އިންޑިއާގައި އަންހެން ދަރިވަރަކަށް ފާރަލައި މަރާލި މައްސަލަ ހޫނުވެއްޖެ

ދަރިވަރުގެ މަރާ އެކު ޖާރްހާންދް ސްޓޭޓްގައި ވަނީ މުޒާހަރާކޮށްފައި. -- ފޮޓޯ: ބީބީސީ

ދަރިވަރުގެ މަރާ އެކު ޖާރްހާންދް ސްޓޭޓްގައި ވަނީ މުޒާހަރާކޮށްފައި. -- ފޮޓޯ: ބީބީސީ

އިންޑިއާގެ އިރުމަތީގައި އޮންނަ ޖާރްހާންދް ސްޓޭޓުގައި އުމުރުން 19 އަހަރުގެ އަންހެން ދަރިވަރަކަށް ފާރަލައި، އޭނާގެ ގައިގައި ރޯކޮށް މަރާލި މަައްސަލައެއް ހޫނުވެއްޖެ އެވެ.

އަންކިތާ ސިންގް މަރުވީ އާދީއްތަ ދުވަހުގެ ހެނދުނު ހޮސްޕިޓަލުގަ އެވެ. ތުހުމަތު ކުރެވޭ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އޭގެ ތެރެއިން ޝާހްރުކް ނަމަކަށް ކިޔާ މީހާ ވަނީ އަންކިތާއަށް ފާރަލައި، އޭނާގެ ފަހަތުން ތަންތަނަށްގޮސް، ދުވަސްތަކެއް ވަަންދެން ފޯނުން ގުޅައި އުނދަގޫކޮށްފަ އެވެ.

Advertisement

ދެ ވަނަ މީހާއަކީ ތުހުމަތު ކުރެވޭ ގޮތުގައި ޝާހްރުކްއަށް ޕެޓްރޯލް ފޯރުކޮށްދީ، އަންކިތާ މަަރާލުމުގައި ބައިވެރިވި މީހެކެވެ. އެ މީހުން އަންކިތާގެ ގަޔަށް ޕެޓްރޯލް އަޅައި ރޯކޮށްލީ އޭނާ ގޭގެ ކުޑަދޮރެއް ކައިރީގައި ނިދާފައި އޮއްވަ އެވެ.

އިންޑިއާ ސަރުކާރުގެ ތަފާސްހިސާބް ދައްކާ ގޮތުން ފާރަލައި ބިރު ދެއްކުމުގެ އެތައް ހާސް މައްސަލައެއް ކޮންމެ އަހަރަކު ވެސް ރިޕޯޓު ކުރެ އެވެ. އެފަދަ ވަރަށް ގިނަ ކޭސްތަކުގައި ފާރަލުމުގެ ޝިކާރައަކަށްވާ މީހުންގެ ގަޔަށް އެސިޑް ޖަހައިފައި ވެސް އެބަ ހުއްޓެވެ.

އަންކިތާގެ މަރުގެ މައްސަލަ ހޫނުވީ، އޭނާ އާއި ޝާހްރުކް ދެ ދީނަށް ނިސްބަަތް ވާތީ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މުޒާހަރާ ކުރަމުން ދަނީ ހިންދޫ ގްރޫޕްތަކުގެ މީހުންނެވެ.

އެ މީހުން ތުހުމަތު ކުރާ ގޮތުގައި ޝާހްރުކް މަސައްކަތް ކުރީ "ލޯބީގެ ޖިހާދެއް" ކުރުމަށެވެ. ހިންދޫ ހަަރުކަށި ފިކުރުގެ މީހުން "ލޯބީގެ ޖިހާދު" ކަމަށް ސިފަކުރަނީ ހިންދޫ އަންހެނަކު މުސްލިމަކާ ކައިވެނި ކުރާ އިރު، އިސްލާމް ދީން ގަބޫލު ކުރާތީ އެކަމަށް ނިސްބަތްކޮށްފަ އެވެ.

އެހެން ނަމަވެސް ފުލުހުން ބުނީ މިއީ ދީނީ ކަމަކާ ގުޅުން ހުރި ހާދިސާއެއް ނޫން ކަމަށާއި މިއީ އަންހެނަކަށް ފުރައްސާރަކޮށް ހިންގި ބޮޑު ކުށެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox