އޮންރީ، އިޓަލީ ދެ ވަނަ ޑިިވިޝަން ކްލަބެއްގެ ހިއްސާދާރަކަށް

Aug 30, 2022, 1:14 AM
އޮންރީ، އިޓަލީ ދެ ވަނަ ޑިިވިޝަން ކްލަބެއްގެ ހިއްސާދާރަކަށް

މިލާން (އޮގަސްޓް 30) - އިޓަލީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބް، ކޯމޯގެ ހިއްސާދާރަކަށް މަޝްހޫރު ފުޓްބޯޅަ ތަރި، ތިއަރީ އޮންރީ ވެއްޖެ އެވެ.

ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި ހުރި އޮންރީ، 45، ކޯމޯގެ ހިއްސާދާރެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްކުރިއިރު، އެ ކްލަބްގެ ސީއީއޯ އަކީ ޗެލްސީގެ ކުރީގެ ކެޕްޓަން ޑެނިސް ވައިސް އެވެ.

ދާދި ފަހުން މޮނާކޯ ދޫކޮށް ކޯމޯ އަށް ސޮއިކުރި އާސެނަލާއި ބާސެލޯނާގެ ކުރީގެ ތަރި ސެސްކް ފަބްރެގަސް ވެސް ވަނީ ކޯމޯގެ ހިއްސާދާރުންގެ ތެރޭގައި ހިމެނިފަ އެވެ.

އޮންރީ ބުނީ ކޯމޯގެ ހިއްސާދާރަކަށް ވުމާ އެކު ފުޓްބޯޅައިގައި އޭނާގެ އާ "ޗެޕްޓަރެއް" ފެށުނީ ކަމަށެވެ.

"ފުޓްބޯޅަ އަށް މި ތަނުގައި (ކޯމޯގައި) އޮތް ލޯބި އަހަންނަށް އެނގޭ. މި އަވަށަށް އަބަދުވެސް ގިނަ މީހުންތަކެއް އާދޭ، ސްޕެއިނާއި ފްރާންސްގެ މީހުން މި ސަރަހައްދުގެ ގުދުރަތީ ރީތި ކަމުގެ ވާހަކަތައް އަބަދުވެސް ދައްކާ. އެކަމަކު، ދެން އަހަރެން ބޭނުމީ މިތަނުގެ ފުޓްބޯޅައިގެ ވާހަކަ ދައްކާ އަޑު އަހާލަން،" ކޯމޯގެ ހިއްސާދާރެއްގެ ގޮތުގައި މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އޮންރީ ބުންޏެވެ.

އިންޑޮނީޝިއާ އަށް ނިސްބަތްވާ ދުންފަތުގެ ވިޔަފާރި ކުރާ ވަރުގަދަ ބައެއް ހިންގަމުން އަންނަ ކޯމޯ އެންމެ ފަހުން އިޓަލީ ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވަނީ 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން ގިނަ އަހަރުތަކެއް ވަންދެން، ދަށް ޑިވިޝަންތަކުގައި ވާދަކުރަން ޖެހުނު ކޯމޯ ވަނީ 2016 ވަނަ އަހަރު ބަނގުރޫޓުވެފަ އެވެ.

އެކަމަކު، އަލުން ކޯމޯ ކޮޅަށް ޖަހައި، ހަތަރު ވަނަ ޑިވިޝަނުން ފެށިގެން ދެ ވަނަ ޑިވިޝަނާ ހަމައަށް ގެނެސް، މިހާރު އަމާޒުހިފާފައިވަނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވުމަށެވެ.

އޮންރީ އަށް ކޯމޯގައި އޮތީ ހިއްސާދާރެއްގެ ރޯލު ކަމުގައި ވިޔަސް ކޯޗިންގައި އޭނާ ކޮށްފައިވާ ތަޖުރިބާތަކާއި ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކުގެ ކަންކަމުން ފިލާވަޅު ހޯދައި، އެކި ގޮތްގޮތުން ކޯމޯ އަށް އެހީތެރިވާނެ އެވެ.

ކޯމޯގެ ސީއީއޯ ވައިސް ވިދާޅުވީ އޮންރީ ހުރީ ހުރިހާ ގޮތަކުން ކޯމޯ ކުރިއެރުވުމުގެ އަމާޒުގައި ކަމަށެވެ.

މޮނާކޯ، ޔުވެންޓަސް، އާސެނަލް އަދި ބާސެލޯނާ އަށް ކުޅުނު އޮންރީ ކުޅުން ހުއްޓާލީ އެމްއެލްއެސްގެ ނިއުޔޯކް ރެޑްބުލްސް އަށް ކުޅުމަށް ފަހު 2015 ވަނަ އަހަރު އެވެ.

ކުޅުން ހުއްޓާލުމަށް ފަހު އޮންރީ މަސައްކަތް ކުރަން ފެށީ މަޝްހޫރު ކުޅިވަރު މީޑިއާ ސްކައި ސްޕޯޓްސްގެ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގައި އަދި އާސެނަލްގެ 18 އަހަރުން ދަށުގެ އެކަޑަމީ ކޯޗެއްގެ ގޮތުގަ އެވެ. ކޯޗިންގެ ރަސްމީ ފުރަތަމަ ވަޒީފާގައި އެންމެ ފުރަތަމަ 2016-2018 އަށް ބެލްޖިއަމް އެސިސްޓަންޓް ކޯޗަކަށް ހުރި އޮންރީ ވަނީ އޭގެ ފަހުން ހެޑް ކޯޗެއްގެ ގޮތުގައި މޮނާކޯ އާއި ކެނަޑާގެ މޮންޓްރެއާލް އިމްޕެކްޓަށް ކޯޗުކޮށްދީފަ އެވެ.

އޮންތީ ވަނީ މިދިޔަ އަހަރު އަލުން ބެލްޖިއަމް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމާ ހަވާލުވެފަ އެވެ.

ކޯމޯ އިން ވަނީ ފަބްރެގަސްގެ އިތުރުން ކުރިން އޭސީ މިލާނާއި ވުލްވްސް އަށް ކުޅުނު އިޓަލީގެ ފޯވާޑް ޕެޓްރިކް ކުޓްރޯނޭގެ ސޮއި ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox