"ހާރިޖީ މަސްލަހަތު" ބިލަށް އިދިކޮޅު މެމްބަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް!

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވަޑައިގަންނަވަނީ. ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ކުށަކަށް ހަދާ ބިލާ މެދު ބޮޑެތި ކަންބޮޑުންތަކެއް ފާޅުކުރެއްވި. ފޮޓޯ:މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވަޑައިގަންނަވަނީ. ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ކުށަކަށް ހަދާ ބިލާ މެދު ބޮޑެތި ކަންބޮޑުންތަކެއް ފާޅުކުރެއްވި. ފޮޓޯ:މަޖިލީހުގެ އިދާރާ

ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންވާ އަމަލުތައް ޖިނާއީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު އިދިކޮޅު ބައެއް މެމްބަރުން މިއަދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފި އެވެ.

ހާރިޖީ މަސްލަހަތަށް ގެއްލުންވާ އަމަލުތަކަށް ކުށްތަކަކަށް ހަދަން ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދު ހުށަހަޅުއްވާފައިވާ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޕީއެންސީ އަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ އެ ބިލު ސަރުކާރުން ހުށަހެޅީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތާ ހެދި ސަރުކާރަށް "ގޮތް ހުސްވެގެން" ކަމަށެވެ. އެއީ ގާނޫނު އަސާސީގެ މާއްދާތަކަކާ ތައާރުޒުވާ ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކަށް [ގާނޫނު އަސާސީގެ] 32 ވަނަ މާއްދާ، އެއްވެ އުޅުމުގެ މިނިވަންކަން އެބަ ނަގައިލާ. އެކަމެއް ނުކުރެެވޭނެ. ހަޅުތާލު ކުރުުމުގެ މިނިވަންކަން އެބަ ހަނިކުރޭ އިއްޒަތްތެރި ރައީސް. ނޫސްވެރިކަމުގެ މިނިވަންކަން އެބަ ހަނިކުރޭ، ހިޔާލުފާޅުކުރުގެ މިނިވަންކަން އެބަ ހަނިކުރޭ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

Advertisement

ގާނޫނު އަސާސީގެ ފަސް މާއްދާއަކުން ލިބިދޭ މިނިވަންކަން ހަނިކޮށްގެން ސަރުކާރުން ކުރަން އުޅެނީ ކޮންކަމެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އެ ބިލު މިހާރު އޮތް ގޮތައް ފާސްކޮށްފިއްޔާ އެންމެ ބޮޑަށް ގެއްލުން ވާނީ ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވެސް ވިދާޅުވީ ގާނޫނު އަސާސީން ލިބިދީފައި ހުރި އަަސާސީ ހައްގުތަކެއް އެ ބިލުން އެބަ ނިގުޅައިގަންނަ ކަމަށެވެ. ބިލު އަނބުރާ ގެންދަވަން ފޭދޫ ދާއިރާގެ މެމްބަރު މުހަައްމަދު ނިހާދަށް އޭނާ ގޮވައިލެއްވި އެވެ.

"މިއީ ދިވެހި ގައުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް. ދިވެހި ރައްޔިތުންގެ އަނގަ ބަންދުވެގެން އެބަދޭ. ދިވެހި ނޫސްވެެރިންގެ ގަލަންތައް އެބަ އަތުލާ،" ޝިޔާމް ވިދާޅުވި އެވެ.

ސަރުކާރާ އެއްކޮޅު ބައެއް މެމްބަރުން ވެސް ފާޑުވިދާޅުވި

ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ޖިނާއީ ކުށްތަކަކަށް ހެދުމަށް ޓަކައި ގާނޫނުލް އުގޫބާތަށް ބަދަލުގެންނަން ހުށަހަޅާފައިވާ ބިލަށް މަޖިލީހުގެ، ސަރުކާރާ އެއްކޮޅު ބައެއް މެމްބަރުން ވެސް މިއަދު ފާޑުވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެ ބިލު މިހާރު އޮތް ގޮތުން އެހާ ހިތްހަމަ ޖެހޭ ކަންތައްްތަކެއް ނެތް ކަމަށެވެ. އެއީ އެހެން ނަމަވެސް ކޮމިޓީ މަރުހަލާގައި ރަނގަަޅު ކުރެވޭނެ ކަންތައްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބިލުގައި ޖިނާއީ ކުށަކަށް ހަދަން ހުށަހަޅާފައިވާ ބައެެއް ކަންތައްތަކަކީ ކުށްކުށަށް ހަދަން ކަމު ނުދާ ކަންތައްތައް ކަމަށާއި އަނެއްބައި ކަންތައްތަކަކީ މިހާރު ވެސް ކުށުގެ ގޮތުގައި ގާނޫނުތަކުގައި ހުރި ކަންތައްތައްް ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

"ރާއްޖެ ދޫކޮށް ބޭރު މީހެއް ވީމާ ދިއުމަށް ގޮވައިލުމަކީ ކުށެެއް. އެހެންވީމާ މިއީ ތަންކޮޅެއް، ފަހަރުގައި ބޮޑުވަރަކަށް ވެދާނެ. މިނޫން ގޮތަކަށް މި ޑްރާފްޓް އެބަ ކުރެވެން ޖެހޭ ކަމަށް. ރާއްޖެ ދޫކޮށް މީހަކު ދިއުމަށް އަދި ބުނެލުމަކީ އެއީ އެހާ އަވަހަށް ޖިނާއީ ކުށަކަށް ހަދާވަރު ކަމަކަށް ނުވޭ،" އިމްތިޔާޒް ވިދާޅުވި އެވެ.

އެހެން ނަމަވެސް ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންވާ ގޮތަށް ރޭވިގެން ހިނގާ ކަންތައްތަކަށް އެޑްރެސްކުރަން ޖެހޭ ކަމަށާއި އެކަމަށް ހައްލު ހޯދަން ޖެހޭ ކަމަށް ވެސް އިމްތިޔާޒް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައި އޮތީ އޮޅިގެން ނޫން ކަމަށާއި އެއީ އާދައިގެ މިނިވަންކަމެއް ނޫން ކަމަށެވެ. ގާނޫނު އަސާސީން ލިބިދޭ އެހެން ހުރިހާ މިނިވަންކަމެއް ގެ އަސްލަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެހެންވެ އެ ބިލު މަޖިލީހުން ބޭރުކުރަން ޖެހޭ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު [މަސައްކަތްކުރާ] މިއީ ދެވަނަ ދައުރު. ބިލެއް މަޖިލީހުން ބޭރުކުރަން ޖެހެންޏާ، އެންމެ ބިލެއް މަޖިލީހުން ބޭރުކުރަން ޖެހެންޏާ ވެސް ބޭރުކުރަން ޖެހޭ ބިލަކީ މިއީ،" އަލީ ހުސައިން ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ ގައުމެއްގެ ދިދަޔަކަށް ގެއްލުން ދިނުން ރާއްޖޭގައި ކުށަކަށް ހަދަން އުޅޭ އިރު ޑިމޮކްރެޓިކް އެހެން ގައުމުތަކުގައި އެގައުމެއްގެ ދިދަޔަށް ގެއްލުން ދިނުން ވެސް ކުށަކަށް ނުވާ ކަމަށެވެ. އެކަން ރާއްޖޭގައި ކުށަކަށް ހަދަން އުޅުމަކީ ލަދުގަންނަ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ބިލާ ދެކޮޅަށް އިދިިކޮޅު މެމްބަރުން ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ބައެއް މެމްބަރުން ރައްދު ދެއްވައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox