ަނަޖީބް ރައްޒާގްގެ އަނބިކަނބަލުންގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވެއްޖެ

މެލޭޝިއާގެ ކުރީގެ ފަސްޓް ލޭޑީ ރޯޒްމާ މަންސޫރް. -- ފޮޓޯ: ގެޓީ އިމޭޖާޒް

މެލޭޝިއާގެ ކުރީގެ ފަސްޓް ލޭޑީ ރޯޒްމާ މަންސޫރް. -- ފޮޓޯ: ގެޓީ އިމޭޖާޒް

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގްގެ އަނބިކަނބަލުން ރޯޒްމާ މަންސޫރްގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވެއްޖެ އެވެ.

ޖުމްލަ 43 މިލިއަން ޑޮލަރު ހިމެނޭ ރިޝްވަތުގެ ތިން ދައުވާއަށް ވެސް އެކަމަނާ އިންކާރު ކުރައްވަަ އެވެ. އެއީ ސަރަވަކްގައި ހިންގި އަވިން ހަކަތަ އުފައްދާ ޕްރޮޖެކްޓަކާ ގުޅިފައިވާ މައްސަލައެކެވެ.

އެކަމަކު ބުރާސްފަތި ދުވަހު ހައި ކޯޓުން ނިންމީ ތިން ދައުވާ ވެސް ސާބިތުވާ ކަމަށެވެ. އެއީ ރިޝްވަތު ހިފި އަދި ރިޝްވަތު ދިން ކަމަށެވެ.

Advertisement

އެކަމަނާގެ ފިރިކަލުން ނަޖީބް ރައްޒާގްގެ މައްޗަށް ކޮރަޕްޝަން ސާބިތުވެ ކުރި 12 އަހަރުގެ ޖަލު ހުކުމް ދާދި ފަހުން ވަނީ އެންމެ މަތީ ކޯޓުން ދަމަހައްޓާފަ އެވެ.

ރޯޒްމާގެ މައްޗަށް ސާބިތުވި ރިޝްވަތުގެ ތިން ދައުވާއަށް 20 އަހަރުގެ ޖަލު ހުކުމަަކާ އެކު ދައުވާގައި ހިމެނޭ ފައިސާގެ އަދަދުގެ ފަސް ގުނަ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށް ބެލެވެ އެވެ.

އުމުރުން 70 އަހަރުގެ ރޯޒްމާއަކީ ލަގްޒަރީ މުދަލާއި ގަހަނާއަށް ލޯބި ކުރައްވާ ބޭކަނބަލެކެވެ. މެލޭޝިއާގެ ފުލުހުން 2018 ވަނަ އަހަރު އެ ދެ ކަނބަލުންގެ ގެކޮޅުތައް ބަލައި ފާސްކުރި އިރު، 1.6 މިލިއަން ޑޮލަަރު ރަނާއި، ޖަވާހިރު ހާރަކާއި، 14 ތާޖާއި، 272 ހާމީޒް ދަބަސް ފެނުނެވެ.

ރިޝްވަތުގެ ކުށް ސާބިތުވި އިރު، މަނީ ލޯންޑަރިން އާއި ޓެކްސްއަށް މަކަރު ހެދުމުގެ އިތުރު 17 ދައުވާ އެކަމަނާއާ ދެކޮޅަށް އުފުލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox