދަމް އެ މަގާމުން ވަކިކުރި ދުވަހުން ފެށިގެން ކުންފުނި ހިންގުމުގައި އެންމެ އިސްކޮށް އުޅުނީ ސިރާޖެވެ.
ސިރާޖަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ބޭފުޅެކެވެ. ވެމްކޯގެ ބޯޑަށް އޭނާ އައްޔަނުކުރަނީ މި ސަރުކާރުންނެވެ.











