ފައުޒިއްޔާ ނިޔާވެއްޖެ

ފިލްމް ހައްދުގެ މަންޒަރެއްގައި ފައުޒިއްޔާ --

ފިލްމް ހައްދުގެ މަންޒަރެއްގައި ފައުޒިއްޔާ --

ގިނަ ފިލްމްތަކެއްގެ މުހިންމު ރޯލްތަކެއް އަދާކޮށްފައިވާ ފައުޒިއްޔާ ހަސަން މިއަދު ނިޔާވެއްޖެ އެވެ. އަވަށްޓެރި ސްރީލަންކާގައި ދިރިއުޅެމުންދިޔަ ފައުޒިއްޔާ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެ ގައުމުގަ އެވެ.

އެނގިފައިވާ ގޮތުގައި އޭނާ ނިޔާވީ މެޔަށް ކުއްލިއަކަށް ތަދެއް އަރައިގެން ފަރުވާދެމުންދަނިކޮށެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ 35 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފައުޒިއްޔާ ނިޔާވުމާ ގުޅިގެން ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު ގެންދަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

އެވޯޑްތައް ވެސް ހާސިލްކޮށްފައިވާ ފައުޒިއްޔާ ވަނީ ގިނަ ފިލްމްތަކާއި ޑްރާމްތަކުގައި މަސައްކަތް ކޮށްފަ އެވެ. އޭނާ ބޮޑަށް ފެނިގެން ގޮސްފައިވަނީ މަންމަގެ ރޯލުތަކުންނެވެ. މިފަހުން ބައެއް ސީރީސްތަކުން ވެސް ފައުޒިއްޔާ ފެނިފައިވެ އެވެ.

އުމުރުން 80 އަހަރުގައި ފައުޒިއްޔާ ނިޔާވިއިރު މަޝްހޫރު ޑައިރެކްޓަރު މުހައްމަދު ނިޔާޒު, ޓެޑްރީގެ ކުރިއަށް އޮތް ފިލްމް, "ލަސްވިޔަސް"ގައި ވެސް އޭނާ ވަނީ މުހިންމު ރޯލެއް ކުޅަފަ އެވެ. އަދި ރިލީޒް ނުކުރާ އެ ފިލްމަކީ ފައުޒިއްޔާގެ އެންމެ ފަހުގެ ފިލްމީ މަސައްކަތަށްވާނެ އެވެ.

އިންޑިއާގައި ފައުޒިއްޔާ ހރަުކޮށްގެން ގެންގުޅުއިރު --
އިންޑިއާގައި ފައުޒިއްޔާ ހރަުކޮށްގެން ގެންގުޅުއިރު --

އިންޑިއާގައި ފައުޒިއްޔާ ހައްޔަރުކޮށްގެން ގެންގުޅުއިރު --

އިންޑިއާގެ ޖައްވީ އިދާރާ (އައިއެސްއާރުއޯ)ގެ ބައެއް އިސްވެރިންތަކަކާ ގުޅިގެން ޖާސޫސްކުރި ކަމުގެ ތުހުމަތުގައި ފައުޒިއްޔާއާ އޭނާއާއެކު އޭރު އިންޑިއާގައި އުޅުނު ގދ. ތިނަދޫ މަރިޔަމް ރަޝީދާ ނޮވެމްބަރު 13، 1994 ހައްޔަރުކޮށްފައިވެ އެވެ. އެމީހުން ދޫކޮށްލާފައިވަނީ އޭގެ ތިން އަހަރު ފަހުންނެވެ. އެމީހުން ބަންދުކޮށްފައި ބެހެއްޓީ ކެރެލާގެ ޖަލެއްގަ އެވެ.

އެ ހާދިސާ ދައްކުވައިދޭ ހިންދީ ފިލްމެއް ވެސް މިދިޔަ މަހުގެ ތެރޭ ނެރެފައިވެ އެވެ.

އޭނާ ނިޔާވިއިރު, ހައްޔަރުކޮށްގެން ގެންގުޅުމުގެ ބަދަލު ހޯދަން މައްސަލަ އިންޑިއާ ސަރުކާރަށް އޮތީ ހުށަހަޅާފަ އެވެ. އެ މައްސަލަ ކުރިއަށްދާއިރު އޭނާގެ ބަޔާން ވެސް ނަގާފައިވެ އެވެ.

ހާދިސާ ހިނގިތާ 27 އަހަރު ފަހުން އަލުން މައްސަލަ އަލުން ހިލިގެން ދިޔައީ އިންޑިއާގެ ސުޕްރީމް ކޯޓުގެ އިސް ނެގުމަށް އެ މައްސަލަ ބަލައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ނެރުނު އަމުރެއްގެ ސަބަބުންނެވެ. އެ އަމުރުގައި ވަނީ އެ މައްސަލަ އޭރު ތަހުގީގު ކުރި ކެރެލާގެ ފުލުހުން އަމަލުކުރި ގޮތުގެ ތަހުގީގެއް ހިންގުމަށް ސީބީއައިއަށް އަމުރުކޮށްފަ އެވެ. އަދި ހައްޔަރުކުރި މީހުންނަށް ބަދަލު ހޯދުމަށް ދައުވާކުރުމަށް ވެސް ފުރުސަތު އަމުރުގައި ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox