މިނިސްޓަރު މަހްލޫފް މ. އަތޮޅުގައި ހުންނެވުމުން ދައުލަތުން އެދިގެން ޝަރީއަތް ކެންސަލް

މިނިސްޓަރު މަހްލޫފު؛ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު

މިނިސްޓަރު މަހްލޫފު؛ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މ. އަތޮޅުގައި ހުންނެވުމުން އޭނާގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތު ނެންގުމުގެ ދައުވާގެ އަޑުއެހުން މިއަދު ކޯޓުން ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ތާވަލު އާންމުކުރި އިރު، މަހްލޫފްގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު 9:00 ޖަހާއިރު ބާއްވާ ގޮތަށް އޮތެވެ. އެއިރު ވެސް މަހްލޫފު ހުންނެވީ ރައީސްއާއެކު މ. އަތޮޅުގަ އެވެ.

މަހްލޫފް މައްސަލައިގެ އަޑުއެހުން ކެންސަލް ކުރީ ޕްރޮސެކިއުޓާ ޖެެނެރަލްގެ އޮފީހުން އެދިގެން ކަމަށް ކްރިމިނަލް ކޯޓުގެ އޮފިޝަލް އަމާން މުހައްމަދު ނަޖީބު ވިދާޅުވި އެވެ. އަދި އެ ކަން މިދިޔަ ބުރާސްފަތި ދުވަހު ދައުލަތުން އަންގާފައިވާ ކަމަށް ވެސް ކޯޓުން ބުންޏެވެ.

"ބުރާސްފަތި ދުވަހުން ފެށިގެން ތާވަލުން އަޑުއެހުން އުނިކުރަން އޮންނާނީ، އެކަމަކު އެ އަޑުއެހުމާއެކު ތާވަލު އާންމުކުރެވުނީ، އެހެންވެ ފަހުން އަނެއްކާ ވެސް ތާވަލުން އެ ބައި އިސްލާހު ކުރުމަށް ފަހު ކޯޓުން އާންމު މި ކުރީ،" އަމާން ތަފުސީލުކޮށްދެއްވި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މި ނޫހަށް ވިދާޅުވި ގޮތުގައި، އެ އަޑުއެހުން ކެންސަލްކޮށްދޭން އެ އޮފީހުން އެދުނީ އެ އޮފީހުގެ އިދާރީ ސަބަބަކާ ގުޅިގެނެވެ.

މަހްލޫފަށް ކުރާ ރިޝްވަތު ނެންގެވުމުގެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުމަށް ފަހު މައްސަލަ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އެވެ. އޭރު މައްސަލަ ބެއްލެވީ ގާޒީ މުހައްމަދު މިސްބާހެވެ.

ދައުލަތުގެ ފަރާތުން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން މައްސަލަ ބެލުމަށް ފަހު އެންގެވީ ކްރިމިނަލް ކޯޓުގައި މައްސަލަ އަލުން ބެލުމަށެވެ. އެއީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހެވެ.

މަހްލޫފަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުކުރީ ހައި ކޯޓުން މައްސަލަ ބަލަން އެންގިތާ ފަސް މަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދައިރާގެ މެމްބަރުގެ ގޮތުގައި ހުންނަވައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި އޭނާ ނެންގެވި ކަމަށް ބުނެ އެވެ.

މަހްލޫފަށް ދައުވާ ކުރަނީ މަޖިލީހުގެ މެމްބަރުކަމުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓު ދިނުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން އޭނާއަށް ދިން 33,000 ޑޮލަރު, އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތުކޮށެވެ.

ނަމަވެސް މަހްލޫފް ވިދާޅުވަނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށާއި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox