އުރީދޫ ކްލަބު ޕްރީމިއާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އެމްފައިސާގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެމްފައިސާ މެދުވެރިކޮށް ބިލްތައް ދައްކާ ފަރާތްތަކާއި ވިޔަފާރި ކުރާ ފަރާތްތަކަށް، ދެއްކި ފައިސާގެ ފަސް ޕަސެންޓާ ހަމައަށް އަނބުރާ ލިބޭނެ އެވެ. އެ ފައިސާ ޖަމާވާނީ އެމްފައިސާގެ ވޮލެޓަށެވެ.
މި އޮފާގެ މުއްދަތު ހަމަވާނީ އޮކްޓޯބަރުގެ ނިޔަލަށެވެ.
ޔުޓިލިޓީ ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން އެމްފައިސާ މެދުވެރިކޮށް ސްކޫލް ފީ، ކައްކާ ގޭހަށް އޯޑަކޮށް ފައިސާ ދެއްކެ އެވެ. އެ ޕްލެޓްފޯމުގެ ތެރެއިން އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، މީޑިއާނެޓް، ވިލާ ގޭސް، މޯލްޑިވް ގޭސް އަދި އަމާނާ ތަކާފުލް އަށް ފައިސާ ދެއްކޭނެ އެވެ. މީގެ އިތުރުން ގިނަ ފިހާރަތަކާއި ރެސްޓޯރެންޓްތަށް ވެސް އެމްފައިސާއިން ބިލް ދެއްކޭނެ އެވެ.
ސުޕަނެޓް 40އެމް ނުވަތަ ޕޯސްޓްޕެއިޑް 1000ރ. އަދި އެއަށްވުރެ މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބްކޮށްފައިވާ އަދި އަލަށް ކުރާ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއަގެ ހާއްސަ އޮފަތައް ލިބޭނެ އެވެ.
ބީއެމްއެލް އެސްބީއައި އަދި އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެމްފައިސާގެ ޑިޖިޓަލް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.









