ހުޅުމާލޭގެ ހިތްގައިމު މިއުރަލްގެ ފަހަތުގައި ހުނަރުވެރި ދެމަފިރިން

ހުޅުމާލޭގެ ހިތްގައިމު މިއުރަލްގެ ފަހަތުގައި ހުނަރުވެރި ދެމަފިރިން

ހުޅުމާލެ ކޮމާޝަލް ބްލޮކް ޑީގެ ބަސް ސްޓޭޝަނާވީ ފަޅީގެ ފާރުގައި ކުރަހާފައި ވޯލް މިއުރަލްއަކީ ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހުގެ ތީމާ ގުޅުވައިގެން މުހައްމަދު ރައްޒާން އަބްދުﷲ އާއި އޭނާގެ އަންހެނުން، ފާތުމަތު ހަމްނާ ކުރެހުމުން ގެނެސްދީފައިވާ މާނަފުން މެސެޖެކެވެ. "އިޓް ޓޭކްސް އަ ވިލެޖް" ތީމަށް، ހަމްނާ އާއި ރައްޒާން ކުރެހުމުން ބުނެދެނީ މުޖުތަމައުގެ އެހީތެރިކަމާއެކު މާބޮޑު ބުރައަކާ ނުލައި އާއިލާއަކަށް އުފާވެރިކަމާއި ތިޔާގިކަން ގެނެވިދާނެ ކަމެވެ. އެންމެން އެހީތެރިކަމަކީ މުޖުތަމައެއްގައި ހިނގާނެ އެންމެ ވަރުގަދަ ބާރު ކަމެވެ.

މި ހިމަނާލަނީ، ރައްޒާާނާއި ހަމްނާއާ އެކު 'އަދަދު'ން ހޭދަކުރި ކުޑަ ވަގުތުކޮޅު ތެރޭގައި މި ދެމަފިރިންގެ މަސައްކަތާއި ފަންނުވެރިކަމާ ބެހޭގޮތުން އެނގުނު ދެތިން ވާހަކަ އެވެ. ރައްޒާނާއި ހަމްނާގެ، ތައުރީފު ހައްގު، ރީތި މަަސައްކަތުގެ ހިތްގައިމުކަމުން މި ދެމަފިރިންގެ ވާހަކަ ހައިލައިޓް ނުކޮށް، މި މިއުރަލްއެއްގެ ވާހަކަ ދައްކާލާފައި ނިންމާލެވެން ނުވެސް ނެތީމަ އެވެ.

Advertisement

ހަމްނާ އާއި ރައްޒާން ހުޅުމާލެ ވޯލް މިއުރަލްގެ މަސައްކަތް ކުރަނީ: މި ދެމަފިރިން މިއުރަލް ނިންމާފައިވަނީ ހަތަރު ދުވަހުން

ރައްޒާނާއި ހަމްނާ

ރައްޒާން، 29 އަކީ އެޗްޑީސީގެ އާބަން ޕްލޭނާއެއްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. ހަމްނާ، 26 އަކީ ގްރެފިކް ޑިޒައިނަރެކެވެ. އިލަސްޓްރޭޓާ އެކެވެ. މި ދެމަފިރިންގެ ވެސް އެއް ޖޯޑުވާ ލޯތްބާއި ހޮބީ އާއި ޖޯޝަކީ އާޓެވެ. އެންމެ ކުޅަދާނައީ ޑިޖިޓަލް އާޓަށެވެ.

ސުވާލާއި ޖަވާބުގެ މި ކުރު އިންޓަވިއުގައި ހަމްނާ އާއި ރައްޒާން މި ކިޔައިދެނީ މި ފަންނުވެރިކަމެއްގެ ތެެރެއަށް މި ދެމަފިރިން ގަނބައިގެންދިޔަ ގޮތާއި، އާޓް މިއުރަލް އާ ބެހޭ ހުރިހާ ވާހަކައެކެވެ.

ތި ދެމަފިރިންގެ ދިރިއުޅުމުގެ ތެރެއަށް ކުރެހުމާއި އާޓް ވަދެފައި އޮތް މިންވަރު ބުނެދީބަލަ؟

ރައްޒާން އާއި ހަމްނާ: ދެމީހުންގެ ހޮބީ އަކީ ކުރެހުން. ރައްޒާން ކިޔެވީ އާކިޓެކްޗާ. އެކަމަކު ރައްޒާން ވެސް، ހަމްނާ ވެސް ފްރީލާންސްކޮށް އަހު ނަގައިގެން ކުރެހުމާއި ފަންނުގެ މަސައްކަތް ކުރަން. ހަމްނާ އަކީ ފްރީލާންސްކޮށް ވާހަކަފޮތްތަކަސް އިލަސްޓްރޭޝަންސް ހަދައިދޭ އާޓިސްޓެއް. އެހެންވީމަ ދެމީހުންގެ ލައިފްގެ ވެސް ވަރަށް ބޮޑު ބައެއް އެއީ.

ވޯލް މިއުރަލް ކުރެހުމުގެ ފުރުސަތު ލިބުނީ ކިހިނެއް؟

ވަރަށް ފަހުން ވެސް ރައްޒާން މި އައީ ތުލުސްދޫގައި މިއުރަލްއެއްގެ މަސައްކަތް ކޮށްފައި. އެކަހަލަ އިތުރު މަސައްކަތަކަށް ވަރަށް ބޮޑަށް ބޭނުންވެގެން ބަލަބަލައި ހުއްޓައިި އެޗްޑީސީން އެޕްރޯޗްކުރީ. ވަރަށް ގިނަ ބަޔަކަށް ފެންނާނެ ފަދަ މަސައްކަތަކަށް ވާތީ ޝައުގުވެރިކަން އަދި ވަކިން ބޮޑު. ދެން އެކޮޅުން ދިން ތީމްއަށް ކޮންސެޕްޓް ތައްޔާރުކޮށްގެން ހުށަހެޅީމަ އެޕްރޫވް ވެގެން ކުރެހުމުގެ މަސައްކަތް ފެށުނީ.

މިއުރަލް ނިންމާފައި މި ވަނީ ހަތަރު ދުވަހުން. ކިހާ އުނދަގޫ މަސައްކަތެއް؟

ވަރަށް ޗެލެންޖިން ކަމެއް. އެހާމެ ގިނަ ކަންތައްތަކެއް ދަސްކުރަން ލިބުނު ފުރުސަތެއް. ކޮންމެ ދުވަހަކުވެސް މަސައްކަތް ނިންމާފަ ކުރަހަން ދެމީހުން ވެސް ދަނީ. ވަރަށް ގިނަ އިރަށް ކޮޅަށް ތިބެ ކުރާ ކަމެއްވީމަ އެހާ ވަރުބަލިވެސް ވާ ކަމެއް. ބައެއް ދުވަސްދުވަހު، ހަވީރު ފަށާ ގޮތަށް ދަން ވަންދެންވެސް ތިބެން. އެކަމަކު ވަރަށް ރިވާޑިން. ވަރަށް ތެރަޕިއުޓިކް މަސައްކަތެއް.

ދެމަފިރިންނަށް އެއްކޮށް މަސައްކަތްކޮށް ދެ މީހުންގެ ކްރިއޭޓިވިޓީ ބިލްޑްކުރަން ލިބުނު ފުރުސަތުގައި އެންމެ ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ކޮބާ؟

ކުރިން ބުނިހެން ވަރަށް ބުރަ ކަމެއް. އެކަމަކު ދެމީހުންނަށް ކަޕުލް އެއްގެ ގޮތުގައި ވެސް ވަރަށް ތެރަޕިއުޓިކް މަސައްކަތަކަށްވި. ބޮންޑިން ޓައިމް އެކޭވެސް ބުނެވިދާނެ. ދެމީހުންނަށް އެކަކު އަނެކަކު ކައިރިން ފަންނާ ބެހޭ ކަންކަން ދަސްވުމާއި، ދެމީހުންގެ ހިޔާލާއި އިހުސާސްތަކާއި އިންޕުޓް މި ހިމެނެނީ. ވަރަށް މެމޮރަބަލް މަސައްކަތެކޭ ބުނެވޭނީ.

ކުރެހުމުގައި އެންމެ ބޮޑަށް ބަލާފައިވަނީ ކޮން ކަންތައްތަކަކަށް؟

މިއުރަލް އެއްވީމަ، އެއީ ވަރަށް ގިނަ ބަޔަކަށް ވަރަށް ދުވަހަކަށް ފެންނަން ހުންނާނެ ތަނެއް. އެހެންވީމަ ރައްޒާން އާއި ހަމްނާ ބެލީ ވީހާވެސް ލޮލަށް ހިތްގައިމުވާނެ ގޮތަކަށް، މިކިޔާ ކިއުޓްނަސް ފެކްޓާ ވަރަށް ބޮޑަށް ހިމެނޭ ގޮތަށް، އަނެއްކާ ވަރަށް މާނަފުން "ރީތި" މެސެޖެއް ޕްރެޒެންޓް ކޮށްދޭން. ކުރެހުމުގައި ގެންގުޅެފައިވާ ވިސްނުމުގެ އިތުރަށް ވަރަށް ބޮޑަށް ބެލިން ބޭނުންކުރާނެ ކުލަތަކާ ދޭތެރޭގައި ވެސް. ބޭނުންވީ ވަރަށް ޕޮޒިޓިވް އުފާވެރި ވައިބް އެއް ކްރިއޭޓްކުރަން. އެހެންވީމަ ބޭނުންކޮށްފައި ވާނީ ވެސް ވަރަށް ވައިބްރަންޓް ރީތި، ކުލަތައް. ގާތްގަނޑަކަށް 8 ކުލަ ބޭނުންކޮށްފައި މި ވަނީ. ކަވި ޑީޓެއިލްތައް އުނިކޮށްފައި ކާޓޫނިޝް ގޮތަކަށް ގެނެސްދިނުމަށް ވެސް އިސްކަންދީފައިވާނެ.

ހަމްނާ އާއި ރައްޒާންގެ މި ފަސް ޖަވާބުން މި މިއުރަލްއެއްގެ ހުރިހާ ވާހަކައެއް ބުނެދިނަސް، މި ދެމަފިރިންގެ އުންމީދުތަކާއި ހުވަފެންތައް މިހެން ލިޔެލާ އިންޓަވިއު އަކުން ކިޔައިދޭން މަަސއްކަތްކުރުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ އެވެ. އެހެންވީމަ، މި ވަގުތައް މި ކަޕުލްގެ ވާހަކަ މިއުރަލް އާއި ދެމަފިރިންގެ ހުނަރުވެރިކަމުގެ ބޭރަށް ގެންދިއުމުގެ ގަސްދެއް ނެތެވެ.

ހުޅުމާލެ ދާ ފަހަރަކުން މި މިއުރަލްއެއް ބަލައިލަން ދާންވާނެ އެވެ. އަދި ހަމްނާ އާއި ރައްޒާން އެ ކުރެހުމުން ގެނެސްދޭ އަގުހުރި މެސެޖާމެދު ފުންކޮށް ވިސްނާލަން ވެސް ވާނެ އެވެ. އިންސާނިއްޔަތު ކަމާއި އެއްބައެއްވަންތަކަން ތަނެއްގައި ކުރިއަރާނީ އެންމެންގެ ހިއްމަތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox