އެކްޓްރެސް ޗާރްލްބީ ޑީން މަރުވެއްޖެ

އެކްޓްރެސް ޗާރްލްބީ ޑީން. -- ފޮޓޯ: އީޕީއޭ

އެކްޓްރެސް ޗާރްލްބީ ޑީން. -- ފޮޓޯ: އީޕީއޭ

ދެކުނު އެފްރިކާގެ އެކްޓްރެސް އަދި މޮޑެލް ޗާރްލްބީ ޑީން އުމުރުން 32 އަހަރުގައި މަރުވެއްޖެ އެވެ.

ޗާރްލްބީ ވަނީ މަގްބޫލް ތަރި ވުޑީ ހެރެލްސަންއާ އެކު "ޓްރޭންގަލް އޮފް ސޭޑްނެސް" ގައި މަސައްކަތް ކޮށްފަ އެވެ. އެ ފިލްމަށް މި އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގެ ރަން ވަނަ ވެސް ލިބުނެވެ.

އޭގެ އިތުރުން ޓީވީ ސީރީޒް "ބްލެކް ލައިޓިން" ގައި ވެސް ޗާރްލްބީ އުޅުނެވެ. ޑީސީ ކޮމިކްތަކުގައި އުޅޭ ކެރެކްޓާތަކަށް ބިނާކޮށް ހެދި އެ ސީރީޒްގައި ޗާރްލްބީގެ ކެރެކްޓާއަކީ ސަޔޮނައިޑް އެވެ.

ޗާރްލްބީގެ މަންދޫބުން ބުނީ އޭނާ ހޮސްޕިޓަލްގައި މަަރުވީ ކުއްލި ގޮތަކަށް ދިމާވި ބައްޔަކާ ގުޅިގެން ކަމަށެވެ.

ރުބެން އޮސްޓްލަންޑް ލިޔެ، ޑައިރެކްޓް ކުރި "ޓްރޭންގަލް އޮފް ސޭޑްނަސް" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އޮކްޓޯބަރުގަ އެވެ. އަންނަ އަހަރުގެ އޮސްކާ އެވޯޑަށް އެ ފިލްމް ނޮމިނޭޓް ވާނެ ކަމަށް ބެލެވެ އެވެ.

ދެކުނު އެފްރިކާގެ ކޭޕް ޓައުންގައި އުޅެ ބޮޑުވި ޗާރްލްބީ މޮޑެލް ކުރަން ފެށީ ކުޑައިރުގަ އެވެ. އޭނާގެ އެންމެ ފުރަތަމަ ފިލްމަކީ 2010 ގައި ނެރުނު "ސްޕަޑް" އެވެ.

އޭގެ އިތުރުން "ޑެތް ރޭސް 3: އިންފާނޯ"، "ބްލަޑް އިން ދަ ވޯޓާ"، "ޑޯންޓް ސްލީޕް" އަަދި "ޕޯޓްހޯލް" ފަދަ ފިލްމުތަކުގައި ވެސް އުޅުނެވެ.

ދެހާސް އަށް ވަނަ އަހަރު ނުރައްކާތެރި ކާރު އެކްސިޑެންޓަކުން ސަލާމަތްވީ ޗާރްލްބީ އުޅުނީ މޮޑެލް ލޫކް ވޮލްކާއާ އެންގޭޖްވެގެންނެވެ.

ޗާރްލްބީ އަދި ލޫކް.
ޗާރްލްބީ އަދި ލޫކް.

ޗާރްލްބީ އަދި ލޫކް.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox